Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަނިޔާވެރިކަން

ދެވަނަ ބުރު އަދި ނުބޭއްވޭ، މިހާރުވެސް އަނިޔާވެރިކަމުގެ ކުލަވަރުތައް ދަނީ ފެންނަމުން!

14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:18

މި ސަރުކާރުން ޖަލްސާތަކަށް ދާކަށް މަޖުބޫރެއްނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:18
ބާރާއި، ނުފޫޒާއި އަނިޔާވެރިކަން ފެންނަ ފޮޓޯއެއް

ބާރާއި، ނުފޫޒާއި އަނިޔާވެރިކަން ފެންނަ ފޮޓޯއެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ. އެއާއެކު އެމްޑީޕީ, އަދި ޕީއެމްއެމް/ޕީއެންސީން ދަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގައި ކެމްޕޭންގެ ވަރަށް ފޯރިގަދައެވެ. އިންތިޚާބު ކައިރިވާ ވަރަކަށް ވަރަށް ގިނަ ވާހަކަތައް ދަނީ ސޯޝަލް މީޑިއާގެ އިތުރުން މުޖުތަމައަށް ތިލަވަމުންނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30ގައި ބާއްވާއިރު، މިހާރުވެސް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސްކަމުގެ ހުވާ ކުރައްވާނެ ބޭފުޅެއް ނިންމައި، ކެބިނެޓްވެސް އެކުލަވާލާފައެވެ. އަދި ވެރިކަން ލިބޭ ދުވަހު ކުރާނެ ކަންކަން ވެސް ނިންމާފައެވެ. އެގޮތުން މަގާމުތަކަށް އައްޔަންކުރާނެ ފަރާތްތަކާއި ވަޒީފާއިން ކަނޑާލާނެ ފަރާތްތައްވެސް ނިންމާފައި ވެއެވެ. މީގެ ތެރޭގައި ސިޔާސީ ފަރާތްތަކުގެ އިތުރުން، ގާބިލު، ސިވިލް ސަރވިސްގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާއި، ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންވެސް ހިމެނެއެވެ. ސަބަބަކީ އެމީހުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރުން ކަމަށް ވެދާނެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކަށް ނަޒަރު ހިންގާލާއިރު، ފެނިގެންދަނީ 2018ގެ ކުރިން ފެނިގެންދިޔަ އަނިޔާވެރިކަމުގެ ކުލަވަރުތަކެވެ. ޕީޕީއެމް/ޕީއެންސީ ސްޓިއަރިންގ ކޮމިޓީއަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައި ވަނީ، މިހާރު މަގާމުތަކުގައި ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި، ޕީޕީއެމް/ޕީއެންސީއަށް ސަޕޯޓުކުރާ މީހުންނަށް އެމަގާމުތައް ދިނުމަށް އެދިފައެވެ. މިސިޓީގައި، މަގާމުތަކާއި ފުރިހަމަ ނަންތައް ހިމަނާފައިވެއެވެ. އަދި މަގާމުގެ ޕްރޮމޯޝަން ހޯދުމަށްވެސް އެދިފައިވެއެވެ. ވެރިކަން ބަދަލުވާއިރު ސިޔާސީ މަގާމުތަކަށް ބަދަލުތަކެއް އައިނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނިކަމެތިކަން ލިބޭނެ ގޮތަށް އަމަލުކޮށްދިނުމަށް އެދި ސިޓީ ފޮނުވުމަކީ މީގެ ކުރިން މިރާއްޖޭގައި ހިނގަމުންދިޔަ އާއްމު ކަމެކެވެ. މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ސިވިލް ސަވރިސްގެ މުވައްޒަފުންނާއި ސްކޫލްތަކުގެ ޓީޗަރުންނަށް އެ ޕާޓީ ނިސްބަތްވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުވިއެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާން ޖެހުނެވެ. ހާޒިރީ ބަލާގޮތަށް އޭރުގެ ސަރުކާރުން ބާއްވާ ޖަލްސާތަކަށް ދާން ޖެހުނެވެ. ޖަލްސާއަށް ނުދާނަމަ، އެކަމުގެ ހިތި އެ މުވައްޒަފެއްގެ ކަރުގައި ނުލާނެ ގޮތަކީ އެއީ ނެތް ގޮތެކެވެ. ވަޒީފާން ވަކިކުރެއެވެ. ނުވަތަ ސަސްޕެންޑްކުރުމަށްފަހު ބަޔާން ނަގައެވެ. ކުރީ ސަރުކާރުގައި މިކަމުގެ އަނިޔާ އެންމެ ބޮޑަށް ލިބުނު އެއްބަޔަކީ ޓީޗަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގޯނިގޯނީގައި ފައިސާ އުފުލާ ވާހަކައަކީ އޭރު މަޖަލަކަށް ހަދާފައި ބައެއް މީހުން ދެއްކި ވާހަކަތަކެވެ. ނަމަވެސް އެދުވަސްވަރު ގައުމުގައި ވަނީ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ބޮޑުވެފައެވެ. ރައްޔިތުންގެ ފައިސާއަށް ވާގޮތް ރައްޔިތުންނަކަށް ނޭނގެއެވެ. 2018ގެ އިންތިޚާބުގައި ހަދިޔާގެ ނަމުގައި ފައިސާ ބެހީ އިންތިހާއަށެވެ. އަނެއްކާވެސް އިންތިޚާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާއިރު، އިންތިޚާބާ ގުޅިގެން އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތަކުގެ ގޮތުގައި މި މަހުގެ 13ވާ ބުދަ ދުވަހާ ހަމައަށް ޖުމްލަ 29 ޝަކުވާ ހުށަހަޅާފައި ވާކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރާނެކަމުގެ ޔަގީންކަންވެސް އެ ކޮމިޝަނުން ދީފައިވެއެވެ. ނަމަވެސް ޔާމީންގެ ދައުރުގައި އޭސީސީގައި އޮތީ ތަޅުއަޅުވާފައެވެ. މެމްބަރުން ތިއްބެވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާލަތު ބަދަލުވެ ދިއުމުން، މިއަދު މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަނީ ވަރަށް މިނިވަަންކަމާއެކުކަން ޝައްކެއް ނެތެވެ.

އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވަނިކޮށް މިކަންކަމަށް ނިމުން އައީ 2018 ވަނަ އަހަރު ރައްޔިތުން ލީ ވޯޓާއެކު ވެރިކަން ބަދަލުވެ، ވަލިއްޔުލްއަމްރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ހިސާބުންނެވެ. އޭރުގެ އެ މަންޒަރުތަކާ މިހާރާ އަޅާބަލާއިރު، މިއަދު އެއްވެސް މުވައްޒަފަކަށް ބިރުވެރިކަމެއް އަދި މަޖުބޫރު ކަމެއް ނެތި ވަޒީފާގައި އުޅެވެއެވެ. ޖަލްސާތަކަށް ދާކަށް މަޖުބޫރެއް ނުކުރެއެވެ. ހާޒިރީ ބަލައިގެން، ޖަލްސާތަކަށް ނުދާމީހުން އަނެއް ދުވަހަށް އޮފީހަށް ދިއުމުން ގޭގައި މަޑުކުރާކަށް ނުބުނެއެވެ. މުސާރައިގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ހަމަހަމަ ގޮތެއްގައި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވަނީ ކުލަޔަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތިއެވެ. ކޮންމެ މުވައްޒަފަކަށް އެ މުވައްޒަފެއްގެ ހައްގު ލިބިދެއެވެ. މިސަރުކާރުގައި ވެސް ސިޔާސީ ބައެއް މަގާމުތަކުން ބައެއް ފަރާތްތައް ދުރުކުރި ނަމަވެސް، މިއަދު ވެސް ފާޅުކަން ބޮޑު ގޮތެއްގައި ސިވިސް ސަރވިސް މުވައްޒަފުންނާއި އަދި ޓީޗަރުން ބޭނުން އެއްޗެއް ސަރުކާރަށް ކިޔަމުންދާއިރު، އެއްވެސް ކަމަށް ސަރުކާރުން ރިއެކްޓް ނުކުރުމަކީ އޯގާތެރިކަން ނޫންތޯއެވެ. އެހެންކަމުން މި ސަރުކާރުގެ ފަސް އަހަރު މިއީ އެންމެ އަމާންކަމާއެކު، އެމީހަކު ބޭނުންވާ ސިޔާސީ ލީޑަރަކަށް ސަޕޯޓުކޮށް، ބޭނުން އެއްޗެއް ސޯޝަލް މީޑިއާގައި ލިޔެއުޅެން ލިބުނު ފަސް އަހަރު ކަމާމެދު ރައްޔިތުން އެއްބަސްވާނެއެވެ.

ރައީސް ސާލިހު ކެންޕޭންގެ ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަންނަވާއިރު، އިދިކޮޅު މީހުންނާވެސް އެމަނިކުފާނު ލޯތްބާއެކު ވާހަކަފުޅުދައްކާ މަންޒަރު ފެނުމަކީ އާއްމު ކަމެކެވެ. ހުރިހާ ގޮތަކުންވެސް މިސަރުކާރުން ރައްޔިތުންނަށް މިނިވަންކަން ދީފައިވަނީ އިންތިހާއަށެވެ. އިދިކޮޅަށް މުޒާހަރާތައް ކުރުމަށްވެސް ފުރުސަތު އޮންނަނީ ދީފައެވެ. އެކަން މިއަހަރުގެ ޖެނުއަރީ މަހުވެސް ފެނިގެންދިޔައެވެ. ރައީސް ސާލިހު ބައިވެރިވެވަޑައިގަތް ޖަލްސާ އޮތް އެމްޑީޕީ ޖަގަހަ ކުރިމަތީގައި އިދިކޮޅުން އެއްވުމެއް ބޭއްވިއެވެ. ހަމަ ކުއްލިއަކަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ދެކޮޅު ހަދާފައެއް ނުވެއެވެ. އިދިކޮޅުގެ ފަންސާހަކަށް މީހުން އެއްވެ ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވަމުން ދިޔައީ ރައީސަށްވެސް އަޑު އިވިވަޑައިގަންނަވާ ހިސާބުގައި ތިބެގެންނެވެ. ތަކުރާރުކޮށް "ޗޯރު އިބޫ" ގޮވަމުންދިޔައެވެ. އިދިކޮޅުން އެރޭ ބުނިގޮތުގައި މިއީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމީހުން ބޭއްވި މުޒާހަރާއެވެ.

އެމީހުން ފަހަތުން ދުވެ، މައިކު އަތުލައި، ފުލުހުންގެ ވެހިކަލަށް ޕޯޑިއަމް ލައިގެން ގެންދާކަށް އެރޭ ފުލުހުންނެއް ނޫޅެއެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީގެ ޖަގަހައަށް ފުލުހުން ވަދެ، ޕޯޑިއަމް ދޮށުގައި ވާހަކަ ދައްކަން ހުންނަ މީހާވެސް ހައްޔަރުކުރެއެވެ. އޭރު ސްޕީކަރުތަކާއި ތަނުގައި އޮންނަ ޕިކަޕުވެސް ކުށްވެރިވެއެވެ. އެތަކެތިވެސް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށަށެވެ. ޖަގަހާގައި ޖަލްސާއެއް ބާއްވާލަން ނުކެރޭ މިންވަރަށް ޖަގަހަދޮށަށް ފުލުހުން އަޅާލައެވެ. ޖަލްސާ ގަނޑެއް ބޭއްވިޔަކަވެސް ނުދެއެވެ. އެހެންނަމަވެސް މިހާރު މަންޒަރު މުޅިން ތަފާތެވެ. ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ ހިތްޕުޅުތިރިކަމާއި ކެތްތެރިކަމެވެ. ވައުދުވެވަޑައިގެންނެވި ގޮތަށް މި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިންކަމެވެ. މުޒާހަރާ ރޫޅާލުމަކަށް ފުލުހުންނަށް އަމުރެއް ނުކުރައްވައެވެ. އާރާއި ބާރެއް އޮވެމެ، ރައީސް އިސްކުރެއްވީ ކެތްތެރިކަމެވެ. އިދިކޮޅު މީހުން ކިތަންމެ އެއްޗެއް ގޮވިޔަސް "ރިއެކްޓެއް" ނުކުރައްވައެވެ. ރައީސް ސާލިހަކީ ކަންކަމަށް ރިއެކްޓް ނުކުރެއްވި ނަމަވެސް، ރަނގަޅު ވަގުތުގައި ރަނގަޅު ނިންމެވުންތައް ނިންމަވާ ބޭފުޅެއްކަން، ފާއިތުވި އަހަރުތަކުގައި ވަނީ ސާބިތު ކޮށްދެއްވާފައެވެ.

ހިތާމައަކީ މިއަދު ބައެއް ދިވެހިން އެ އަނިޔާވެރިކަން މަތިން ހަނދާން ނެތުމެވެ. ނަމަވެސް އަނިޔާގެ ހިތި ރަހަ ކަރުބުޑުގައި ލީ އާއިލާތައް މި ކަންތައްތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެއެވެ. ކަމަކަށް މަޖުބޫރުކުރުމާއި، ދެރަ ނިކަމެތިކަން ލިބޭ ގޮތަށް ނުހައްގުން ކުރާ ކޮންމެ ކަމަކީ އަނިޔާއެކެވެ. ކާބަފައިން ބުނާ ބީދައިން މާޒީމަތިން ހަނދާން ނައްތާލައިފިނަމަ އެ ކަންކަމަކީ އިއާދަވާނެ ކަންކަމެވެ. އަދި ވެރިކަން ނުލިބުނުނަމަވެސް މިހާރުވެސް އެ މަންޒަރުގެ ކުލަތައް މިވަނީ ފެންނަން ފަށާފައެވެ. ސޯޝަލް މީޑިއާގައި އާންމުވީ މިފަދަ އެންމެ ސިޓީއެކެވެ. މިފަދަ އެތައް ސިޓީއެއް ރާއްޖެޓީވީއަށް ވަނީ ލިބިފައެވެ. މުސްކުޅިން ބުނެއުޅެއެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެއެވެ. އެވާނީ އެއަށެވެ. އަނިޔާވެރިކަމުގެ ފަލްސަފާގެ ފަސްބައި އޮތް ބަޔަކު ދެންވެސް ވެރިކަަމަށް އަތުވެއްޖެނަމަ މުޅި ގައުމަށް ފެތުރިގެންދަނީ އެ އަނިޔާވެރިކަމާއި ނާމަންކަމެވެ.

އަނިޔާވެރިކަން

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2023

ކުޑަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މެއިޑެއް ހައްޔަރުކޮށްފި

26 އޮކްޓޯބަރު 2023
ކުޑަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މެއިޑެއް ހައްޔަރުކޮށްފި
31 އޮކްޓޯބަރު 2018

ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް

31 އޮކްޓޯބަރު 2018
ބާރުގައި ބުރުވާލި ބާރަ ނިކުމެ ބާރުގެ އަހުވަ ރައީސް ޔާމީނަށް
15 އޮކްޓޯބަރު 2018

ޝަރީއަތުގެ ދެވަނަ އަޑުއެހުމަށްވެސް ބޮޑު ކިއޫއެއް

15 އޮކްޓޯބަރު 2018
ޝަރީއަތުގެ ދެވަނަ އަޑުއެހުމަށްވެސް ބޮޑު ކިއޫއެއް
28 އޯގަސްޓު 2018

ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހައްގުތަ؟

28 އޯގަސްޓު 2018
ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހައްގުތަ؟
29 އެޕްރީލު 2018

ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!

29 އެޕްރީލު 2018
ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!
16 ނޮވެމްބަރު 2017

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"
03 މެއި 2017

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ
06 އެޕްރީލު 2017

އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!

06 އެޕްރީލު 2017
އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް