Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަޔޮނަލް މެސީ

އަހަރެން އަންހެން ދަރިއަކު ބޭނުން: މެސީ

މެސީ އަށް މިހާތަަނަށް ލިބިފައިވަނީ ތިން ފިރިހެން ކުދިން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 ސެޕްޓެމްބަރު 2023 | ހޮނިހިރު 00:49
މެޗަށް ފަހު މެސީ ވޯލްޑްކަޕް ތަށި ހިފައިގެން އާއިލާއާއެކު

މެޗަށް ފަހު މެސީ ވޯލްޑްކަޕް ތަށި ހިފައިގެން އާއިލާއާއެކު

އަންހެން ކުއްޖެއްގެ ބައްޕައަކަށްވުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މިހެން ބުނީ ޓީވީ ޝޯއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާގެ އާއިލީ ކަންކަން ހިއްސާކުރަމުންނެވެ.

މެސީ އާއި އޭނާގެ އަންހެނުން އެންޓޮނެއްލާ އަށް މިހާތަނަށް ލިބިފައިވަނީ ތިން ފިރިހެން ކުދިންނެވެ. އެންމެ ދޮށްޓަށް ލިބުނީ އުމުރުން 10 އަހަރުގެ ތިއާގޯ އެވެ. އެއަށްފަހު އަށް އަހަރުގެ މަޓެއޯ އެވެ. އެންމެ ކުޑައީ ފަސް އަހަރުގެ ސިރޯ އެވެ. މި ތިން ކުދިން ވެސް ލިބުނީ އޭނާ ބާސެލޯނާ އަށް ކުޅެނިކޮށެވެ.

އުމުރުން 36 އަހަރުގެ ފޯވަޑް ބުނީ އޭނާ އަކީ ރަނގަޅު ބައްޕައެއް ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާ ކުޑައިރު މައިންބައިފައިންގެ ފުށުން ދަސްވިކަންކަން އޭނާގެ ކުދިންނަށް ދަސްކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި ވީވަރަކުން އަބަދުވެސް އާއިލާއެކު ވަގުތު ހޭދަކުރަން އިސްކަދޭ ކަމަށް ވެސް މެސީ ބުންޏެވެ. އަދި އަންހެނުން އެންޓޮނެއްލާ އަކީ ވެސް ރަނގަޅު މަންމައެއް ކަމަށް މެސީ ގަބޫލުކުރެ އެވެ.

ފްރާންސްގެ ޕީއެސްޖީގައި ދެ އަހަރު ކުޅުމަށްފަހު ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވުމުގެ ބަދަލުގައި އެމެރިކާ ލީގުގައި ކުޅެން ވިސްނީ ވެސް ދަރިންގެ މުސްތަގްބަލް އުޖާލާކޮށް ރަނގަޅު ތައުލީމެއް ދިނުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ އޭނާ އާއި އަންހެނުން ހެނދުނު ހަތެއް ޖަހާއިރު ތެދުވެ ތިން ކުދިންނާއެކު ސައިބޮއި ހަދާ ކަމަށެވެ. އަދި ބައެއް ދުވަސްދުވަހު އޭނާ ޓްރޭނިންއަށް ދަނީ ކުދިން ސްކޫލެއް ގެންގޮސްފައި ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު