Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

އިތުރު ވަގުތުގައި ރެއާލް މޮޅުކޮށްދިނީ ބެލިންގހަމް

ގްރޫޕްގެ އެއްވަނާގައި އޮތީ ނަޕޯލީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:24
ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ބެލިންގހަމް: ފޮޓޯ-  ރޮއިޓަރސް

ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ބެލިންގހަމް: ފޮޓޯ- ރޮއިޓަރސް

ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މެޗުގެ އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހާ ރެއާލް މެޑްރިޑް މޮޅުކޮށްދީފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި ޔޫނިއަން ބާލިންއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް, ބެލިންގހަމް ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެވެސް ހަތަރު ވަނަ މިނެޓުގައެވެ. މިއީ ޑޯޓްމަންޑް ދޫކޮށް މިސީޒަންގައި ރެއާލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ރެއާލްއަށް ޖަހައިދިން ހަވަނަ ގޯލެވެ. މިހާތަނަށް އޭނާ ރެއާލްއަށް ކުޅުނީވެސް ހަ މެޗެވެ. ރެއާލްގެ ލަނޑަށްފަހު ޗެމްޕިއަންސް ލީގުގައި ޔޫނިއަން ބާލިންގެ ފުރަތަމަ މެޗުގައި ނަތީޖާ ބަދަލުކުރާނެ ފުރުޞަތެއް އެޓީމަށް ނުލިބުނެވެ.

މެޗުގައި ކޯޗު އެނެޗެލޮޓީ ބެލިންގހަމް އަށް ދިނީ ނަމްބަރު ދިހައެއްގެ ރޯލެވެ. މި ސީޒަންގެ މިހާތަނަށް ޖޫޑް ބެލިންގހަމްގެ ފަރާތުން ފެންނަނީ އުފެއްދުންތެރި މޮޅު ކުޅުމެކެވެ. ޔޫނިއަން ބާލިންގ އަތުން ރެއާލް މޮޅުކޮށްދިން މެޗަކީ މިސީޒަންގައި ފަހު ދިހަ މިނެޓްގެ ތެރޭގައި ރެއާލް މޮޅުކޮށްދޭން އޭނާ ލަނޑު ޖެހި ތިންވަނަ މެޗެވެ.

ރެއާލް މެޑްރިޑް ހިމެނޭ ގްރޫޕް ސީގެ އެއްވަނާގައި އޮތީ ނަޕޯލީއެވެ. ރެއާލްއާއި ނަޕޯލީވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ނަޕޯލީއަށް ކުރިލިބެނީ ޖެހި ގޯލުންނެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްޖޫޑް ބެލިންހަމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު