Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ނަތަންޔާހޫގެ ސަރުކާރަކީ ސުލްޙައަށް އޮތް މައިގަނޑު ހުރަސް؛ އުރުދުޣާން

ނަތަންޔާހޫގެ ހަމައެކަނި ބޭނުމަކީ ސަރަހައްދާއި މުޅި ދުނިޔެ ބޮޑު ކާރިސާ އެއްގެ ތެރެއަށް ވައްޓާލުން ކަމަށް ވެސް އުރުދުޣާނެ ވިދާޅުވި

ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 09:48
ރައީސް އުރުދުޣާން އާއި ބޮޑުވަޒީރު ނަތަންޔާހޫ -- ފޮޓޯ: އަނަޑޯލު

ރައީސް އުރުދުޣާން އާއި ބޮޑުވަޒީރު ނަތަންޔާހޫ -- ފޮޓޯ: އަނަޑޯލު

އިސްރާއީލުގައި އޮތް ނަތަންޔާހޫގެ ސަރުކާރަކީ ސުލްޙައަށް އޮތް މައިގަނޑު ހުރަހެއްކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިސްތަންބޫލްގައި ހޮނިހިރު ދުވަހު ބޭއްވުނު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ބޮޑުވަޒީރު ނަތަންޔާހޫގެ ވެރިކަމުގެ ދަށުން އޮތް އިސްރާއީލުގެ ސަރުކާރަކީ ސަރަޙައްދީ ސުލްޙަ އަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.

ނަތަންޔާހޫގެ ހަމައެކަނި ބޭނުމަކީ ސަރަހައްދާއި މުޅި ދުނިޔެ ބޮޑު ކާރިސާ އެއްގެ ތެރެއަށް ވައްޓާލުން ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

އަދި އީރާނަށް ދިން ހަމަލާ އަކީ މަޝްވަރާތަކަށް ހުރަސް އަޅަން އޭނާ ހިންގި އަމަލެއް ކަމަށް އުރުދުޣާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން މި ސަމިޓުގައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވެފައި ވަނީ ޖޫން 13 ވަނަ ދުވަހު އީރާނަށް ހަމަލާދިނުމުގެ ސަބަބުން އިސްރާއީލުން މެދުއިރުމަތި "މުޅިން ހަލާކުގެ ތެރެއަށް" ގެންދަނީ ކަމަށެވެ.

"އިސްރާއީލުން މިހާރު އަޅުގަނޑުމެންގެ އަވައްޓެރި އީރާނަށް ހަމަލާދީގެން މުޅި ސަރަޙައްދު ހަލާކުގެ އައްސޭރިއަށް ގެންދަނީއެވެ،" އޭނާ އިސްތަންބޫލް ގައި އޯއައިސީ ގެ ސަމިޓުގައި ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
11 ޖޫން 2017

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!
01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު