Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލާމަރުކަޒީ ނިޒާމު

ލާމަރުކަޒީ ނިޒާމާއި މުއިއްޒު: ވަޓް އަ ޖޯކް!

ކައުންސިލަރުން ސަސްޕެންޑްކޮށް، މުސާރަ ނުލިބޭ ގޮތަށް އެތައް މަސްތަކެއް އެމީހުން ބޭތިއްބި

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 07:06
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު

ލާމަރުކަޒީ ނިޒާމު ފުރަތަމަ ވުޖޫދަށް އައީ ކައުންސިލްތަކަށް ލިބިދިން ބޮޑެތި ބާރުތަކަކާ އެކުގައެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް މި ނިޒާމު ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށިއެވެ.

އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒާއި ބާރުގެ ބޭނުންކުރައްވައި، ޤާނޫނުތަކަށް ބަދަލުގެންނަވައިގެން، ރަށްރަށުގެ ކައުންސިލްތަކުގެ ބާރުތަށް ސަރުކާރަށް ނަންގަވަމުން ގެންދެވިއެވެ.

އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒުއެވެ. އެ ދުވަސްވަރު ކަންކަން ހިނގި ގޮތާއި ސަރުކާރުން ހިންގަމުންދިޔަ ގަޑުބަޑުތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް ދިޔައީ ފެންނަމުންނެވެ.

މިކަންކަން މިހެން ހިނގާފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު، ހދ ނޮޅިވަރަންފަރުގައި ބޭއްވެވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ، ރާއްޖޭގެ ކައުންސިލްތައް ބާރުވެރި ކުރުވާނެކަމަށާއި، އެކަން ކުރައްވާނީ ވަކި ޚާއްސަ މިނިސްޓްރީއެއް އުފައްދަވައިގެންކަމަށެވެ.

އާދެ، 2012 އިން ފެށިގެން 2018 ވަނަ އަހަރަށް ހައުސިން މިނިސްޓަރަކަށް ހުންނަވާ ކަންކުރެއްވި ގޮތް ނިކަން އަޑު އައްސަވާށެވެ.

ބައެއް ކައުންސިލްތަކުގައި ތިބި ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރައްވާ، މުސާރަ ނުލިބޭ ގޮތަށް އެތައް މަސްތަކެއް އެމީހުން ބޭތިއްބިއެވެ. ބައެއް ކައުންސިލްތަކުގެ އެކައުންޓްތައް ފްރީޒްކޮށް، ކައުންސިލްތައް ހިންގުމަށް ދަތިކޮށް، ކައުންސިލަރުން ބަންދުކުރާމާއި ކައުންސިލަރުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން ހައްދުފަހަނާއަޅާ ދިޔައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މުއިއްޒު އިސްވެ ހުންނަވާ 108 ކައުންސިލަރަކު ސަސްޕެންޑްކުރައްވާފައިވެއެވެ. މިއީ، ކޮން ބޭފުޅެއްގެ ނުފޫޒަކުން، ކޮން ބޭފުޅެއްގެ މޭސްތިރިކަމެއްގެ ދަށުން ހިންގެވި ޖަރީމާތަކެއްތޯއެވެ.

ދެން އޮތީ އައްޑޫ ސިޓީ ކައުންސިލްގެ ވާހަކައެވެ. އައްޑޫ ސިޓީގައި ހައުސިންގ މިނިސްޓްރީގެ އޮފީހެއް ގާއިމްކުރައްވާ އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް އެ މިނިސްޓްރީގެ ބާރުގެ ދަށަށް ގެންދެވިއެވެ. އެގޮތުން، ބިމާއި ގުޅޭ ހުރިހާ މަސައްކަތްތަކަކާއި، މަގުތަކާއި، އާންމު ސަރަހައްދުތަކާއި ޕާކުތައްފަދަ ހުރިހާ ތަނެއް ހައުސިންގ މިނިސްޓްރީގެ ބާރުގެ ދަށަށް ގެންދެވިއެވެ. އަދި ގަބުރުސްތާނު ބޮޑުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ތަކުރާރުކޮށް އެދި ދެންނެވުމުން ވެސް ބިން ދެއްވާފައެއްނުވެއެވެ.

އޭރު އައްޑޫ ސިޓީ ކައުންސިލްއަށް ލިބިގެންވަނީ އެންމެ ބާރެކެއެވެ. އެއީ، އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްހެދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމެވެ. ނަތީޖާއެއްގެ ގޮތުން، އަނިޔާވެރިކަމުގެ އެ ވެރިކަން ނިމުނުއިރު، އައްޑޫ ސިޓީއަށް ދިމާވެފައިވާ ބިމުގެ އެއްވެސް މައްސަލައެއް ހައްލުނުވެ އޮއްވާ، މުއިއްޒުގެ އާރާއި ބާރު ނެތި ހިނގައްޖެއެވެ. 2012ން 2018އާއި ދެމެދު ސީދާ މުއިއްޒުގެ ބާރާއެކު އައްޑޫ ސިޓީ ކައުންސިލްގެ ބާރު އެއްކޮށް ކަނޑުވާލިއެވެ.

އައްޑޫ ސިޓީއާއި ރާއްޖޭގެ ރަށްރަށުގެ އެހެން ހުރިހާ ކައުންސިލަތަކަކަށްވުރެ ބޮޑަށް މުއިއްޒުގެ ގަދަފަދަކަމާއި، ބާރާއި، އަނިޔާވެރިކަމާއި ނޭއްގާނީކަންދެއްކެވީ މާލެ ސިޓީ ކައުންސިލަށެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލްގެ ބާރުތައް މުއިއްޒުގެ އަތްޕުޅަށް ނަންގަވަމުން، ޤާނޫނުތައް ބަދަލުކުރައްވަމުން ގޮސް، އެންމެފަހުން ކައުންސިލްގެ މައި އިދާރާގެ ސިޓީ ހޯލް ވެސް ކުއްލިގޮތަކަށް ހުސްކުރަން އެންގެވިއެވެ. އަދި އޭރު ހައުސިންގ މިނިސްޓަރަކަށް މުއިއްޒު ހުންނަވައިގެން ކައުންސިލްގެ ހުރިހާ ލިޔެކިޔުންތަކަކާއި އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި މުދާތައް އެމްއާރްޑީސީގެ ބޮޑެތި ލޮރީތަކަށް އަރުވައިގެން، އެއެއް މިއެއް ނުބަލާ ދައުލަތުގެ މުދާތަށް ހަލާކުކޮށް 2 ނަންބަރު ކުނިކޮށްޓަށާއި، ހުރަވީ ބިލްޑިންގްއަށް އަޅާލިއެވެ. އަދި ކައުންސިލްގެ މުވައްޒަފުން ބާވެ ވެއްޓެން ކައިރިވެފައިހުރި ހުރަވީ ބިލްޑިންގްގެ 1 ވަނަ ފަންގިފިލާއަށް ބަދަލުކުރިއެވެ. ނަމަވެސް، އެތަނުގައި ގިނަ އަދަދަކަށް މީދަލާއި، ދިރޭ ސޫފާސޫފި އުޅޭތީއާއި، އިމާރާތް ދުވަސްވުމުގެ ސަބަބުން ބައުވެ، ހަލާކުވެފައިވާ ތަނަކަށްވާތީވެ، އެތަނަކީ މުވައްޒަފުން ބޭތިއްބުމަށް ރައްކާތެރި ތަނެއް ނޫންކަމަށް ސިވިސް ސަރވިސް ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. މިހާވަރުންވެސް ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ދުއްތުރާކުރުން ހުއްޓާލައިގެން ހުންނަވާކަށް މުއިއްޒުގެ ހިތަކަށް ފަސޭހައެއްނުވިއެވެ. އެއޮށްދަތި ތަންކޮޅުގެ މެދުން ޕާރޓިޝަންއެއްޖަހައި، އެތަނުގެ ބޭރަށްހުރި ބައިގައި ހައުސިންގ މިނިސްޓްރީގެ ނަންބޯޑު ޖަހާ އެތަން ވެސް މިނިސްޓްރީގެ ބަޔަކަށް ހަދައިފިއެވެ. މިހާވަރަށް އުދަނގޫ ކުރުމުން ސިޓީ ކައުންސިލުން އެކަމުގެ ޝަކުވާ ކަމާބެހޭ އިދާރަތަކަށް ހުށައެޅުމުން، މުއިއްޒުގެ ހަރުކަށި ޖަވާބަކަށްވެގެންދިޔައީ މާލެ ސިޓީ ކައުންސިލަށް ދޭނެ ތަނެއް ނެތްކަމަށެވެ.

މީގެއިތުރުން، މާލެ ސިޓީ ކައުންސިލްގެ ފަރާތުން އާސަހަރާ މިސްކިތުގެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރަމުންގެންދަނިކޮށް އެ މަސައްކަތްވެސް ވަނީ ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލަށް ދިން އަނިޔާތަށް ކިތަންމެހާވެސް ގިނައެވެ. އެގޮތުން، ދަރުބާރުގެ އަކީ، އޭރު ކައުންސިލުން ބަލަހައްޓަމުންދިޔަ ތަނެކެވެ. އެހެންނަމަވެސް ދަރުބާރުގެ މާލެ ސިޓީ ކައުންސިލްގެ އަތުން ނެގީ ކަނޑު ފޭރޭ މީހުންވެސް އަމަލުނުކުރާނެފަދަ އަނިޔާވެރި ގޮތަކަށެވެ. މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތެރޭގައި ތިއްބަވަނިކޮށް ތަޅުތައް ބަދަލުކޮށް، އެތަނަށް ދިޔަ ކައުންސިލަރުނަންނަށް އަނިޔާކޮށް، ގަދަބާރުން ނެރެލިއެވެ. އަދި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޭރު ގެންގުޅުނު ސަންރައިސް ބުލަވަރޑްގެ ތަސައްވަރު، އަދި އެކަމާއި ގުޅިގެން ކޮށްފައިވާ އެތައް މަސައްކަތަކާއި، އެއްކުރެވިފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، ކުއްލިގޮތަކަށް ފުލުހުން ފޮނުވައިގެން ފޭރިގަނެ، އެމަސައްކަތާއި ގުޅުން ނެތް އެތައް ބައިވަރު ވަސީލަތްތަކާއި ކޮމްޕިއުޓަރ ތައްވެސް ފޭރިގަތެވެ. އަދި އެވަރުންވެސް މުއިއްޒުގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބުނުކަމަކަށްނުވިއެވެ. އެހެންކަމުން، މާލެ ރައްޔިތުން ދަތުރުދިޔުމަށް އޮތް ކުޑަބަނޑޮސް އަތުލައި، ރިސޯޓް ހަދަން ވިއްކާލިއެވެ. އެވަރުން ނުފުދިގެން، ސިޓީ ކައުންސިލް އޭރު ހިންގަމުންދިޔަ ޓިނު އޮފީހުގައި ރައްޔިތުންނާއި މާލެ ސިޓީ ކައުންސިލުން ބައްދަލުކުރަމުންދަނިކޮށް ކަރަންޓު ކަނޑާލިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބާރުތަށް މުއިއްޒުގެ އަންބޮނޑިއަށް ޖައްސަވަމުންގޮސް، ދޫކޮށްލާފައިއޮތީ ވިހާ މަރުވާ ބެލެހެއްޓުން އެކަނިއެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލަށް މިހާވަރުވެސް ދެއްވައިގެން ހުންނަވާކަން މުއިއްޒުގެ ހިތަކަށް ކުޅަދާނައެއްނުވިއެވެ. އެހެންކަމުން، މާލެ ސިޓީއަށް އެންމެ ފަހުން ދީފައިއޮތް ވިހާ މަރުވާ ބެލެހެއްޓުމުގެ ބާރުގެ ތެރެއިން، ވިހާވެސް ޖަހައިގަނެ، މަރުވާއަށް އެކަނި ބަދަލުކުރިއެވެ.

ދުވަސްތަށް މާޒީވެ، ހާލަތު ބަދަލުވެ، އެތަނެއްގެ ހުރިހާ ބާރެއް ކަނޑުވާ، ފުނޑުފުނޑުކޮށް ހަލާކުކުރި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެންމެ ފަހުން މުއިއްޒަށް ވަޑައިގަންނަވަންޖެހި، މުއިއްޒު ފޭހުނު އިލޮށިގަނޑު މުއިއްޒުގެ ލޮލަށްހެރި، މުއިއްޒު މައްޗަށް އެއްލި ގާބުރި އައިސް މުއިއްޒުގެ ބޮލަށް ވެޓުމުންވެސް އެބޭފުޅާގެ މިޒާޖުގައިހުރި، ނޭއްގާނީކަމަކަށް ބަދަލެއްނައެވެ.

މާލެ ސިޓީގެ މިހާރުގެ ޑަބްލިޔުޑީސީގެ ބައްދަލުއްވުމެއް އެ ކައުންސިލްގެ އިމާރާތެއްގައި ކުރިއަށްދަނިކޮށް އެ ކަނބަލުން އިމާރާތުގެ އެތެރޭގައި ތިއްބައި ބޭރުން ތަޅުލިއެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދިގު މުއްދަތުގައި ފާއިތުވި ކޮންމެ ދުވަހަކީ ކޮންމެވެސް ކައުންސިލަކަށް އަނިޔާވެރި ވަމުން ދިޔަ ދުވަހެކެވެ. ކައުންސިލްތައް ނިކަމެތި ކުރަމުން، ބާރުތައް މުށުތެރެއަށް ޖަމާކުރަމުން ގޮސް ރައްޔިތުން ނުކުމެ އެސަރުކާރު ބަދަލުކުރުމާއި ހަމައަށްވެސް ކައުންސިލްތަކަށް އެންމެ ބޮޑަށް ގޯނާ ކުރެއްވީ ޚުދު މުއިއްޒުއެވެ.

މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި، އެ ނިޒާމަށް އެލާޖިކު މީހެއްކަން މުއިއްޒުގެ މާޒީ ހެކިދެއެވެ. އެހެންކަމުން، ދަންނަވާލަންއޮތީ، ވެރިކަން ލިބިވަޑައިގެންފިނަމަ، ކައުންސިލްތައް ބާރުވެރިކުރުވާނަމޭ ވިދާޅުވެ ތިޔަ ހައްދަވާ އިތުރުފުޅަކީ، ހަމަ ހަޤީޤަތުގައިވެސް ބޮޑު ޖޯކެކެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު