Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޑެމްބެލޭއާ މެދު އެންރީކޭ އަށް ޔަގީންކަން އޮވޭ

އެންރީކޭ ފާހަގަ ކުރި ގޮތުގައި ޑެމްބެލޭ އަކީ މުސްތަގުބަލު އޮތް، އުންމީދީ ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:53
ޑެމްބެލޭ އަދި ޕީއެސްޖީގެ ކޯޗު އެންރީކޭ

ޑެމްބެލޭ އަދި ޕީއެސްޖީގެ ކޯޗު އެންރީކޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާން ޑެމްބެލެއާ މެދު ޔަގީންކަން އޮންނަ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ ޕީއެސްޖީގައި ޑެމްބެލެ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކޭތޯ ސުވާލު ކުރުމުންނެވެ. އެންރީކޭ ބުނީ، އޭނާ އަކީ ކޮންމެ ޓީމެއްގެ ސަޕޯޓަރަކަށްވީ ނަމަވެސް، ޑެމްބެލޭ ކުޅޭ ޓީމެއްގެ މެޗު ބެލުމަށް ޓިކެޓު ނަގައިގެންދާނެ ކަމަށެވެ. ސަބަބަކީ ޑެމްބެލޭގެ ކިބައިގައި މޮޅު ހުނަރު ހުރުމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެންރީކޭ ބުނީ، ޑެމްބެލޭ އަށް މިހާރު މެޗުތަކުގައި ލިބޭ ފުރުސަތުތައް ނިންމާ ނުލެވުނު ނަމަވެސް، ވަގުތާއެކު ޑެމްބެލޭ ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ. އެންރީކޭ ފާހަގަ ކުރި ގޮތުގައި ޑެމްބެލޭ އަކީ މުސްތަގުބަލު އޮތް، އުންމީދީ ކުޅުންތެރިޔެކެވެ.

ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޑެމްބެލޭ ބާސެލޯނާ ދޫކޮށްލަން ނިންމީ އެ ކުލަބުން އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނިކޮށެވެ. ނަމަވެސް ބާސެލޯނާގައި އޭނާ އަށް އެންމެ އެކަށީގެންވާ ފުރުސަތު ނުލިބޭތީ ޑެމްބެލޭ ނިންމީ ކުލަބުގައި މަޑު ނުކުރުމަށެވެ.

ޕީއެސްޖީލުއިސް އެންރީކޭއޮސްމާނޭ ޑެމްބެލޭ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު