Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނިޒާމީ ވޯޓު

ނިޒާމީ ވޯޓުގައި ރައީސްގެ އެއްވެސް ދައުރެއް ނެތް ކަމަށް ބުނިނަމަވެސް، ގާނޫނު އަސާސީން އެ ބާރު ލިބިދޭ

19 ސެޕްޓެމްބަރު 2023 | އަންގާރަ 13:40

ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ "ށ"ގައި ވަރަށް ސާފުކޮށް އެކަން އެގެން އޮތް ކަމަށް ނަޝީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ސެޕްޓެމްބަރު 2023 | އަންގާރަ 13:40
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ

ނިޒާމީ ވޯޓު ފަދަ، ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގައި ރައީސުލްޖުމްުހޫރިއްޔާގެ ދައުރެއް ނޯންނާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން، ކަމެއް ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާ ކަމަށެވެ. ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގައި ވަރަށް ސާފުކޮށް އެކަން އެގެން އޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ޚިޔާލު ހޯދަން މަޖިލީހުން ގަރާރެއް ފާސްކޮށްފިނަމަ އެ ގަރާރުގައި ވާގޮތަށް ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެކަމުގައި އެއްވެސް ހާލެއްގައި ރައީސްގެ ދައުރެއް ނެތް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވަނީ، ރައީސަށް އެ ބާރު ލިބެނީ 115 ވަނަ މާއްދާގެ ދަށުންކަމަށްވެސް ވިދާޅުވެފައެވެ. ނަޝީދު އެ ވިދާޅުވި 115 ވަނަ މާއްދާގެ (ޏ)ގައި ރައީސަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރެއިން ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބާރު ވަނީ ލިބިދީފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނިޒާމީ ވޯޓެއް ނަގަން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފެށީ އަންގާރަ ދުވަހުއެވެ. ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

ނިޒާމީ ވޯޓު ނެގުމުގައި ރައީސްގެ ދައުރެއް ނެތް ކަމަށް ނުވަތަ އެ ފުރުސަތު ނެތް ކަމަށް ބުނުމުގެ ފުރުސަތެއް ނެތެވެ. ގާނޫނު އަސާސީގައި އެ ބާރު ރައީސަށް އެއަށްވުރެ ސާފުކޮށް ވަނީ ލިބިދީފައެވެ. އަދި މި ހުރިހާ ދުވަހުވެސް ނަޝީދާއި ނަޝީދަށް ތާއީދުކުރާ މެމްބަރުން ވެސް ވަކާލާތުކުރެއްވީ ރައީސް މެދުވެރިކޮށް އެކަން ކުރެއްވުމަށެވެ. އެހެންނަމަވެސް މިހާރު މަޖިލީހަށް ލިބިދޭ ބާރުގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަަމަށް ވިދާޅުވާން ފަށާފައި ވަނީ، މި ދައުރުގެ ތެރޭގައި އެކަން ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ފަހުންނެވެ.

މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް

06 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް