Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޭން ފުޓްބޯޅަ ފެޑަރޭޝަން

ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވެސް ވަކިކޮށްފި

ސްޕޭން ސަރުކާރުން ވަނީ ފެޑަރޭޝަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 05:00
ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެންޑްރޫ ކޭމްޕްސް

ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެންޑްރޫ ކޭމްޕްސް

މައްސަލަ ގޯސްވެފައިވާ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެންޑްރޫ ކޭމްޕްސް މަގާމުން ވަކިކޮށްފި އެވެ.

މިއީ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން އިހުތިޖާޖުކޮށް ކަންކަން ރަނގަޅު ކުރުމަށް ބާރު އެޅުމާ ގުޅިން ގެންނަން ފެށި ބަދަލުތަކުގެ ތެރެއިން އެއް ބަދަލެކެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާގެ އިތުރުން ހަޔަކާއި ނުވަޔަކާ ދެމެދުގެ އަދަދެއްގެ އޮފިޝަލުން މަގާމުން އިސްތިއުފާ ދިނުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ސްޕޭން ސަރުކާރުން ފުޓްބޯޅަ ފެޑަރޭޝަން އިސްލާހު ކުރަން ފެށީ ކުޅުންތެރިންގެ އެކަމަށް ޑިމާންޑްކޮށް ގައުމީ ޓީމުގެ ކުރިއަށްހުރި މެޗުތައް ނުކުޅެން ނިންމުމުންނެވެ. މިހެންވެ ސްޕޭނުގެ ސެކެރެޓްރީ އޮފް ސްޓޭޓްސް ފޯ ސްޕޯޓްސް އިއްޔެ ވަނީ ކުޅުންތެރިންނާ މަޝްވަރާކޮށް، ކަންކަން ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ހަތް ގަޑިއިރުގެ މި ބައްދަލުވުމަށްފަހު ކުޅުންތެރިން ވަނީ ހުކުރު ދުވަހާއި އަންގާރަ ދުވަހު ނޭޝަންސް ލީގުގައި ކުޅޭ ދެ މެޗު ކުޅުމަށް ނިންމައިފަ އެވެ.

ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގެ މައްސަލަތައް ގޯހުން ގޯހަށް ދިޔައީ ވޯލްޑްކަޕް ކާމިޔާބުކުރުމުން ކުޅުންތެރިންނަށް މެޑަލްދިން ވަގުތު ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ކުޅުންތެރިއަކަށް ބޮސްދިން މައްސަލަ ފެންމަތިވުމުންނެވެ. މިއާއެކު ޕްރެޝަރު ބޮޑުވެ އޭނާ މަގާމުން ވަކިވިއިރު އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި މިހާރު ފަށައިފަ އެވެ. އަދި ފިއްތުންތަކާއެކު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކޯޗު ވިލްދާ ވެސް މަގާމުން ވަކިކޮށްފަ އެވެ. ޖިންސީ ފުރައްސާރަކުރި މައްސަލާގައި ކުޅުންތެރިން ވޯލްޑްކަޕުގެ ކުރިން އޭނާއާ ދެކޮޅު ޕެޓިޝަނެއްގައި ސޮއިކުރި އެވެ. މިކަންކަން ފެޑަރޭޝަނުން ކުރިން ތިބީ އޮއްބާލައިގެންނެވެ. ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކުރި އެންމެ ބޮޑު މައްސަލައަކީ ރުބިއަލެސްގެ ދިފާއުގައި ފެޑަރޭޝަނުން ބަޔާން ނެރުމެވެ.

ސްޕެއިން ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު