Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
މިލެޓް އަލީ ވަހީދު

ވެލެންސިއާގެ ލެޖެންޑް، ލިލީ ސްޓޯރުގެ ބޮޑު ސޭޓު

ފުރަތަމަ ފަހަރަށް މެޑަލް ހޯދި ޓީމުގެ ފޯވަޑް ލިލީ ސްޓޯރުގައި 28 އަހަރު ހޭދަކޮށްފި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 04:21
ވެލެންސިއާގެ ލެޖެންޑް މިލެޓް އަލީ ވަހީދު

ވެލެންސިއާގެ ލެޖެންޑް މިލެޓް އަލީ ވަހީދު

ފޯނުން ގުޅުމުން ފުރަތަމަ ވެސް ބުނީ "އަހަރެން މިހާރު ތިޔަކަމާ ނޫޅެން،" ކަމަށެވެ. އެކަމަކު ވާހަކަ ދައްކަން ބޭނުންނަމަ އަސުރުގެ ފަހުން ލިލީ ސްޓޯރަށް އައުމަށް އެދުނެވެ.

"އަލީ ވަހީދު ކިޔާ ބޭފުޅަކު އެބައުޅުއްވާތަ؟" އަޅުގަނޑު އެހީމެވެ.

"ދެންމެ މިތާ އުޅުނު. ބޭރަށް ދިޔައީ. އިރުކޮޅަކުން އަންނާނެ،" ލިލީ ސްޓޯރުގެ ކައުންޓަރުން ބުންޏެވެ.

ހުދު އަޅުގަނޑަށް ވެސް އެއީ ކިހިނެތް ހުންނަ، ކާކު ކަން ނޭނގޭތީވެ، އޭނާގެ އިންތިޒާރުގައި މަގަށް ނުކުމެ ފިހާރަ ކުރިމަތީގައި މަޑުކޮށްލީމެވެ.

"އެހުރީ އަލީ ވަހީދު،" ފަސް 10ވަރަކަށް މިނިޓް ފަހުން ފިހާރަތެރެއިން ނުކުތް މީހަކު އަޅުގަނޑުގެ ކޮނޑުގައި ޖަހާލާފައި ބުންޏެވެ.

އޭނާ، އިން ކައުންޓަރަށް ގޮސް ތައާރަފްވެފައި ފޮޓޯ އެއް ނެގީމެވެ. އަދި ނުވައެއް ޖަހާއިރު ގެޔަށް އައުމަށް ބުނުމުން އޭނާގެ ތަރުތީބުކަމާއި ޝަހުސިއްޔަތު ފެނިފައި އުފެދުނު ގިނަ ސުވާލުތަކާމެދު ވިސްނަމުން ނުކުމެ ހިނގައިގަތީމެވެ. އަޅުގަނޑުފަދައިން މި ޖީލުގެ ގިނަ ބަޔަކަށް އެއީ ކާކުކަން ނޭނގިދާނެ އެވެ. އެކަމަކު އެއީ ހަނދާންކުރަންޖެހޭ، މުހިންމު ޝަހުސިއްޔަތެކެވެ.

ހޯލްސޭލް ވިޔަފާރީގައި ރާއްޖޭގެ އެންމެ ބޮޑު އެއް ފިހާރަ ބަލަހައްޓަން ކައުންޓަރުގައި އެއިނީ 1980ގެ ތެރޭގައި ރާއްޖޭގައި އުފެދުނު މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އެއިރު ޅަފަތުގައި އޮތް ވެލެންސިއާ އަށް ގިނަ ގޯލުތަކެއް ޖަހައިދިން، އިތުބާރު ފޯވަޑެވެ. އެންމެ ފުރަތަމަ މެޑެއްޔެއް ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ އެއް ފޯވަޑެވެ. މަޝްހޫރު ނަމުންނަމަ މިލެޓް އަލީ ވަހީދެވެ.

މިލެޓް އެއީ އޭނާ އުޅެބޮޑުވި، ބޭބެ، އަބްދުއްރަހީމްގެ ގެ އެވެ. ތ. އަތޮޅު ތިމަރަފުއްޓަށް އުފަން ކުޅުންތެރިޔާގެ އުމުރުން މިހާރު 63 އަހަރެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ މީގެ 28 އަހަރު ކުރިން އަދާކުރަން ފެށި ވަޒީފާ އެވެ. އެންމެ ފުރަތަމަ ވަނީ ލިލީ ސްޓޯރުގެ ކޭޝިއަރަކަށެވެ. ކުރަންޖެހޭ މަސައްކަތަށް ބަދަލެއް ނަޔަސް އެއީ މިހާރު ލިލީ ކުންފުނީގެ ޝޮޕް މެނޭޖަރެވެ.

އަލީ ވަހީދު ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށީ 1980 ވަނަ އަހަރު ވެލެންސިއާއިންނެވެ. އެކުލަބަށް 8 އަހަރު ކުޅުމަށްފަހު ލެގޫންސަށް ދެ އަހަރު ކުޅުނެވެ. މި މުއްދަތުގައި ރާއްޖޭގެ ގައުމީ ޓީމު އެކި ފަހަރުތަކުގެ މަތިން ތަމްސީލުކޮށްދިނެވެ. އޭނާގެ އެންމެ ހާއްސަ އެއް ސިފައަކީ ކޮންމެގޮތަށް، ކޮންމެ ހިސާބަކުން ބޯޅަ ލިބުނަސް އިތުބާރާއެކު ބޮލުން ގޯލު ޖެހުމެވެ.

82 ވަނަ އަހަރު ވިކްޓަރީއާ ދެކޮޅަށް ކުޅެނިކޮށް ފައި ބިނދުނެވެ. އެބޮޑު އަނިޔާވީ އޭނާގެ ނަސީބުގެ ތަރިއެރުމަށެވެ. ޖެހިގެން އައި އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލުޖަހައި މޮޅު ފޯވަޑުގެ މަގާމު ހޯދި އެވެ. އޭގެ ފަހު އަހަރު ވެސް އެންމެ ގިނަ ގޯލު ޖެހީ އޭނާ އެވެ. އެކަމަކު އެވޯޑް ނުލިބުނީ "އެ އަހަރު ހޮވީ ހަމައެކަނި އުއްމީދީ ކުޅުންތެރިޔާ،" އަށްވުމުން ކަމަށް އަލީ ވަހީދު ބުންޏެވެ.

ވެލެންސިއާ ޓީމާއި ގައުމީ ޓީމުގެ ބިދޭސީ ކޯޗުން ދެ ގޮތަކަށް އަލީ ވަހީދު ބޭނުންކުރި އެވެ. އެއީ މަތިން ކުޅޭ ބޯޅަތައް ބޮލުން ޖެހުމަށާއި، އޭނާގެ ސްޕީޑް ބޭނުންކުރުމަށެވެ. އެދުވަސްވަރު އޭނާ ވަނީ އެތްލެޓިކްސްއިން 400 މީޓަރުގެ ރިލޭއިން އެއްވަނަ ހޯދައިފަ އެވެ.

އެހެން ފޯވަޑުން ފަދައިން އޭނާ އަކީ ވެސް ގިނައިން ބޯޅަ ކޮށްޓައި ޑްރިބްލްކުރެ އެވެ. ނަމަވެސް ވެލެންސިއާ އާއި ގައުމީ ކޯޗުންގެ އެދުމުގެ މަތިން އެކަން އޭނާ ބަދަލުކުރި އެވެ. ފަހުން އޭނާ ފާހަގަ ކުރެވުނީ ޑައިވްކޮށްފައި ބޮލުން ޖަހާ އިތުބާރު ކުޅުންތެރިއަކަށެވެ.

އޭނާގެ 10 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި އަލީ ވަހީދަށް ލިބުނު ހަމައެކަނި ތައްޓަކީ ނިއުރޭޑިއަންޓް 3-2އިން ބަލިކޮށް، 1988 ވަނަ އަހަރު ވެލެންސިއާ ހޯދި އެފްއޭކަޕެވެ. އެއީ ވެލެންސިއާގެ ވެސް ފުރަތަމަ ތައްޓެވެ. މި ތަށި ލިބުމުގައި އަލީ ވަހީދުގެ ބޮލުން ޖެހުމުގެ ހުނަރާއި ގާބިލްކަން މުހިންމު ދައުރެއް އަދާކުރި އެވެ.

ފުރަތަމަ ތަށީގެ އުފާވެރިކަމާ އެއްވަރަށް، އޭނާގެ ހިތުން ނުފިލާ ދެރައެއް ވެސް އެބައޮތެވެ. އެއީ މާލެ އަތޮޅު ހިންމަފުއްޓާ އެއްވަރުގެ ގައުމީ ފައިނަލުން ވެލެންސިއާ ކެޓުމެވެ.

އެދުވަހު އެގޮތަށް ދިމާވި ނަމަވެސް އަލީ ވަހީދު ވަނީ އަތޮޅުތެރެއިން މާލެ އައި ގިނަ ޓީމުތައް ހިމެނޭހެން އިދިކޮޅު ގޯލަށް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.

ނަމަވެސް ނިއުރޭޑިއަންޓް ކޮޅަށް ހެޓްރިކް ހެދި ދުވަހު އޭނާ އަށް މޭން އޮފް ދަ މެޗުގެ މަގާމް ނުލިބުނެވެ. މާލެ ތެރޭގައި ގަދަ އަށް އެދުވަސްވަރު ދެއްކި އެވާހަކަ އެހުމުން، ވަރަށް ސަމާސާ ކޮށްފައި ބުނީ އެކިޔާ ވާހަކަ އަކީ ތެދެއް ކަމަށެވެ.

އެހެން ކުޅުންތެރިން ފަދައިން ކުލަބު ބަދަލުކުރަން އޭނާ އަށް ވެސް ފުރުސަތު ލިބުނެވެ. ނިއު އާއި ވިކްޓަރީން ލިބުނު ފުރުސަތު ދޫކޮށްލީ "ވެލެންސިއާއިން ދާހިތްނުވުމުން،"ނެވެ. އެކަމަކު ފަހު ދެ އަހަރު ލެގޫންސަށް ކުޅުނީ ވެލެންސިއާ ބިދޭސީ ކޯޗުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ފެށުމުންނެވެ.

ވަޒީފާ އަދާކުރުމަށްފަހު މިހާރު އޭނާގެ އުފަލަކީ އަންހެނުންނާއި ދެ ކުދިންނާއެކު ވަގުތު ހޭދަކުރުމެވެ. އެކަމަކު އަދިވެސް ގަވާއިދުން ފުޓްބޯޅަ ބަލަ އެވެ. އެންމެ ކަމުދަނީ އޭނާ ފަދައިން ވެލެންސިއާއިން ވިދާލި ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިލެޓް އަލީ ވަހީދުކުލަބު ވެލެންސިއާގައުމީ ހޭންޑްބޯލް ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު