Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން ކުރިއެރުވުން

މާޒީއަށް ބަލާއިރު، ޑރ.މުއިއްޒަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަކަށް ނުބެލެވޭ: މެމްބަރު އީސަ

ވޯޓުލުމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް މުވައްޒަފުން ވަރަށް ބޮޑަށް ވިސްނާފިކުރު ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 17:54
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

މާޒީއަށް ބަލާއިރު، އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކުރިމަގަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް މުވައްޒަފުން ވަރަށް ބޮޑަށް ވިސްނާފިކުރު ކުރަންޖެހޭ ކަމަށާއި، ވެރިކަމަށް އައުމަށް މޮޅެތި ވައުދުތައް ބޭފުޅުންވާނެ ކަމަށެވެ. ނަމަވެސް އެވައުދުތަކަކީ ފުއްދާނެ ވައުދުތަކެއްތޯ ބަލައި ޔަގީން ކުރަންޖެހޭ ކަމަށާއި، އެއީ ފަރުދީ ޒިންމާއެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާޒީއަށް ބަލާއިރު، އެބޭފުޅުންގެ އިހުލާސްތެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ބާރުވެރިކުރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގައި 5 އަހަރު ޕީއެމްއެމްއިން ވެރިކަމެއް އަދި އެބޭފުޅުންގެ ބާރު ހިނގާ ދެ އަހަރުގެ ވެރިކަމެއް ރާއްޖޭގައި ކުރި ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ. ޚާއްސަކޮށް ދިވެހި މުވައްޒަފުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް ނިކަމެތިކަން ލިބޭ ގޮތަށް ކުރީ ސަރުކާރުން އަމަލުކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު އީސަ ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައި އިރުގައި 55 އިންސައްތަ ދިވެހިން އުޅެންވާނެ ކަމަށް ގަވާއިދުގައި ލިޔެފައި އޮތް މާއްދާ ބަދަލުކޮށް 45 އިންސައްތަ ދިވެހިންގެ އަދަދު މަދު ކުރި ކަމަށެވެ. އަދި 55 އިންސައްތަ ބޭރު މީހުންގެ އަދަދު މަތި ކުރި ކަމަށް މެންބަރު ވިދާޅުވިއެވެ. އެއީ ދިވެހިންގެ ވަޒީފާތަކެއްގައި އަތް އެޅުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އަހުމަދު އީސަ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގާނޫނީ ބާރުވެރިކަން ދިނީ މިސަރުކާރުން އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ. އެކަން ފާއިތުވި ފަސް އަހަރުން ފެންނަ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަަފުންނަށް އޮފް ޑިއުޓީގައި އާރްޓީއެލް ފެރީގައި ރަށަށް ދެވޭ ކަމަށާއި، މެނޭޖްމަންޓްގެ ހުއްދަ ނުހޯދައި ވެސް ދަތުރުކުރެވޭނެ ކަމަށެވެ. އެފުރުސަތު ގާނޫނުން ފަހިކޮށްދީފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު

އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު

14 ސެޕްޓެމްބަރު 2023
ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

30 ޖޫން 2023
ގާނޫނީ ނަޒަރަކުން ބަލާއިރު ފެންނަނީ އެންމެ ކެންޑިޑޭޓެއް: ވައްޑެ

ގާނޫނީ ނަޒަރަކުން ބަލާއިރު ފެންނަނީ އެންމެ ކެންޑިޑޭޓެއް: ވައްޑެ

31 އޯގަސްޓު 2018
މިދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މިންވަރު 42 އިންސައްތަ އިތުރު

މިދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މިންވަރު 42 އިންސައްތަ އިތުރު

24 ޖުލައި 2018

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު