Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2025ގެ ބަޖެޓް

މާލީ ވަޒީރު ވަނީ ޤާނޫނާއި ޚިލާފުވެފަ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލައިފި - ޑިމޮކްރެޓްސް

އެ ބަޔާނުގައި ޤާނޫނީ އިމަށް ރުޖޫއަ ވުމަށް މާލީ ވަޒީރާއި ސަރުކާރަށް ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 08:04
ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުން ވަނީ ބަޖެޓް ކަނޑައެޅުމުގެ ޤާނޫނާއި ޚިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލާފަކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

2025 ވަނަ އަހަރަށް ސަރުކާރުން އެކުލަވާލި ބަޖެޓާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީގައި ދިވެހި ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ރާއްޖެ ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމަށް އަދި ޑިމޮކްރެޓިކް ހިންގުން އަށަގެންނެވުމާއި ކުރިއެރުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ޕާޓީން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގަ ކައުންސިލްގެ އިހްތިސާސް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ރަށްވެހި ޚިދުމަތްތައް ފޯރުވާ ދިނުމަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން 5% ކައުންސިލަށް ދޭން ވާނެ ކަމަށް ބަޔާންކުރާ ކަމަށެވެ. އެހެންކަމަށް ވާއިރު ކަނޑައެޅިގެން ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ކައުންސިލްތަކަށް ހައްގު ބްލޮކް ގްރާންޓްގެ ބޮޑުބައެއް އުނިކޮށްފައި ވުމަކީ ކަންބޮޑުވުމެއް ކަމަށް އެ ޕާޓީން ބުނެއެވެ. މާލީ ވަޒީރު ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ލާމަރުކަޒީ އުސޫލު ކުރިއެރުވުމުގެ ޒިންމާ އަކީ ވަޒީރަކަށް ނުވަތަ ވެރިއަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިޚްތިޔާރީ ކަމެއް ނޫން ކަމަށް ފާހަގަކޮށް އެ ޕާޓީން ވަނީ ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށްފައެވެ. ލާމަރުކަޒީ އުސޫލު ކުރިއެރުވުމުގެ ޒިންމާ އަކީ ދުސްތޫރީ ޒިންމާއެއް ކަަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ ޤާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމްކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓް އެކުލަވާލުމަކީ ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އޮތް ބާރެއް ނޫންކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފުވުން ކަމަސާއި އެ އަމަލު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެ ބަޔާނުގައި ޤާނޫނީ އިމަށް ރުޖޫއަ ވުމަށް މާލީ ވަޒީރާއި ސަރުކާރަށް ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ. ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34,955,459,058 (34 ބިލިއަން) ރުފިޔާއެވެ.

2025 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް ޖަހާފައި 1,447,316,071 (1.4 ބިލިއަން) ރުފިޔާއެވެ. ނަމަވެސް އާމްދަނީގެ 5 އިންސައްތައަކީ 1،747،772،952 (1.7 ބިލިއަން) ރުފިޔާއެވެ.

ދަ ޑިމޮކްރެޓްސްބަޖެޓް 2025

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު