Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުފާވެރި އަމާން ރާއްޖެ

ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފި: ޖެންޑަރ މިނިސްޓަރު

މި ސަރުކާރުން ކަންކަން ކުރީ ވޯޓު ހޯދާކަށްނޫން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 03:25
ޖެންޑަރ މިނިސްޓަރު ކޮލަމްބޯގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ޖެންޑަރ މިނިސްޓަރު ކޮލަމްބޯގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ހުވަފެނަކީ ބިލާހެއް ނޫންކަން މިދިޔަ ފަސް އަހަރު ފެނިގެންގޮސްފައިވާ ކަމަށާއި ނުވާނެކަމަށް ބުނި އެތައް ކަމެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ލަންކާގެ ކޮލަމްބޯގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރު ވިދާޅުވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، އެމަނިކުފާނަށް ވޯޓު ނުދެއްވާ ރައްޔިތުންނަށް ވެސް ތަފާތު ކުރެއްވުމެއް ނެތި ޚިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަން ފާއިތުވި ފަސް އަހަރު ތެރޭ ޚިދުމަތް ދިނުމުގައި އާއި ބަދަލުތަކުން ފެނިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، 2020 ވަނަ އަހަރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ދޭން ޖެހޭނީ މާލޭގައި ތިބެގެން ކަމަށާއި މި ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން މިއަދު ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްތަކުގައި އިބަމަ (އިޖުތިމާއީ ބަދަހި މަދަދުވެރިން) ގާއިމް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އާސަންދައާއި އެންސްޕާގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ 2020 ވަނަ އަހަރު ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށާއި އެ ޚިދުމަތްތައް ދިނުމުގައި ވެސް ރައީސް ވިދާޅުވި ފަދައިން އެއްވެސް ރައްޔިތަކު ތަފާތު ކޮށްފައިނުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖެންޑަރ މިނިސްޓަރީންކޮށްފައިވާ ކަންކަމުގެ އަގުވަޒަންކުރާނީ އެ ޚިދުމަތް ލިބުނު ފަރާތްތައް ކަމަށެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤާނޫނުގައި ގިންތި ކުރުމުގެ ގަވާއިދު ހެދީ މި ސަރުކާރުން ކަމަށާއި އެއާއެކު މިއަހަރު އިނާޔަތްތައް ބޮޑު ކުރި ނަމަވެސް އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލިސްޓުގައި މި ސަރުކާރު އައިއިރު ތިބީ 8000 މީހުން ކަމަށާއި ނަމަވެސް މިހާރު ލިސްޓުގައި 12،000 ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށެވެ. އަދި ކުރިން 23 މިލިއަން ބަޖެޓުގައި އެ ފަރާތްތަކަށް ހާއްސަކޮށްފައި އޮތްއިރު މިހާރު 200 މިލިއަނާ ގާތް ކުރާކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ޞާލިހުގެ މެނިފެސްޓޯގައި ގިނަ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސިޔާސަތުތަކުން އެކި އުމުރުފުރާތަކުގެ މީހުންނަށް ބޭނުންވާނެ ދިރިއުޅުން ތަފްސީލުކޮށް ހާމަވާ ކަމަށެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެން މި ސިޔާސަތުތައް ހަގީގަތަކަށް ވެގެންދިއުމުން ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހަޔާތަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓުލުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

އުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު