Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީން އޮފީސްތަކުގެ ބާރު ކަނޑުވާލައި، ޖަރީމާ ހިންގަން މަގުފަހިކޮށްލި ގޮތް

ރަހުމަތްތެރި ކުންފުނިތަކުގެ ގޮތުގައި 12 ކުންފުންޏެއް އޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 09:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާތްﷲ ގަންދީ ހުވާކޮށްގެން ވެރިކަމާ ހަވާލުވަނީ ރައްޔިތުންގެ މުދަލާ ފައިސާ އަށް ރައްކާތެރި ވުމަށެވެ. އެހެންނަމަވެސް އެކަން ހުރިހާ ފަހަރަކު ހިނގަނީ އެހެނެއް ނޫނެވެ. ސަރުކާރެއްގެ ތެރޭގައި ނާޖާއިޒް ފައިދާ ހޯދާ މީހުން އަބަދުސް އުޅޭނެއެވެ. އެކަން ހުރިހާ އިރެއްގައިވެސް ފެނި ހާމަވެއެވެ. އެހެން ނަމަވެސް، ސަރުކާރުގައި ތިމަންނާމެން ތިބުމުގެ މައިގަނޑު އެއް މަގްސަދަކީ ދައުލަތުން ވައްކަން ކުރުން ކަމަށް ހީވާ މިންވަރަށް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ވަނީ ވައްކަން ކޮށްފައެވެ.

ރާއްޖެޓީވީގެ ތަހުގީގުން ހާމަވި ގޮތުގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ވައްކަން ކޮށްފައިވަނީ، ރޭވި އިންތިޒާމުވެގެންނެވެ. ރައްޔިތުންނަށް ދައުލަތައް ވަންނަ ފައިސާ އުސޫލުން ބޭރުން ނަގާނަމަ، އެކަން ފާހަގަވާނެ ކިތަންމެ ގޮތްތަކެއް ހުރެއެވެ. ތަހުގީކުރާ އިދާރަތަކަކީ އެކަންކަން ދެނެގަންނަން އުފައްދާފައިވާ ތަންތަނެވެ. މިސާލަކަށް އޯޑިޓް އޮފީހާއި، އެންޓި ކަރަޕްޝަން ކޮމިޝަނަކީ ރައްޔިތުންގެ މުދަލާ ފައިސާ އަށް ޚިޔާނަތްތެރިވާ ފަރާތްތައް އަތުލައިގަތުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ތަންތަނެވެ.

ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ތެރޭގައި ވައްކަން އިންތިޒާމު ކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، މިފަދަ އޮފީސްތަކުގެ ބާރު ކަނޑުވާލުމެވެ. މިކަން ކުރުމަށް ތިން ބާވަތެއްގެ އުކުޅު ބޭނުން ކުރިއެވެ. އެތަންތާނގެ ވެރިންނަށް "އިތުބާރު ކުރެވޭ" އައު މީހުން ލުމެވެ. ދެވަނަ ގޮތަކީ، އައު މީހުން ލެވެން ނެތް ތަންތާގަގައި ތިބި މީހުން ގަތުމެވެ. ތިންވަނަ ގޮތަކީ ނުގުޑާ މީހުންނަށް ބިރު ދައްކާ އެމީހުން އަމިއްލަ އަށް އެކަންކަމުން ދުރައްދާން މަޖުބޫރު ކުރުވުމެވެ.

ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވާ ކަމުގެ ފުރަތަމަ ރަނގަބީލުގެ ޖަހާ، މުހިންމު އޮފީސްތަކުގެ ވަރަ ބިންދާލުމަށްފަހު ދެން ހެދި ގޮތަކީ، ސަރުކާރަށް ވަންނަ ފައިސާ ބޭރުކުރެވޭނެ އޮނިގަނޑެއް އެކުލަވާލުމެވެ.

އަޅުގަނޑުމެންގެ ތަހުގީގު ޓީމުން ހޯދި ހޯދުންތަކުން އެތައް މިލިއަން ރުފިޔާއެއް ސަރުކާރު ތެރޭން ބޭރު ކުރުމަށް އުފެއްދި އޮނިގަނޑުގައި އެކުލެވެނީ، ޔުނިޓްތަކެކެވެ. އެ އިން ޔުނިޓެއްގައި ހިމެނެނީ މިނިސްޓްރީ އަކާއި، މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާނެ، "ރަހުމަތްތެރި" ސަރުކާރުގެ ކުންފުނިތަކަކާއި، އެއިން ކޮންމެ ކުންފުންޏަކާ އެކު މަސައްކަތް ކުރާނެ އަމިއްލަ ކުންފުންޏެއް ނުވަތަ ކުންފުނިތަކެކެވެ. ސަރުކާރުގެ ކުންފުންޏަކާއެކު މަސައްކަތް ކުރާ އަމިއްލަ ކުންފުންޏަކީ، ކޮންމެ ވެސް ޚިދުތެއް ހޯދުމުގެ ނަމުގައި މަހު ފީ ދީގެން ސަރުކާރުތެރެއިން ފައިސާ ބޭރު ކުރަން ބޭނުން ކުރާ އެއްމެ މުހިންމު އުޅަނދެކެވެ.

ރަހުމަތްތެރި ކުންފުނިތަކުގެ ގޮތުގައި 12 ކުންފުންޏެއް ކަނޑައަޅާފައިވެއެވެ. މިނިސްޓްރީ އަކާއި، ސަރުކާރުގެ "ފްރެންޑްލީ" ކުންފުންޏަކާއި، އަދި އެ ފްރެންޑްލީ ކުންފުންޏާއި އެކު ރިޓެއިނަރ އުސޫލުން މަސައްކަތް ކުރާ ގޮތުގެ އެއް މިސާލު ފެންނަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ފާއިތުވި ސަރުކާރުން އެ ވުޒާރާއެއްގެ ބޭނުންކޮށްގެން އެންމެ ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ އެއް ވުޒާރާއަކީ ޓޫރިޒަމް މިނިސްޓްރީކަމީ މިއަދު ރައްޔިތުންނަށް ހާމައަށް ފެންނަން އޮތް ކަމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ ސީއެއްސްއާރްގެ ނަމުގައި ދައުލަތަށް ނެގި ގިނަ ފައިސާ އަކީ ވަގަށް ނެގި ފައިސާ ކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މި ގޮތުން އެކި އެކި ރިސޯޓްތަކުން ސީއެސްއާރުގެ ނަމުގައި ދެއްކި އެތައް މިލިއަން ރުފިޔާއެއް ވަނީ ވަގަށް ނަގާ ވެރިކަން ހިންގަން ތިބި ފަރާތްތަކުން ބޭނުންކޮށްފައެވެ.

މިކަން ފެށިގެން އަންނަ ގޮތަކީ، ޓޫރިޒަމް މިނިސްޓްރީގެ ވެރިއަކު ރިސޯޓަކަށް ގުޅުމަށްފަހު ސީއެސްއާރަށް ފައިސާ ދެއްކުމަށް އަންގަނީއެވެ. އޭރު އެ ގުޅާ ރިސޯޓަކީ ކޮންމެވެސް ބާވަތެއްގެ ހުއްދައަކަށް ޓޫރިޒަމަށް ކަމެއް ހުށަހަޅާފައި އޮންނަ ރިސޯޓެކެވެ.

އެ ރިސޯޓުން ފޮނުވާ ފައިސާ ޖަމާވަނީ ޔާމީން ސަރުކާރުން ގެންގުޅޭ ފްރެންޑްލީ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ އެކައުންޓަށެވެ. މި ގޮތުން، ރިސޯޓްތަކުން ސީއެސްއާރުގެ ގޮތުގައި ފޮނުވާ ފައިސާ ޖަމާވާ އެއް ކުންފުންޏަކީ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އެވެ.

އެމްއައިޓީޑީސީގެ އެކައުންޓަށް ފައިސާ ޖަމާވާއިރު އެ ފައިސާ އަށް އަމަލު ކުރަންވީ ގޮތް މިނިސްޓްރީ އޮފް ޓޫރިޒަމުން އޮންނަނީ ނިންމާފައެވެ. އެކަން ނިންމަނީ "ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ޕްރޮޖެކްޓްތަކަށް ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާއާމެދު އަމަލު ކުރާ ގޮތުގެ އުސޫލު" ގެ ނަމުގައި އުސޫލެއް ހަދައިގެންނެވެ. މި އުސޫލުގައި ސީއެސްއާރުގެ ގޮތުގައި ލިބޭ ފައިސާ ޖަމާ ކުރުމާއި، އެ ފައިސާއާމެދު އަމަލު ކުރާނެ ގޮތްފަދަ ކަންކަން ލިޔެފައި ހުރެއެވެ. ފަންޑުގެ އުސޫލުތައް ހިންގުމުގައި އޮތް ނިންމަން ބޯޑުގައި ތިބެނީ މާބޮޑު ތަޖުރިބާ އެއް ނެތް، މިނިސްޓަރަށް އިތުބާރު ކުރެވޭ 3 މުވައްޒަފަކެވެ.

ރާއްޖެޓީވީގެ ތަޙުޤީޤުން ފާހަގަވި ކަމަކީ ބުނެވިދިޔަ އުސޫލަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ މިނިސްޓްރީ އޮފް ފިނޭންސުން ވިޔަސް ފާސް ކޮށްފައިވާ އުސޫލެއް ކަމުގައި ނުވުމެވެ. މިއީ ޗާޓުން ބޭރުން ކަންކަން ކޮށްލަން ހިތަކަށް ފައިސާ ލިބޭ ގޮތައް ހަދާފައި އޮންނަ ފަންޑެކެވެ.

ކޮންމެ އަކަސް މިނިސްޓްރީގެ އިސް ބޭފުޅަކު އެ ރިސޯޓަކަށް ގުޅައި، ޕާރމިޓުގެ މުއްދަތު ހަމަވެފައިވާތީ ޕާރމިޓް އައު ކުރުމުގެ ވާހަކަ ދެއްކުމަށްފަހު، ސަރުކާރުން ދޭން ޖެހޭ ހުއްދައެއް ދިނުމަށް ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ނަމުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަށް ދަންދެން ބުނެއެވެ.

ހުއްދައެއް ހޯދުމަށް ކެތްމަދުވެފައިވާ ރިސޯޓުން އަވަހަށް ސީއެސްއާރު ފައިސާ މިނިސްޓްރީން ކަނޑައަޅާ ފްރެންޑްލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްދެއެވެ.

އަމިއްލަ އުސޫލެއް އެކުލަވާލައި، ސީއެސްއާރުގެ ގޮތުގައި ލިބޭ ފައިސާ ޚަރަދު ކުރާނެ ވަކި ކުންފުނިތަކެއް ކަނޑައަޅައި، އެކަމުގެ ހުއްދަ ދިނުމަށް މިނިސްޓްރީގެ އެންމެ ޖޫނިއަރ ލެވެލްގެ ސްޓާފުންގެ ކޮމިޓީއަކަށް އެ ބާރުތައް ދިނުމުން އެއީ ވަރަށް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު، ދައުލަތުގެ ތެރެއިން ޙިޔާނާތާއި ވައްކަން ކުރުމަށް ކޮށާފައި އޮތް މަގެއްކަން އެނގެއެވެ.

ސީއެސްއާރުގެ ގޮތުގައި އެމްއައިޓީޑީސީ މެދުވެރިކޮށްވެސް ހިންގާފައިވާ އެތައް ޖަރީމާއެއް ފާހަގަވެފައެވެ. އެގޮތުން ފާއިތުވި ސަރުކާރުން ވަނީ ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީއެސްއާރުގެ ނަމުގައި ހޯދާ ވަގަށް ނަގާފައެވެ.

ސީއެސްއާރުގެ ނަމުގައި ފައިސާ ވެއްދުމަށްފަހު، އަމިއްލަ އަށް ހަދާފައިވާ އުސޫލެއްގެ ދަށުން، އާދައިގެ މުވައްޒަފުންތަކެއް ލައްވާ ޚަރަދު ކުރަން ފާސް ކުރުމަށްފަހު އެ ފައިސާ ސަރުކާރު ތެރެއިން ބޭރުކޮށްލަނީ، ސަރުކާރު ކުންފުންޏާ އެޓޭޗް ވެފައި އޮންނަ އަމިއްލަ ކުޑަ ކުންފުންޏަކުންނެވެ.

މި އޮޕަރޭޝަން މި ގޮތައް ހިންގާފައިވާ އެތައް ހެތްކެއް ރާއްޖެޓީވީއަށް ލިބިފައެވެ. އެއިން ކޮންމެ ކޭސް އެއް ހޯދާ ބަލާއިރު، ފެންނަނީ، ސީއެސްއާރުގެ ނަމުގައި އެތައް ހާސް ޑޮލަރެއް ރިސޯޓުތަކުން ހޯދުމަށްފަހު، އަމިއްލަ އަށް ހެދި އުސޫލެއްގެ ތެރެއިން އެ ފައިސާ ހުއްދަ ކޮށްލުމަށްފަހު އަނެއް ދޮރުން އެ ފައިސާ ސަރުކާރުން ބޭރުކޮށްލަނީއެވެ.

ސީއެސްއާރުގެ ގޮތުގައި ކޮށްފައިވާ ޚަދަރުތައް ކަމަށް ބަޔާން ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ވުޖޫދުގައިވެސް ފެންނަން ހުރި އެއްޗެއް ނޫންކަން ރާއްޖެޓީވީގެ ތަހުޤީޤުން ވަނީ ހާމަވެފައެވެ. ހަމައެކަނި ފްރެންޑްލީ ކުންފުންނި އެމްއައިޓީޑީސީ މެދުވެރިކޮށް 1.6 މިލިއަން ޑޮލަރު ސަރުކާރުން ބޭރުކޮށްފައިވާކަން ހިސާބުތަކުންނާއި، ލިއެކިއުންތަކުން ދެއްކި ނަމަވެސް، ލިޔުމުގައި ބުނާ ކަންކަމަކީ ހަމައެކަނި ނަމެއްގައި އޮތް އެއްޗެއްކަން ރާއްޖެޓީވީއަށް ވަނީ ކަށަވަރުވެފައެވެ.

މިއީ ނުހަނު ރޭވިގެން، އިންތިޒާމުވެގެން ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޖަރީމާއެއްކަން ޔަޤީންވާ ވަރަށް ރާއްޖެޓީވީގެ ތަހުޤީޤަށް ވަނީ ހެކި ލިބިފައެވެ. ރައްޔިތުންގެ ފައިސާ ލޯންޑަރ ކުރުމަށް އެކުލަވާލި އުސޫލެއްގެ ދަށުން ހިންގާފައިވާ މި ޗެނަލް އިންތިޒާމުވެފައި އޮތީ ނުހަނު ފުރިހަމައަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއެންޓި ކޮރަޕްޝަން ކޮމިޝަންޑރ. މުހައްމަދު މުއިއްޒުއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު