Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސޯޓް ކުލި އަދި ޖޫރިމަނާ

ރިސޯޓް ކުއްޔާއި ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރޭ، ކުޑަކުރީ ޖޫރިމަނާގެ ރޭޓް: ސަރުކާރު

ރިސޯޓް ކުލި ނުދެއްކުމާއި ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ އަހަރަކަށް 182 އިންސައްތައިގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 17:43
އަމާރީ ހަވޮއްޑާ ރިސޯޓް

އަމާރީ ހަވޮއްޑާ ރިސޯޓް

ރިސޯޓުތަކުގެ ކުލި މާފުކޮށްފައިނުވާ ކަމަށާއި އަދި ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ވެސް އެއްކޮށް މާފުކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް ރިޒޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުޑަކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ބުނީ ރިޒޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑުކޮށްކަމަށާއި އެއީ އަހަރަކަށް %182 ގެ ރޭޓުންކަމަށެވެ. ސަރުކާރުން ޖޫރިމަނާ ކުޑަކޮށްފައިވަނީ 182 އިންސައްތައިން 18 އިންސައްތަ އަށެވެ.

Advertisement - newsAdvertisement

ޖޫރިމަނާ އާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތަށް %18 (ދުވާލަކު %0.0493) ރޭޓުން ޖޫރިމަނާ ދައްކަންޖެހޭނެކަމަށެވެ. ކުރިން ދައްކަންޖެހިފައި އޮތީ %182.5 (ދުވާލަކު %0.5) ކަމަށާއި އޭގެން %18 އަށްވުރެ އިތުރުވާ އަދަދު އުނިކޮށްދިނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުން ބުނީ ބޭންކުތަކުން ނަގާ އިންޓްރެސް ހުންނަނީ އާންމުކޮށް މީގެ 36 ގުނަ އަށް ވުރެވެސް ކުޑަކޮށް ކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައިކަމަށެވެ.

މި ސަރުކާރުން 2019 ގައި ނިންމައި 2020 ވަނަ އަހަރު ތަންފީޒު ކުރަން ފެށީ މި ޖޫރިމަނާ %18 އަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި މިކަން ތަންފީޒުކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ކުރީގެ ރޭޓުގައި (%180) 1 މިލިއަން ރުފިޔާގެ ރިޒޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭނެކަމަށާއި އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާއެވެ.

މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއްކަމަށާއި އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއި އެކު ޖޫރިމަނާގެ ރޭޓަށް މިގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.

މިބަދަލާއެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އައު ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވި އުނިކުރެވިގެންދާނީ %18 އަށްވުރެ ބޮޑަށް ހުރި ބައި އެކަނިކަމަށް ސަރުކާރުން ބުނެއެވެ.

ޓޫރިޒަމް ބޭނުންތަކަށް އެކި ފަހަރުމަތިން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ރިސޯޓު ހެދުމުގެ މަސައްކަތް މިހާތަނަށް ނުނިމޭ ރަށްތަކުގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ތަނެއް ހިމެނެއެވެ. އޭގެ ތެރޭގައި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި އެއްގޮތަކަށްވެސް މަސައްކަތް ނުފަށާ އޮންނަތާ 15 އަހަރުވެފައިވާ ރަށްތައްވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު