Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަރިފުޅު ރޯ ސަބަބު އަންގައިދޭ އެޕްލިކޭޝަން

ތުއްތު ރުއިމުގެ އަޑުން ގުގުމަމުން ދިޔަ ގޭ ތެރެއިން ލަޔާލީ ގެނެސް ދެނީ މައިންނަށް ޚާއްޞަ އެޕްލިކޭޝަންއެއް!

އެހާ ހިސާބުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެ ރުއިމުގެ ފަހަތުގައި ވާ ސަބަބާއި، ހައްލުތައް ހޯދައި، ދައްކައިދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2023 | އަންގާރަ 10:22
'މަދަހުޑް ގައިޑް'ގެ ނަން ދީފައި ވާ އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ލަޔާލީ ފެށީ 2019 ވަނަ އަހަރުގެ ތެރޭގައި

'މަދަހުޑް ގައިޑް'ގެ ނަން ދީފައި ވާ އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ލަޔާލީ ފެށީ 2019 ވަނަ އަހަރުގެ ތެރޭގައި

ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑަކީ، ކަންފަތުގައި ޖެހުމާއެކު އެ އަޑަކަށް ބީރު ކަންފަތެއް ނުދެވޭ އަޑެކެވެ. އެ މައުސޫމު ކުއްޖާފުޅު ރޮމުން އެދަނީ ކޮންމެވެސް މުހިންމު ކަމެއް ބޭނުންވެގެން ކަމާއި، ބޭނުން ވެގެން އުޅެނީ ކޮން ކަމެއްކަން އެ ތުއްތު ދަރިފުޅަށް ބުނެދޭން ނޭނގޭނެކަން އިންސާނީ ޟަމީރު ޤަބޫލު ކުރާތީއެވެ. ކިތަންމެ ކަނުލާ އަޑުއެހިއެއް ކަމަކު، ނުވަތަ ވަޤުތުން ވަޤުތަށް އެ ދަރިފުޅު ގާތަށް ދިޔަ ކަމުގައި ވީ ނަމަވެސް، ރުއިމުގެ ތެރެއިން އެ ކުއްޖާފުޅު އެ ބުނަނީ ކީކޭކަން ނޭނގޭ ހާލަތްތައް މެދުވެރިވެއެވެ. ދަރިފުޅުގެ އާދޭހަކީ ކޮބައިކަން ގިނަ ފަހަރަށް މައިމީހާއަށް އެނގުނު ނަމަވެސް، އެ ދަރިފުޅު ގާތުގައި ދެން އުޅޭ މީހުންނަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނޯންނަ ހާލަތްތައްވެސް މެދުވެރިވެއެވެ. އެފަދަ ވަޤުތެއްގައި މައިމީހާވެސް ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓޭ ގޮތްވެއެވެ.

މިފަދަ އެތައް ކަމަކަށް ލުޔެއް ހޯދާ ދިން އެކަކީ ފަލަސްޠީނަށް އުފަން، ލަޔާލީ ޚަޠީބުއެވެ. ތުއްތު ތުއްތު އެއްމާބަނޑު ދެބެންނާއި އަލަށް އުފަންވި އެއްބަނޑު އެއްބަފާ ކޮއްކޮއާއެކު އެއް ގެއެއްގައި ދިރިއުޅެމުން އަންނަ ލަޔާލީގެ ޢުމުރަކީ ހަމަ އެންމެ 15 އަހަރެވެ. ކޮއްކޮމެންގެ ރުއިމުގެ އަޑު އިވިއިވި، ލަޔާލީގެ ޅަ ސިކުނޑި ފަރުމާކޮށްދިނީ ޚާއްޞަ އެޕެކެވެ. ލަޔާލީ ބުނާ ގޮތުގައި، އޭނާ ފަރުމާ ކުރި އެޕަކީ، ތުއްތު ދަރިފުޅުގެ ރުއިމުގައި ވާ ވާހަކަތައް، ނުވަތަ ދަރިފުޅު ރޯ ސަބަބު މައިންނަށް އަންގައި ދޭނެ އެޕްލިކޭޝަންއެކެވެ.

އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ޖެނީންގެ ރަށްބޭރުގައި ދިރިއުޅެމުން އަންނަ ލަޔާލީ ފަރުމާ ކުރި ސޮފްޓްވެއަރއަކީ މަސްނޫއީ ތޫނުފިލިކަން ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި ސޮފްޓްވެއަރއެކެވެ. އެޕްލިކޭޝަން ފަރުމާ ކޮށްފައި ވަނީ ތުއްތު ކުދިންގެ ރުއިމުގެ އަޑުތައް އެނަލައިޒްކޮށްގެން، އެ ރޯ ސަބަބެއް ކަނޑައަޅައި ދިނުމަށެވެ. އެގޮތުން، ދަރިފުޅު ރޮމުން އެ ދަނީ ބަނޑުހައިވެގެން ތޯ، ނުވަތަ ނިދި އައިސްގެން ތޯ، ތަނަކަށް ތަދުވާތީ ތޯ ނުވަތަ ޑައެޕަރ ބަދަލު ކުރަން ބޭނުން ވެގެން ތޯ ކުރެވޭ ސުވާލުތަކަށް ފަސޭހަ ޖަވާބެއް ހޯދައިދެއެވެ.

އޭނާ ފަރުމާ ކުރި އެޕްލިކޭޝަންގެ ވަކިވަކި ތަފްސީލުތައް ހިއްސާ ކުރަން ލަޔާލީ ފަސްޖެހެއެވެ. ނަމަވެސް، އޭނާ ވަނީ އެ އެޕްލިކޭޝަން މަސައްކަތް ކުރާ ގޮތުގެ ޚުލާސާއެއް ހިއްސާ ކޮށްފައެވެ. ލަޔާލީ ފަރުމާ ކުރި އެޕްލިކޭޝަން ބޭނުން ކުރުމަށްޓަކައި، ދަރިފުޅު ރޯ ވަޤުތު، އެ ރޯ ރުއިމުގެ އަޑު، އެޕްލިކޭޝަނަށް ރެކޯޑް ކުރަން ޖެހެއެވެ. އެހާ ހިސާބުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެ ރުއިމުގެ ފަހަތުގައި ވާ ސަބަބާއި، ހައްލުތައް ހޯދައި، ދައްކައިދެއެވެ.

'މަދަހުޑް ގައިޑް'ގެ ނަން ދީފައި ވާ އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ލަޔާލީ ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ޒުވާން ޑިވަލޮޕަރު ބުނާ ގޮތުގައި، އޭނާގެ އެޕްލިކޭޝަންއަކީ 93 ޕަސެންޓް ކަށަވަރު ޖަވާބު ދޭ އެޕްލިކޭޝަންއެކެވެ.

މިފަދަ އެޕްލިކޭޝަންއެއް ތަރައްޤީ ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ލަޔާލީއަށްވެސް މިހާ ހިސާބަށް އާދެވުނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައި، ހުރަސްތަކެއް ގިރާ ކޮށްގެންނެވެ. އެޕްލިކޭޝަން އުފެއްދުމަށްޓަކައި ކޯޑް ކުރަން ދަސް ކުރީ އޮންލައިން ކުލާސްތަކުންނެވެ. އެޕް އުފެއްދީ އޯޕަން-ސޯސް ވެބްސައިޓެއް ބޭނުން ކޮށްގެންނެވެ.

ލަޔާލީ މިހާރު ކުރަމުން ދާ ޢުއްމީދަކީ އޭނާގެ 'މަދަރހުޑް ގައިޑް' އެޕްލިކޭޝަން އިތުރަށް ފައްކާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ އެޕްލިކޭޝަން ފުޅާ ވެގެން ދިއުމެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ، ލަޔާލީގެ މިޞްރާބު މިހާރު ހުރީ، އޯޓިޒަމް ދެނެގަންނާނެ އެޕްލިކޭޝަންއެއް އުފެއްދުމާ ދިމާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް \'ސަޕްރައިޒް\'އެއް

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް \'ސަޕްރައިޒް\'އެއް

26 މާރިޗު 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

21 ޖެނުއަރީ 2018
ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

08 ޖެނުއަރީ 2018
ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ

ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު