Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން

ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތަކުން ނަގާފީތައް ބޮޑުކޮށްފި

ކްރޫޒް ޕާމިޓު ފީ މިހާރު ވަނީ 1000 ޑޮލަރަށް ބޮޑުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 12:27
ރާއްޖެއައި ކްރޫޒް ލައިނާއެއް ރަށެއްގެ ބޭރުގައި ބަނދަރުކޮށްފައި

ރާއްޖެއައި ކްރޫޒް ލައިނާއެއް ރަށެއްގެ ބޭރުގައި ބަނދަރުކޮށްފައި

ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތަކުން ނަގަމުން އަންނަ ފީތައް ބޮޑުކޮށް، "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އާއްމުކޮށްފިއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގަވާއިދެކެވެ. މި ގަވާއިދާއެކު ކުރިން އަމަލު ކުރަމުން އައި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" ވަނީ އުވާލާފައެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ މި ގަވާއިދުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ބޮޑެތި ޓޫރިސްޓު އުޅަނދުފަހަރުތަކުން ނަގަމުން އަންނަ ކްރޫޒް ޕާމިޓު ފީ މިހާރު ވަނީ 1000 ޑޮލަރު ނުވަތަ 15420 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެކުރިން ކްރޫޒް ޕާމިޓުގެ ގޮތުގައި އުޅަނދުތަކުން ދައްކަން ޖެހެނީ 5000 ރުފިޔާއެވެ.

މި ގަވާއިދުގެ ދަށުން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނ،ީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގައެވެ. ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނ،ީ އެކަމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދީފައިވާ ފަރާތްތަކަށެވެ. ރާއްޖެއަށް އަންނަ ކޮންމެ އުޅަނދެއްވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން، އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ މީރާއަށް ދެއްކުމަކީ އެ އެޖެންޓުގެ ޒިންމާއެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކުގައެވެ. މި ހުއްދަ ކަސްޓަމްސް އިން އެ އުޅަނދަކަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށީގެން 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަން ޖެހެއެވެ. އަދި އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ އަދި އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ ކްރޫޒިން ޕަރމިޓް ދޫކުރާނީ 1000 ޑޮލަރު ދެއްކުމުން ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ކްރޫޒިން ޕާމިޓް ދޫކުރާ މުއްދަތަކ،ީ އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 ދުވަހެވެ. ނަމަވެސް އެ އުޅަނދަކީ އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 365 ދުވަހާ ހަމަޔަށް މުއްދަތު އިތުރުކޮށްދެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އަދި 20 މީޓަރާއި އެއަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާއި ހަމައަށް އެއްވެސް ފީއަކާއި ނުލައި ދުއްވައި، ބަނދަރުކުރެވޭއިރު މި މުއްދަތު ހަމަވުމުން ކޮންމެ ދުވަހަކަށް 50 ޑޮލަރު ދެއްކުމަށްފަހު، 275 ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން ނުވަތަ ކްރޫއިން އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ އާއިލާ ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބަން އެދޭ ނަމަ ޗާޓަރު ލައިސަންސެއް ހޯދަން ޖެހެއެވެ. އަދި ޗާޓަރު ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް ބޭރުގެ ޓޫރިސްޓް އުޅަނދު ޗާޓަރު އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި އެ އުޅަނދު ބަނދަރު ކުރުމަށް އެދޭނަމަ އާ ޗާޓަރު ލައިސަންސެއް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހޯދަންޖެހެއެވެ.

މި ގަވާއިދުގެ ދަށުން ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ޗާޓަރު ލައިންސަންސް ހޯދަން ދައްކަން ޖެހޭ ފީވެސް ވަނީ ބޮޑު ކޮށްފައެވެ. އެގޮތުން ދިގުމިން 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުވާލަކަށް 100 ޑޮލަރު ދައްކަން ޖެހޭއިރު 21 މީޓަރާއި 35 މީޓަރާ ދެމެދުގެ އުޅަނދުފަހަރު، ދުވާލަކަށް 250 ޑޮލަރު، 36 މީޓަރާއި 45 މީޓަރާ ދެމެދުގެ އުޅަނދުފަހަރު ދުވާލަކަށް 400 ޑޮލަރު، 46 މީޓަރާއި 75 މީޓަރާ ދެމެދުގެ އުޅަނދުފަހަރު ދުވާލަކަށް 550 ޑޮލަރު، 76 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުފަހަރު ދުވާލަކަށް 700 ޑޮލަރު އަދި 101 މީޓަރު އަދި 101 މީޓަރަށްވުރެ އިތުރުވާ އުޅަނދުފަހަރު ދުވާލަކަށް 850 ޑޮލަރު ދައްކަން ޖެހޭނެއެވެ.

މީގެ ކުރިން ދިގުމިނުގައި 25 މީޓަރު ހަމަނުވާ އުޅަނދުފަހަރުން ދުވާލަކަށް 15 ޑޮލަރު ދެއްކިއިރު 25 މީޓަރާއި 35 މީޓަރާ ދެމެދުގެ އުޅަނދުތަކުން 200 ޑޮލަރު، 36 މީޓަރާއި 45 މީޓަރާ ދެމެދުގެ އުޅަނދުތަކުން ދުވާލަކަށް 350 ޑޮލަރު، 46 މީޓަރާއި 75 މީޓަރާ ދެމެދުގެ އުޅަނދުތަކުން ދުވާލަކަށް 450 ޑޮލަރި އަދި 75 މީޓަރަށްވުރެ އިތުރު އުޅަނދުތަކުން ދައްކަން ޖެހެނީ 600 ޑޮލަރެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މި ގަވާއިދާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 1000 ޑޮލަރުން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރަށް 2000 ޑޮލަރުން އަދި އެއަށްވުރެ ގިނަ ފަހަރު ގަވާއިދާ ޚިލާފު ވެއްޖެނަމަ ކޮންމެ ފަހަރަކު 6000 ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.

މި ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.

ޓޫރިޒަމް މިނިސްޓްރީރާއްޖޭގެ ފަތުރުވެރިކަންކްރޫޒް ލައިނަރ

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު