Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ހަތް ލަނޑުގެ މޮޅާއެކު، ރޯމާ އަށް ފުރަތަމަ މޮޅު

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 12 ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:13
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މި ސީޒަންގެ ލީގުގައި ރޯމާ އިން ފުރަތަމަ މޮޅު ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ އެމްޕޮލީއާ ދެކޮޅަށް ނުކުތްއިރު، ކުޅުނު ތިން މެޗުގެ ތެރެއިން ރޯމާ އޮތީ ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗު ރޯމާ އިން ކާމިޔާބު ކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އަނެއް ހަތަރު ލަނޑު ޖެހި ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ޕައުލޯ ޑިބާލާ އެވެ. އެއީ ރޯމާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އޭގެ ހަ މިނެޓު ފަހުން ރޯމާގެ ދެ ވަނަ ލަނޑު ޖެހީ ރެނާޓޯ ސަންޗޭސް އެވެ. އޭނާ އެ ލަނޑު ޖެހީ ރަސްމުސް ކްރިސްޓެންސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ރޯމާގެ ތިން ވަނަ ލަނޑަކީ އެމްޕޮލީގެ މިޑްފީލްޑަރު އަލްބާޓޯ ގްރާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ޑިބާލާ ވަނީ ރޯމާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ ރަޔާން ކްރިސްޓޭންޓް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ރޯމާގެ ފަސް ވަނަ ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ކްރިސްޓޭންޓް އެެވެ. އެއީ އެންޑްރިއޭ ބެލޮޓީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ބެލޮޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޯމާގެ ހަ ވަނަ ލަނޑު ޖެހީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އެވެ. ރޯމާގެ ފަހު ލަނޑު ގިއާންލުކާ މަންޗިނީ ޖެހީ މެޗުގެ 86 ވަނަ މިނެޓުގަ އެވެ.

މޮޅާއެކު ރޯމާ އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ރޯމާ އަތުން ބަލިވި އެމްޕޮލީ އޮތީ ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ. މިހާތަނަށް އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނުވެ އެވެ.

އިޓާލިއަން ލީގުރޯމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު