Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތައް

ހައްޤުތައް ކަށަވަރުކުރުމަށް މުއައްސަސާއެއް އުފައްދާނެ ކަމަށް އެ ބުނަނީ ސީދާ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަން: ޖީހާން

22 ސެޕްޓެމްބަރު 2023 | ހުކުރު 03:26

ޕީޕީއެމް އަށް ވެރިކަން ލިބުމުން މުއައްސަސާތައް ފަންކްޝަން ކުރުމަށް ޖާގަ ހަނިކުރި

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 22 ސެޕްޓެމްބަރު 2023 | ހުކުރު 03:26
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު

ހައްޤުތައް ކަށަވަރުކުރުމަށް މުއައްސަސާއެއް އުފައްދާނެ ކަމަށް ބުނެ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅަކީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޖީހާން ވިދާޅުވީ، ހައްޤުތައް ކަށަވަރުކުރުމަށް މުއައްސަސާއެއް އުފައްދަވާނެކަމުގެ ވާހަކަފުޅު މުއިއްޒު ވިދާޅުވުމަކީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ސަރުކާރަށް ނަގައި، މިނިވަން މުއައްސަސާތަކުގެ މަސައްކަތް ކުރުމަށް ޖާގަ ހަނިކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމް ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް އިތުބާރު ކުރާ ބައެއް ނޫން ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ބޭނުމަކީ ސަރުކާރުގެ މައްޗަށް ފާރަވެރިވުން ކަމަށްވާއިރު ފާރަވެރިވުމަށް އޮތް ޖާގަ ހަނިކޮށް، އެ ފުރުސަތު އެއްކޮށް ނަގާލުމަށް އިދިކޮޅުން މަސައްކަތް ކުރާ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ހާލަތު ސިފަކުރައްވައި ޖީހާން ވިދާޅުވީ، 2014 ވަނަ އަހަރު، އެ ކޮމިޝަންގެ ބާރުތައް ސުޕްރީމް ކޯޓުން އަމުރުގެ ދަށުން ނަގާ، ގައިޑްލައިނެއްގެ ދަށުން އެ ކޮމިޝަނަކީ ބޭކާރު ތަނެއްގެ ގޮތަށް ހެދުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެފަދަ ކަންތައްތައް އިދިކޮޅުގެ މެނިފެސްޓޯގައި ހިމަނައިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޖީީހާން ތުހުމަތު ކުރެއްވިއެވެ. މިއީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރި މަސައްކަތް ފަހަތަށް ޖައްސާލުމަށް ކަނޑައެޅިގެން ކުރާ މަސައްކަތެއް ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ޖީހާން އިތުރަށް ވިދާޅުވީ މުއިއްޒު ވިދާޅުވާ ވާހަކަފުޅުތަކުން ވެސް ސާފުކޮށް އެނގޭ ކަމަކީ އެ ބޭފުޅުންގެ ނިޔަތް ހުރީ ސީދާ މިނިވަން މުއައްސަސާތައް ނިކަމެތިކޮށްލުމަށާއި އަދި މިނިވަން މުއައްސަސާތައް ނައްތާލުމަށް ކަމަށެވެ. ޖިހާން ވިދާޅުވީ ހައްޤުތައް ކަށަވަރުކުރުމަށް މުއައްސަސާއެއް އުފެއްދުމުގެ ބޭނުމަކީ އިންސާނީ ހައްޤުތަކާއި ޚިލާފަށް ކުރާ ހުރިހާ ކަމެއް ކުރުމަށް ޖާގަ ހޯދާ، އެފަދަ ކަންތައްތަކަށް ފާޑު ކިޔުން ހުއްޓުވުން ކަމަށެވެ. އަދި އިދިކޮޅުގެ މެނިފެސްޓޯގެ އަނދިރި ސިއްރަކީ އެއީ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ދައުރު އޮތް ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖީހާން ވިދާޅުވީ އޭރު އެޗްއާރްސީއެމްއަށް އޮންނަ ދައުރަކީ، ދައުލަތުން އިންސާނީ ހައްޤުތަށް ފޯރުކޮށްދޭ މިންވަރާއި، ކަށަވަރުކޮށްދޭ މިންވަރާއި، ހިމާޔަތްކޮށްދޭ މިންވަރާއި، ރައްކާތެރިކުރާ މިންވަރު ބެލުމާއެކު އެކަންކަމަށް ބާރުއެޅުމަށްފަހު، ކޮމިޝަނަށް ފެންނަގޮތް ހާމަކުރުން ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކަށް މަސައްކަތް ކުުރުމުގެ ފުރުސަތު ކުޑަަކަން ޖީހާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖީހާން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނުން އދ އާއެކުޔުނިވަރސަލް ޕީރިއަޑިކްރިވިއު (ޔޫޕީއާރް) ނުވަތަ އިންސާނީ ހައްޤުތަކުގެ ހާލަތު އެ ޤައުމެއްގައި ރިޕޯޓުކުރުމަށް ކޮންމެ ހަތަރު އަހަރުން އެއްއަހަރު ތައްޔާރު ކުރާ ރިޕޯޓާއި ގުޅިގެން، އޭރުގެ ސަރުކާރުގެ ވާގިވުމާއެކު އެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ވަކިވަކިން ގައްދާރުވުމުގެ ދައުވާ އުފުލި ކަމަށެވެ.

ޖީހާން ވިދާޅުވީ، އޭރު އެފަދަ ހާލަތެއް އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ރައީސް ސާލިހުގެ އިރުޝާދާއި ލަފާފުޅުގެ މަތިން އެގޮތަށް އޮތް ޤާނޫނުތަކަށް ބަދަލު ގެނެސްގެން އިސްލާހު ކުރެއްވި ކަމަށެވެ.

ޖިހާން ވަނީ އަލުން އަނބުރާ ޕީޕީއެމް ސަރުކާރެއްގެ ބިރުވެރިކަމާއި ނަމާންކަމުގެ ތެރެއަށް މި ޤައުމު ދާން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2017

ބަންދުކޮށްފައި ހުރިނަމަވެސް ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ފާރިސް މައުމޫން

13 ޑިސެމްބަރު 2017
ބަންދުކޮށްފައި ހުރިނަމަވެސް ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ފާރިސް މައުމޫން
07 އޮކްޓޯބަރު 2017

މުޅި ދައުލަތް މިއޮތީ ވައްކަން ކުރުމުގައި، ކަންބޮޑުވާ މުއައްސަސާއެއްވެސް ނެތް: ނިޒާރު

07 އޮކްޓޯބަރު 2017
މުޅި ދައުލަތް މިއޮތީ ވައްކަން ކުރުމުގައި، ކަންބޮޑުވާ މުއައްސަސާއެއްވެސް ނެތް: ނިޒާރު
22 ޖުލައި 2017

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

22 ޖުލައި 2017
ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު
09 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މައުމޫން ރޭވިކަމަށް މުންދު ބުނަނީ ވަޒީފާއަށްޓަކައި:މައުމޫން އޮފީސް

09 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މައުމޫން ރޭވިކަމަށް މުންދު ބުނަނީ ވަޒީފާއަށްޓަކައި:މައުމޫން އޮފީސް
08 ޖުލައި 2017

ފޯނުން ނުގުޅިގެން ބަޔަކު ހޯދަން ލަންކާއަށް ދިޔަ ކަމަށް ބުނަނީ "ބޯ ހަމަނުޖެހޭތީ": ފަލާހު

08 ޖުލައި 2017
ފޯނުން ނުގުޅިގެން ބަޔަކު ހޯދަން ލަންކާއަށް ދިޔަ ކަމަށް ބުނަނީ "ބޯ ހަމަނުޖެހޭތީ": ފަލާހު
16 ޖޫން 2017

ބްރޯޑްކާސްޓިން ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން އެއީ ބޭކާރުކަމެއް: ހަސީން

16 ޖޫން 2017
ބްރޯޑްކާސްޓިން ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން އެއީ ބޭކާރުކަމެއް: ހަސީން
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
02 މެއި 2017

ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން

02 މެއި 2017
ސިޓީ ލިޔެ، އާދޭސް ނުކުރިޔަސް ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭނެ، ދެން ސިޓީއެއް ނުލިޔާނަން: ރައީސް މައުމޫން
30 އެޕްރީލު 2017

މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް

30 އެޕްރީލު 2017
މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް