Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު

ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިމޮކްރެޓްސް އިން ވެސް ތަދައްހުލު ވަނީ

އެ ފަދަ މައްސަލަ އެއް ހުށަހަޅާފައި މި ވަނީ މި އިސްލާހާއި ގުޅިގެން އާއްމުންނާއި، މެމްބަރުން އަދި ޤާނޫނީ ބޭފުޅުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2024 | އާދީއްތަ 14:59
މަޖިލީހުގެ ޖަލްސާގެ ތެރެއިން

މަޖިލީހުގެ ޖަލްސާގެ ތެރެއިން

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވާން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯކްރޮސްކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ނިމިދިޔަ ހަފްތާގެ ތެރޭގއި ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އެ ފަދަ މައްސަލަ އެއް ހުށަހަޅާފައި މި ވަނީ މި އިސްލާހާއި ގުޅިގެން އާއްމުންނާއި، މެމްބަރުން އަދި ޤާނޫނީ ބޭފުޅުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. ބުދަ ދުވަހު މަޖިލީހުން ފާސް ކުރި މި ބިލު، ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު ތަޞްދީޤުކުރައްވާ މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަމަލު ކުރަން ފަށާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ އަށް ތަދައްހުލުވާކަން ހާމަކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުމަކީ އުސޫލީ ގޮތުން މި ޕާޓީއިން ތާއީދުކުރާ ކަމެއްކަމުގައި ވީ ނަމަވެސް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެންމެ 4 ގަނޑިއެއްހާއިރުގެ ވަގުތުގެ ތެރޭގައި އަވަސް އަރުވާލައިގެން ފާސްކުރެވުނު ގާނޫނު ނަންބަރު 2024/25 (ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލުން ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލުގެނުވާ ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ ހިލާފު ގާނޫނުނެއް ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ގާނޫނު ބާތިލުކުރުމަށް އެދި ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސް އިން ވަނީ އެއީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހެއްކަމަށް އެ ޕާޓީން ގަބޫލުކުރާ މައިގަނޑު ސަބަބުތައް ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ

މި ތިން ސަބަބާއި އަދި މީގެ އިތުރުން މިހާރު އިންތިހާބުކުރެވި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް މެމްބަރުން އިންތިހާބުކުރެވުނު އިރު ސިޔާސީ ޕާޓީއަކަށް ފެނިއްޖެ ހާލަތުގައި އެ މެމްބަރުގެ ގޮނޑި ގެއްލުވާލުމަކީ ހުޅުވިފައި އޮތް ފުރުސަތަކަށް ނުވުމާއި އަދި މި އިސްލާހުގައިވެސް ހިނގަމުންދާ ދައުރުގެ މަޖިލިސް މެމްބަރުންނާ ގުޅޭ ސާފު ބަޔާންކުރުމެއް ނެތި އާންމު މާނަކުރުމަށް ޖާގަ ހުޅުވާލެވިފައިވުމާއި އަދި މިނޫންވެސް ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލު ގެނުވާ އަދި ފުށުއަރާ ކިތަންމެ ކަމެއް ފާހަގަކުރެވޭކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިކަމާއި ގުޅޭގޮތުން މިހާރު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ޕާޓީގެ ގާނޫނީ ވަކީލުން ކުރަމުންދާކަން ޑިމޮކްރެޓްސް އިން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްމާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުދަ ޑިމޮކްރެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު