Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭރުވެސް، މިހާރުވެސް ކިޔަނީ އެމްޑީޕީ!

އެމްޑީޕީގެ ފަލްސަފާއަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި ބޯނުލެނބުން

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 00:38
އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އެ ޕާޓީގެ ދިދަތައް ހިފައިގެން

އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އެ ޕާޓީގެ ދިދަތައް ހިފައިގެން

އޭރުވެސް ކިޔަނީ އެމްޑީޕީއެވެ. މިހާރުވެސް ކިޔަނީ އެމްޑީޕީއެވެ. މި ތިން އަކުރުގެ ދިގު ގޮތް އިނގިރޭސިން އޮންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއެވެ. އެބަސްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުން އޮންނަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. ބުނެވޭ ގޮތުގައި އެމްޑީޕީއަކީ ރާއްޖޭގައި މިހާރު މިއޮތް ޑިމޮކްރަސީގެ އަސްލެވެ. އޭގެ ފެށުމެވެ. އޭގެ ރަމްޒުވެސްމެއެވެ. ޑިމޮކްރަސީ ގެނައުމަށް ގުރުބާންވީ އެތައް ބޭފުޅުންނެއް އެބަތިއްބެވެ. އެއީ އެކި ނަން ކިޔާ އެކި ފަރުދުންނެވެ. އެކަމަކު އެހުރިހާ ބޭފުޅުން މިދެންނެވި ބުރަ ބޮޑު މަސައްކަތް ކުރައްވަން އަރާ ތިއްބެވި ޕްލެޓްފޯމަކީ، އަދި އެ އުނދަގޫ ދަތުރު ކުރައްވަން އަރާ ތިއްބެވި އޮޑިއަކީ އެމްޑީޕީއެވެ. އެހެންކަމުން މިއަދުވެސް މީހުން ބުނަނީ ޑިމޮކްރަސީގެ ރަމްޒު އޭގެ ގޮތުގައި ބަދަލެއްނައިސް އެބައޮތްކަމަށެވެ.

ބުނެވޭގޮތުގައި އެމްޑީޕީގެ މެމްބަރުންނަކީ ހަލުވިކޮށް ދުވާ އޮޑިއެއްގެ ހީވާގި ކުޅަދާނަ ފަޅުވެރިންތަކެއްފަދަ ބައެކެވެ. މާލިމީ ބަދަލުވުމަކުން، ކެޔޮޅު ބަދަލުވުމަކުން އެމީހުންގެ އަޒުމެއް ނުގުޑައެވެ. ހިތްވަރެއް ނޭލޭނެއެވެ. އެމީހުން ދެކެނީ ހުންގާނުގައި ހުންނަ މީހާ ބަދަލުވުމަކީ ތަބައީ ކަމެއް ކަމަށެވެ. އެއީ ދުނިޔެވީ ފިތުރަތު ކަމަށެވެ. ގަދަ ކިތަންމެ ކަނޑެއްގައި މޫސުން ގޯސް ކިތަންމެ ދުވަހެއްގައި، ބިޔަ ރާޅުތަކުގެ ތެރޭގައި ގަދަ ވަޔާ ބާރު އޮއިގެ ތެރޭގައި އެ އޮޑި ދުއްވާ އެ ހުރިހާ ނުރައްކަލަކުން ސަލާމަތްކޮށްގެން ދަތުރު ނިންމާ ބަނދަރު ހިފަނީ ފަޅުވެރި ކުދިންގެ ގަދަ ހިތްވަރާ ފަންވަރުންކަމާ މެދަކު ޝައްކެއްނެތެވެ. ދިވެހި މުހާވަރާއެއްގައި އޮންނަގޮތަށެވެ. އަތޮޅުވެރިންނަށް ހިއްޕުވޭނީ ވަލުގައެވެ. ބާރުލެވޭނީ ރައްޔިތުންނަށެވެ.

ޑިމޮކްރަސީގެ ހަޔާތުގައި މިދެންނެވި އެމްޑީޕީ ފެށި ދަތުރުގައި އުފުލި ބުރަޔާ ތަހައްމަލުކުރި އެތައް ވޭނަކާއި ތުރާލެއްގެ ތެރެއިން ސަލާމަތްވެ އެތައް ކާމިޔާބީއެއް އެ ޕާޓީން ހޯދީ މިދެންނެވި އުސޫލުން ޕާޓީގެ އާއްމު މެންބަރުންގެ ގަދަ ހިތްވާރާއި ސާބިތުކަމާ އެކުގައި ކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ބުނެވޭ ގޮތުގައި އެއީ އެކަތަ ގަނޑެއްފަދަ އެކަތިގަނޑެކެވެ. އެމީހުން އަމިއްލައަށް އެމީހުން ސިފަކޮށް އުޅެނީ ރަންރީނދޫ ބިޔަބޮޑު ލަޝްކަރުގެ ގޮތުގައެވެ. އެމީހުން އަމިއްލައަށް އެމީހުންގެ އުސޫލުކަމުގައި ބުނަނީ ވެއްޓުނީމާ ތެދުވުމެވެ. ތެދުވެ އެއަށްވުރެއް ބާރަށް ދުއްވައިގަތުމެވެ. ކާމިޔާބީގައި ހިތްތިރިކުރުމާއީ، ނާކާމިޔާބީގައި ހިތްވަރު ގަދަކުރުމެވެ. އެމީހުންގެ ފަލްސަފާކަމުގައި އެމީހުން ބުނަނީ، އަނިޔާވެރިކަމުގެ ކުރިމަތީގައި ބޯނުލެނބުމެވެ. އަނިޔާވެރިކަމުން ސަލާމަތްވާން ދައްކަންޖެހުން ކޮންމެ އަގެއް ދެއްކުމެވެ. މި ދެންނެވި ފަލްސަފާއާއި އުސޫލުތަކުގައި ހިފައިގެން ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އެމީހުން ގެނައެވެ.

ރާއްޖެގައި އޮތް 30 އަހަރުވީ ދިގު ވެރިކަން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އެމީހުން ބަދަލުކުރިއެވެ. ވޯޓު ދިނުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އެތަކެއް އަސާސީ ހައްގެއް އެމީހުން ކަށަވަރުކުރީ މިދެންނެވި ހަމަތަކުގައި ދުލެއްނުދީ ތިބެގެންނެވެ. ރާއްޖޭގައި ވެރިކަންކުރި ވެރިއެއްގެ ފަރާތުން ފެނުނު އެންމެބޮޑު އަނިޔާވެރިކަން ސިޔާސީ މީހުންނަށާއި އާއްމު ފަރުދުންނަށް ކުރިމަތިވަމުންދިޔަ ވަގުތު ނުރައްކަލާއެކު އެމީހުން އެކަމާ ކުރިމަތިލީ މިދެންނެވި ފަލްސަފާގެ މަތީގައި ތިބެގެންނެވެ. 2013ން 2018ށް އޮތް ޕީޕީއެމްގެ އަނިޔާވެރި ވެރިކަން އެމީހުން ނިމުމަކަށް ގެނައީ އެމީހުންގެ ހުރިހާ ވެރިންނާއި ރައްޖޭގައި ތިބި ޕީޕީއެމަށް ނިސްބަތްނުވާ ހުރިހާ ސިޔާސީ މީހުން ޖަލު ބަންދުގައި ތިބި ނާޒުކު ދަނޑިވަޅެއްގައެވެ.

މީހުން ބުނާގޮތުގައި އެމްޑީޕީގެ ރަންރީނދޫ ބިޔަބޮޑު ލަޝްކަރުގެ އަތުން ގެއްލިނުދާ އެއްޗަކީ އެމީހުންގެ ގަދަ ހިތްވަރެވެ. ނުގުޑާ އަޒުމެވެ. ޕާޓީއަށް ޕާޓީގެ ފަލްސަފާއަށް އޮންނަ ލޯތްބެވެ. ސާބިތުކަމެވެ. އަނިޔާވެރިކަމަށް ނުރުހުމެވެ. މިކަންކަމުގެ އެހީގައި އެމީހުން ކޮންމެފަދަ ނުރައްކަލަކާވެސް ކުރިމަތިލައިފާނެއެވެ. ކިތަންމެ ބާރުގަދަ މީހަކާވެސް ކުރިމަތިލައިފާނެއެވެ. ކޮންމެފަދަ ހުރަހެއް ގިރާކޮށް މަންޒިލް އަތުލަފާނެއެވެ. މިފަހަކުން އެމީހުންނަށް ދިމާވި އެތެރޭގެ ހަމަނުޖެހުންތަކަކާއެކުވެސް ބަޔަކަށް އެމީހުން ރޫޅާ ނުލެވުނީ އެހެންވެގެންނެވެ. ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައުމަށް ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަތް ހުއްޓުވަން އެމީހުން ނިކުމެ އެތިބީވެސް އެހެންވެގެންނެވެ. އެމީހުން ބުނަނީ ހިދުމަތް ކޮށްދިން މީހާގެ ލެގަސީ އަބަދުވެސް އޮންނާނެކަމަށެވެ. އެކަމަކު ޕާޓީއަށްވުރެ ބޮޑު އެކަކުވެސް ނުހުންނާނެކަމަށެވެ. އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް އެމީހުންގެ ދުޝްމަނަކީ އަނިޔާވެރިކަން ކަމަށެވެ. ވެރިން ބަދަލުވުމަކުން ބަޔަކު ވަކިވުމަކުން ޕާޓީގެ ފަލްސަފާ ބަދަލުނުވާކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމައް ކުރާނެކަމަށެވެ. ދައްކަން ޖެހުނު ކޮންމެ އަގެއް ދެއްކުމުގައި އެމްޑީޕީ ދެމިއޮންނާނެކަމަށެވެ. އޭރުވެސް ކިޔަނީ އެމްޑީޕީއެވެ. މިހާރުވެސް ކިޔަނީ އެމްޑީޕީއެވެ.

މަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު