Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހުން ބިނާކުރުން

މި ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް މީހުން ބިނާކުރުން: ޖެންޑަރ މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް މުރާޖައާ ކުރީ މި ސަރުކާރުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:23
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް މީހުން ބިނާކުރުން ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް، މީހުން ބިނާކުރުން ކަމަށާއި، ފައިދާހުރި ޖީލެއް ބިނާކުރުން ކަމަށެވެ. ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ގައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެވޭނެ ބަޔަކު ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ކަން ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް މުރާޖައާ ކުރީ މި ސަރުކާރުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގިންތިކޮށް އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ މަދުވެގެން ވެސް 3,000 ރުފިޔާ ލިބޭނެ ކަމަށާއި، މި އެލަވަންސް 11,300 އަށްވުރެ ގިނަ މީހުންނަށް ކޮންމެ މަހަކު ޖަމާވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުތައް މާލޭގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ވެސް ގާއިމުކުރީ މި ސަރުކާރުން ކަމަށެވެ. އަދި އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބުމުން 18 އަހަރުން ދަށުގެ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ބޮޑު ތަސައްލީއެއް ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން 18 އަހަރުން މަތީގެ ކުދިންނަށް މެޑިކަލް އަދި ތެރަޕިޔުޓިކް ޚިދުމަތްތައް ފޯރުކޮށްދޭން ފެށީ މި ސަރުކާރުން ކަމަށެވެ. ތެރަޕިޔުޓިކް ފަރުވާގެ ޚަރަދު ހަމަޖައްސައިދީ، ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހުރިހާ ކުދިން ޝާމިލް ކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖައާކޮށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލީ މިސަރުކާރުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، މާނަވީ ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ހޯދައިދެމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ހިންގައި، އެ ކުދިންގެ ހުނަރުތައް ތަރައްގީކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި އެ ކުދިންނަށް ކާމީޔާބީ ހޯދުމުގެ މަގު ކޮށައިދިނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު