Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ

މިހާރު ކިކު އައިއްސިއެވެ. ދެން މަދީ ބޮނޑިބަތްކޮޅެކެވެ.

ވައުދުތައްވެސް ކުރިއަށްވުރެއް ފައްކާވެއްޖެ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2023 | ހުކުރު 10:46
ބޮޑިބަތާ ހަނާކުރި މަސް

ބޮޑިބަތާ ހަނާކުރި މަސް

ފުރަތަމަ ބުރު ވޯޓާ ހަމައަށް ދިޔައިރު ހުރެވުނީ ހިސާބެއްގެ ފޫއްސެއްވެސް ވެފައެވެ. މާ ބޮޑު ފޯރިއެއްވެސް ނެތިފައެވެ. އެހާ ޝައުގުވެރިކަމެއް ވެސް ނެތެވެ. ތެދުތެދަށް ބުނާނަމަ ހުރެވުނީ ހިސާބަކަށް ދެއަތަށްވެސް ކެނޑި ކެނޑިއެވެ. މުޅިން ގޮތެއްވެސް ނުނިންމިފައެވެ. މީހަކު ނުގުޅާތީ، ގެއަށް ބަޔަކު ނާންނާތީ، ހިސާބުގަނޑުގައި ލަވައެއްވެސް ޖަހާނުލާތީ ވޯޓު ލާކަށްވެސް ނުދެވުނެވެ. ހީކުރީ މޮޅުވާނެ ކަމަށެވެ. އެހާވަރުން ނޫޅުނަސް ވާނެ ކަމަށެވެ. އެކަމަކު ވިސްނާލަން ޖެހުނީ ފުރަތަމަ ބުރުގެ ނަތީޖާ އައިގޮތުންނެވެ. އަމިއްލަ ނަފްސު އަމިއްލެއަށް ކުށްވެރިވެސް ކުރެވުނެވެ. އެކަމަކު މުޅިއަކުން އެއީ އަޅުގަނޑުގެ އެކަނި މައްސަލައެއް ކަމަކަށްވެސް ނުދެކެމެވެ.

އެންމެންނަށް ވެސް ވެފައި ތިބީ އެއްގޮތެކެވެ. ޔަގީންކަން ބޮޑުވީއެވެ. ފޯރި ކުޑަވީއެވެ. އެ ޕާޓީއަކަށް އަޅުގަނޑު ނިސްބަތްވާ އެމްޑީޕީ އަކީ ފޯރިގަދަ ޕާޓީއެކެވެ. ކިކު ޕާޓީއެކެވެ. އާދަޔާ ހިލާފު ފޯރިގަދަ ލަވަތަކާ ޖޯޝު ގެނުވާ ފަދަ ބަސްތަކާއި މުޅިން ތަފާތު ޖަލްސާ ތަކާ ބައިބޯ އެއްވުންތަކައް މަސްހޫރު ޕާޓީއެކެވެ. އިންތިހާބަކާ ކުރިމަތިވެއްޖެނަމަ އަޅުގަނޑުމެން އުޅެނީ ދެފައި އެއްތާނގައި ނުޖަހައެވެ. ލޮލަށް ނިދި ނައިސްގެންނެވެ. ހަރަދު ކުރަނީ އަމިއްލަ ޖީބުންނެވެ. ދިދަ ފެހުމާ ދިދަ ދެމުމާ ޖަގަހަތައް ހިންގާލުމުގައިވެސް އަޅުގަނޑުމެންނާ ވާދަ ކުރެވޭނެ ބަޔަކުވެސް ނޫޅޭނެއެވެ. އެކަމަކު މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މި ކިކެއް ނުފެނުނެވެ. އެހެންވެ އަޅުގަނޑަކައްވެސް ކިކެއް ނައެވެ. ފަހަރުގައި އެހެން ފަހަރު ފަހަރާއި ޚިލާފަށް މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ ވާދަކުރީ ސަރުކާރުގައި އޮވެގެން ކަމަށް ވީމާ ވީގޮތަކައްވެސް ވެދާނެއެވެ. ނޫނީ މިއިން ޒަމާނަކު ގައުމަށް ނުގެންނަހާ ތަރައްގީ މި ފަސް އަހަރުގައި ގެނެވިފައިވުމުން އިތުރު ކަމެއް ކުރަން ނުޖެހޭނެކަމަށް ގަބޫލުކުރެވުނީމާ ވީގޮތަކައްވެސް ވެދާނެއެވެ. ކޮންމެއަކަސް ވީގޮތެއް ވެއްޖެއެވެ. އޭގެ ދެރަ އެހެން މީހުންނެކޭ އެއްގޮތައް އަޅުގަނޑައްވެސް ލިބިއްޖެއެވެ. ނަތީޖާ އަޑު އިވުމުން ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ.

އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. ފޯރިވެސް ހިފައިފި ނޫންތޯއެވެ. ޖަގަހަތައްވެސް އެކްޓިވޭޓް ވެއްޖެ ނޫންތޯއެވެ. އެމްޑީޕީގެ އަސްލު ކުލަ ފާޅުވެއްޖެ ނޫންތޯއެވެ. އަސްލު ކިކު އަތުވެއްޖެ ނޫންތޯއެވެ. ވައުދުތައްވެސް ކުރިއަށްވުރެ ފައްކާވެއްޖެ ނޫންތޯއެވެ. މަސްކިލޯއެއްގެ އަގު 25ށް ބޮޑުވެއްޖެ ނޫންތޯއެވެ. މާމަގެ އެލަވަންސް 7000 ބޮޑުވެއްޖެ ނޫންތޯއެވެ. ދަފްތަރު މީހުންނަށްވެސް ގޯތި ލިބޭގޮތް ވެއްޖެ ނޫންތޯއެވެ. ކޮވިޑަށް ނެގި ލޯނު ތަކުން އިންޓްރަސްޓް ކެނޑިއްޖެ ނޫންތޯއެވެ. ކަރަންޓް ބިލް ކުޑަވެއްޖެ ނޫންތޯއެވެ. އެންމެންގެ މުސާރަ އަންނަ ޖެނުއަރީގައި ބޮޑު ވާނެކަން ޔަގީންވެއްޖެ ނޫންތޯއެވެ. ފުލެޓްތަކުގެ އަގާއި ޑައުން ޕޭމެންޓް ކުޑަވެއްޖެ ނޫންތޯއެވެ. ސްޓޫޑަންޓް ލޯނަށްވެސް ހެޔޮ ބަދަލެއް އަތުވެއްޖެ ނޫންތޯއެވެ. މިއީ ހައްތާވެސް އެމްޑީޕީން ކުރިޔަށް އޮތްތަނުގައި ކޮށްދޭނެ ކަމަށް ބުނެ ވެފައިވާ ވަޢުދު ތަކެވެ. ޔަގީން ވަޢުދު ތަކެވެ. އެއްދުވަހު ވެފަ އަނެއް ދުވަހު ބަދަލު ނުކުރާނެ ވަޢުދު ތަކެވެ. ދިގުކުރާކަށް ކިޔާނެ ކަމެއް ނެތްތާއެވެ. އިދިކޮޅު ކެނޑިޑޭޓަށް އަރާ ހަމަ ނުކުރެވޭ ވަރު ކުރެވިއްޖެއެވެ. ރީރަޖިސްޓްރީ ކުރިވަރުން އެމީހުން މޭބޮޑުވެއްޖެއެވެ. އެމްޑީޕީ އޭގެ ގޮތުގައި ހަރަކާތްތެރިވެލުމުން އެމީހުން ކަންބޮޑުވެއްޖެއެވެ.

ބަލިވާންދާ ކޮންމެ ފަހަރަކު ގޮވާ ގޮވެލިތައް ގޮވަން އެފެށީ އެހެންވެގެންނެވެ. މިހާރު ފޫހި ފިލައިފިއެވެ. ރޫހު އާވެއްޖެއެވެ. ފޯރި ގަދަވެއްޖެއެވެ. މިހާރު މިތިބީ އެކީ އެކައްޗަކަށް ނިކުމެއެވެ. އެއްވާނެއްގައި މިކަންކޮށް ނިންމާލަން ނިކުމެއެވެ. އަނިޔާވެރިކަން އަލުން އަޔަނުދޭން ނިކުމެއެވެ.

ފުރަތަމަ ބުރުގައި އެޅުނު ޅައެތި ދެނެއް ނޭޅޭނެއެވެ. އޭގެ ފައިދާ ދެނެއް އެމީހުނަކަށް ނުހޯދޭނެއެވެ. އިރާދަކުރެއްވިއްޔާ ދެނެއް ވޯޓަކުން ބައްޔެއް ނުކުރެވޭނެއެވެ. އެތައް ބަޔަކު އަލަށް ގުޅެމުން އެދަނީ އެހެންވެގެންނެވެ. ސަޕޯޓް އިންތިހާއަށް ބޮޑުވަމުން އެދަނީ އެހެންވެގެންނެވެ. ދުރަށް ޖެހިލި އަޚުން އަނެއްކާ ގާތް އެވަނީ އެހެންވެންނެވެ. އޯޑިއަންސާ އެއްވަރަށް ކެނޑިޑޭޓުގެ ފޯރިވެސް ގަދަވެއްޖެ ނޫންތޯއެވެ. މިހާރު ކިކު އައިސިއެވެ. ދެން ހަމަ މަދީ ބޮނޑިބަތްކޮޅެއް އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު