Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގައި ސިލްވާ ހުންނަނީ ކުލަބުން އޭނާ ބަހައްޓަން ބޭނުންވާތީ؛ ޕޮޗެޓީނޯ

23 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:03

ޗެލްސީ އާއެކު މިހާރު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:03
ޗެލްސީގެ ކޯޗު ޕޮޗެޓީނޯ އަދި ސިލްވާ

ޗެލްސީގެ ކޯޗު ޕޮޗެޓީނޯ އަދި ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެކުލަބުގައި ހުންނަނީ، ކުލަބުން އޭނާ ބަހައްޓަން ބޭނުންވާތީ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ ޗެލްސީގައި ސިލްވާގެ ދައުރާމެދު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، އަދިވެސް ސިލްވާ ޗެލްސީގައި ހުންނާތީ ބައެއް މީހުން އެކަމާ ގުޅިގެން ސުވާލުތައް އަމާޒުކުރަމުން އަންނަ ކަމަށެވެ. ޕޮޗެޓީނޯ ބުނީ، ސިލްވާ އަދިވެސް ޗެލްސީގައި ހުންނަނީ އޭނާ ކުލަބުގައި ހުންނަން ބޭނުންވާތީ ކަމަށެވެ. ހަމައެއާއެކު ކުލަބުން ވެސް އޭނާ ބަހައްޓަން ބޭނުންވާ ކަމަށާއި، އެއްބަސްވުން އައު ކުރީ އެހެންވެ ކަމަށެވެ. މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޗެލްސީގެ ޕްރޮޖެކްޓު ސިލްވާ އަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށާއި، ކުލަބުން ހާސިލް ކުރަން ބޭނުންވާ ކަންކަން ވެސް އޭނާ އަށް އިނގޭނެ ކަމަށެވެ. އެހެންކަމުން، ޗެލްސީން ކުރިއަށް ދާން ކުރާ މަސައްކަތުގައި ސިލްވާ އަކީ މުހިންމު ބައިވެރިއެއް ގޮތަށް ޕޮޗެޓީނޯ ވަނީ ސިފަ ކޮށްފަ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ޖޫން މަހު ވަނީ އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާން އޮތްއިރު، ތިން ވަނަ ފަހަރަށް އެއްބަސްވުން އައު ކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ ޖޫން މަހުގެ ސިލްވާ ވަނީ ހަތަރު ވަނަ ފަހަރަށް ޗެލްސީގެ އެއްބަސްވުން އައު ކޮށްފަ އެވެ. ޗެލްސީ އާއެކު މިހާރު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސިލްވާ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 122 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
19 ޖުލައި 2017

ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓޭ ނިންމައިފި

19 ޖުލައި 2017
ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓޭ ނިންމައިފި
16 ޖޫން 2017

ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ

16 ޖޫން 2017
ޗެލްސީގައި މަޑުކުރަން ނިންމީ ކޯޗާ މަޝްވަރާ ކުރުމަށް ފަހު: ކަންޓޭ
08 ޖޫން 2017

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
18 އެޕްރީލު 2017

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

18 އެޕްރީލު 2017
އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް