Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިނާއި ކެނެޑާގެ ގުޅުން

ކެނެޑާއިން ޔޫކްރެއިނަށް ދޭ އެހީތެރިކަމަށްޓަކައި ޒެލެންސްކީ ޝުކުރު އަދާކުރައްވައިފި

23 ސެޕްޓެމްބަރު 2023 | ހޮނިހިރު 16:18

ޒެލެންސްކީ ވިދާޅުވީ ހަނގުރާމާގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެއް ގައުމަކީ ކެނެޑާ ކަމުގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 16:18
ޔޫކްރެއިނުގެ ރައީސް ކެނެޑާއަށް ވަޑައިގެން، ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ޔޫކްރެއިނުގެ ރައީސް ކެނެޑާއަށް ވަޑައިގެން، ބޮޑުވަޒީރާ ބައްދަލުކުރެއްވުން

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި ކެނެޑާއިން ވެދޭ އެހީތެރިކަމަށްޓަކައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ކެނެޑާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޒެލެންސްކީ، ކެނެޑާއަށް ކުރެވި ދަތުރުފުޅުގައި ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރުގައި ވިދާޅުވީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ދޭންފެށި ހަމަލާއާ ދެކޮޅަށް ޔޫކްރެއިންގެ ދިފާއުގައި އެންމެ ބޮޑަށް ތާއީދުކުރާ އެއް ބަޔަކީ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ލިބަރަލް ސަރުކާރު ކަމަށެވެ.

2022 ވަނަ އަހަރު ފެށުނީއްސުރެ ކެނެޑާއިން ވަނީ ޔޫކްރެއިންއަށް 8 ބިލިއަން ކެނޭޑިއަން ޑޮލަރު (5.9 ބިލިއަން ޑޮލަރު)ގެ އެހީދިނުމަށް ވައުދުވެފައެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ސަރަހައްދުތައް އަލުން އަނބުރާ އަތުލުމަށް ޔޫކްރެއިން ސިފައިން ދިން ރައްދު ހަމަލާތައް ނާކާމިޔާބުވި ނަމަވެސް، ޒެލެންސްކީ ވަނީ ކާމިޔާބު ލިބޭނެކަމަށް ވިދާޅުވެ، އެ ވާހަކަތައް ތަކުރާރުކުރައްވާފައެވެ.

ޕާލަމެންޓުގައި ޒެލެންސްކީ ދެއްވި ތަގުރީރަށްފަހު ދެބޭފުޅުންވަނީ ޖޮއިންޓް ނިއުސް ކޮންފަރެންސެއްވެސް ބާއްވަވާފައެވެ.

ނިއުސް ކޮންފަރެންސުގައި ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، ޔޫކްރެއިނަށް 50 އާމާޑް ވެހިކަލް ފޯރުކޮށްދިނުމަށް ކެނެޑާއިން ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 650 މިލިއަން ޑޮލަރުގެ އަސްކަރީ އެހީއެއް ދޭނެކަމަށެވެ. ހުޅަނގުގެ އެފް-16 މަރުކާގެ މަތިންދާ ބޯޓުތަކުގައި ޔޫކްރެއިނުގެ ޕައިލެޓުންނަށް އެހީވުމަށް އޮޓާވާއިން ޓްރެއިނަރުންވެސް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނެޑާގައި ޔޫކްރެއިން ދަރިކޮޅުގެ 1.4 މިލިއަން މީހުން ތިބިއިރު، މިއީ ޔޫކްރެއިނާއި ރަޝިއާއަށްފަހު، ތިންވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ގައުމެވެ.

ޓްރޫޑޯ ވިދާޅުވީ އޮޓާވާއިން ރަޝިއާގެ އިތުރު 63 މީހަކާއި ޖަމާއަތަކަށް ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދާކަމަށެވެ.  

ކެނެޑާގެ ދަތުރުފުޅަށްފަހު ޒެލެންސްކީ ވަނީ ވޮޝިންޓަނަށް ވަޑައިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިން އިތުރު އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ޒެލެންސްކީ އެހީތެރިކަމަށް އެދިވަޑައިގަތީ ކޮންގްރެސްއިން އިތުރު އެހީއަށް ރުހުން ދޭންޖެހޭކަމާމެދު ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ޝައްކު އުފައްދަމުން ދަނިކޮށެވެ.

ކެނެޑާގައި އެފަދަ ބައިބައިވުންތަކެއް ނެތަސް، އެމެރިކާ، ޖަރުމަނުވިލާތް ފަދަ ޔޫކްރެއިނަށް ތާއީދުކުރާ ބޮޑެތި ގައުމުތަކުގައި ވަނީ ޔޫކްރެއިނަށް އެހީ ދިނުމާމެދު ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ކެނެޑާއަށް ޒެލެންސްކީ ވަޑައިގަތުމުން، ހުކުރު ދުވަހު އޮޓާވާގެ މެދުތެރޭގައި އިތުރު އެތައް ފުލުހުންނެއް ޑިއުޓީގައި ތިބިއިރު، ޕާލަމެންޓް ހިލްއަށް ދާ މަގުތައް ވަނީ ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2018

ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި

06 ޑިސެމްބަރު 2018
ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި
03 އޯގަސްޓު 2018

އެމެރިކާ ސިފައިންގެ ހަށިތައް އުތުރު ކޮރެއާ އިން ހަވާލުކުރުމާ ގުޅިގެން ރައީސް ޓްރަމްޕްގެ ޝުކުރު އުތުރު ކޮރެއާގެ ލީޑަރަށް!

03 އޯގަސްޓު 2018
އެމެރިކާ ސިފައިންގެ ހަށިތައް އުތުރު ކޮރެއާ އިން ހަވާލުކުރުމާ ގުޅިގެން ރައީސް ޓްރަމްޕްގެ ޝުކުރު އުތުރު ކޮރެއާގެ ލީޑަރަށް!
30 ޖޫން 2018

އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!

30 ޖޫން 2018
އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!
08 ފެބުރުއަރީ 2018

އިންޑިއާ އަށް ހައްޖު ކޯޓާ އިތުރުކޮށްދިނުމާ ގުޅިގެން ޝުކުރު އަދާކޮށްފި

08 ފެބުރުއަރީ 2018
އިންޑިއާ އަށް ހައްޖު ކޯޓާ އިތުރުކޮށްދިނުމާ ގުޅިގެން ޝުކުރު އަދާކޮށްފި
26 ޑިސެމްބަރު 2017

މައާފު ލިބިފައިވާ ޕެރޫގެ ކުރީގެ ރައީސް އެކަމާ ގުޅިގެން މިހާރުގެ ރައީސް އަށް ޝުކުރު ދަންނަވައިފި

26 ޑިސެމްބަރު 2017
މައާފު ލިބިފައިވާ ޕެރޫގެ ކުރީގެ ރައީސް އެކަމާ ގުޅިގެން މިހާރުގެ ރައީސް އަށް ޝުކުރު ދަންނަވައިފި
07 ޑިސެމްބަރު 2017

ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ

07 ޑިސެމްބަރު 2017
ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ
11 އޯގަސްޓު 2017

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

11 އޯގަސްޓު 2017
ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް