Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިޞްރު ބާޒާރު

ތުރުކީވިލާތުގެ 'މިޞްރު ބާޒާރު'ގެ އަޖުމަ ބަލާލަން ދަމާ؟

ސްޕައިސް ބާޒާރު ހިންގާތާ މިހާރު 300 އަށް ވުރެ ގިނަ އަހަރު ވެއްޖެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:39
ސްޕައިސް ބާޒާރުގައި މިއަދު 85 ފިހާރައެއް ހިންގާ

ސްޕައިސް ބާޒާރުގައި މިއަދު 85 ފިހާރައެއް ހިންގާ

އެންމެ ދާން ބޭނުން ވާ ޤައުމަކީ ކޮބައިތޯ ސުވާލު ކުރުމަށް ފަހު ލިބޭ ޖަވާބުތައް ލިސްޓެއްގައި ތަރުތީބުކޮށްފިނަމަ، ދިވެހިންގެ މެދުގައިވެސް މިއަދު އެންމެ އާންމު ޖަވާބަކަށް ވާނީ ތުރުކީވިލާތު ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. ދަތުރުގެ ފޮޓޯތައް އިންތިހާއަށް ނަލަކޮށްލަ ދޭނެ ހިތްގައިމު އެތައް މަންޒިލުތަކަކުން ޒީނަތްތެރި ވެފައި ވާ ތުރުކީވިލާތަކީ ޒަމާންވީ އެތައް ތަރިކައަކާއި އާޘާރުތަކެއްގެ ޚަޒާނާއެއްވެސް މެއެވެ. ދައްކަން މި އުޅެނީ ތުރުކީވިލާތުގެ ޤަދީމީ، ހަވާދުގެ ވިޔަފާރީގެ ވާހަކައެވެ.

ތުރުކީވިލާތަކީ ތާރީޚުގެ ތެރެއަށް ފީނާލާއިރު، 1400 އެއްހާ އަހަރަށް ކާމިޔާބު ކަމާ އެކު ދުނިޔޭގެ އިރާއި ހުޅަނގު ގުޅާލަ ދިން ވިޔަފާރި ރާސްތާ ނުވަތަ ސިލްކް ރޯޑްގެ މުހިންމު ބައިވެރިއެކެވެ. އިހު އެވޭލާ ޒަމާނުއްސުރެވެސް ތުރުކީވިލާތަކީ ހަވާދުގެ ވިޔަފާރީގައި ނަން ހިނގާ ޤައުމެކެވެ. މި ދެންނެވި ސިލްކް ރޯޑުގެ ކާމިޔާބީގެ އެއް އަސްލަކީވެސް ތުރުކީވިލާތުން ކުރަމުން ދިޔަ، ވަރުގަދަ، ހަވާދުގެ ވިޔަފާރިއެވެ.

އެއްގަމުގެ އިތުރުން، ކަނޑުމަގުން ދެމިގެން ދިޔަ ސިލްކް ރޯޑް ނުވަތަ 'ސްޕައިސް ރޫޓު'ގައި ވެސް ތުރުކީވިލާތަކީ މުހިންމު ހަތަރު އަނގޮޅިއެއްގައި އޮތް ޤައުމެކެވެ.

ތުރުކީވިލާތުގެ އެންމެ މަޤުބޫލު އެއް ސިޓީ ކަމަށް ވާ އިސްތަންބޫލްގައި ހިންގާ 'ސްޕައިސް ބާޒާރު' އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ބާވަތް ބާވަތުގެ ހަވާދު އެއްތަނަކަށް ގެނެސް، ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ، ވަރުގަދަ ބާޒާރެކެވެ.

'ސްޕައިސް ބާޒާރު' ހިންގާތާ މިހާރު 300 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. އޮޓޮމަން އެމްޕަޔަރ ނުވަތަ އުސްމާނީ ދައުލަތުގައި، ބޭރު ދުނިޔެއާއި ވިޔަފާރި ކުރުމުގެ މައި މަރުކަޒަކީވެސް 'ސްޕައިސް ބާޒާރު' އެވެ.

މިއަދުވެސް އެ ބާޒާރުން ފެނިގެން ދަނީ ހަމަ އެ ޖޯޝާއި ފޯރިއެވެ. ހިތްގައިމު، ޤަދީމީ ބާޒާރެއްގެ ކުލަވަރުތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ހަވާދުގެ އެކި އެކި ބާވަތްތައް، މިއަދުވެސް އެ 'ސްޕައިސް ބާޒާރު' އިން ލިބެން ހުރެއެވެ.

އިހު ޒަމާނުގައި ހަވާދުގެ ބާވަތްތަކަކީ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ. ނަތީޖާއަކަށް ވީ، އެއްތަނުން އަނެއް ތަނަށް ހަވާދުގެ ބާވަތްތައް އުފުލާ، ގެންގޮސް ހެދުމުގައި އެތައް ބަޔަކު ދުރު ރާސްތާތަކެއް ކަޑަތު ކުރި ކަމެވެ.

'ސްޕައިސް ބާޒާރު' އިމާރާތް ކުރީ އާ މިސްކިތަށް އިތުރު ކުރި ބައެއްގެ ގޮތުގައެވެ. ބާޒާރުގެ ކާމިޔާބު ވިޔަފާރިއާއެކު ލިބެމުން ދިޔަ ޓެކުހުގެ އާމްދަނީއަކީ، މިސްކިތުގެ އާބާތުރަ ފިލުވުމާއި އެނޫންވެސް އެފަދަ ކަންކަން ކުރުމަށް ފުދޭ ވަރެއްގެ އާމްދަނީއެކެވެ.

އިސްތަންބޫލުގެ އެންމެ ބޮޑެތި ބާޒާރުތަކުގެ ތެރޭގައި ގުނާލެވޭ 'ސްޕައިސް ބާޒަރު' އަށް މިޞްރު ބާޒާރޭވެސް ކިޔާ އުޅެއެވެ. އެއީ، އާ ބާޒާރެއްގެ ގޮތުގައި އެތަން ބިނާ ކުރީ، މިޞްރުގައި އޮތް އުސްމާނީ ދަޢުލަތުން އާމްދަނީއިން ކަމަށް ބުނާތީއެވެ. 'ސްޕައިސް ބާޒާރު'ގައި މިއަދު 85 ފިހާރައެއް ހިންގައެވެ. ހަވާދުގެ އެކިއެކި ބާވަތްތަކާއި، ތުރުކީވިލާތަށް ޚާއްޞަ ލުއިކާނާއާއި ފޮނިކާތަކެތީގެ އިތުރުން، ގަހަނާއާއި، ހަނދާނީ ހަދިޔާއާއި ހިއްކި މޭވާއާއި ބަދަނުގެ ބާވަތްތައްވެސް އެ ފިހާރަތަކުން ލިބެން ހުރެއެވެ. ތުރުކީވިލާތަށް ކުރާ ދަތުރެއް ފުރިހަމަ ވެގެން ދާނީ، 'ސްޕައިސް ބާޒާރު' އަށް ޒިޔާރަތްކޮށްލާ، އެތަނުން ވިޔަފާރި ކޮށްލުމުން ނޫންތޯއެވެ؟

ތުރުކީސްޕައިސް ބާޒަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު