Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރުގެ އަނިޔާވެރިކަން

މި ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް އަނިޔާވެރިކަން ރައްޔިތުންނަށް ފެނިފައިވޭ: މެންބަރު ރޮޒައިނާ

24 ނޮވެމްބަރު 2023 | ހުކުރު 07:53

ރައްޔިތުންނަށް ލިބިފައިހުރި މުދާތަކާއި، ފްލެޓްތައް ފޭރިގަތުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 24 ނޮވެމްބަރު 2023 | ހުކުރު 07:53
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވާހަކަފުޅުދައްކަވަނީ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް އަނިޔާވެރިކަން ރައްޔިތުންނަށް ފެނިފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އއ.އުކުޅަހުގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް މުއިއްޒު ހުވާކުރެއްވިފަހުން ވިސްނާލަންޖެހޭ އެތައް ކަމެއް ހިނގާފައިވާ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މިކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް އަނިޔާވެރިވެފައިވާކަން ފާހަގަކުރައްވައި މެންބަރު ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ލިބިފައިހުރި މުދާތަކާއި ފްލެޓްތައް ފޭރިގަތުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ވަޒީފާތައް މެނުވީ އެހެން އެއްވެސް ވަޒީފާއަކުން މުވައްޒަފުން ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ދައިމީ ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ރައްޔިތުންނަށް ލިބޭ އަނިޔާ ހުއްޓުވުމަށް ޕާޓީގެ ފަރާތުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް މެންބަރު ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ރޮޒައިނާ ވަނީ ތައުލީމީ ދާއިރާއަށް މި ސަރުކާރުން ގެންނަ ބަދަލުތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން މެންބަރު ރޮޒައިނާ ވިދާޅުވީ ޖެނުއަރީ މަހު ދިރާސީ އައު ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިނިންމުމާއެކު ދަރިވަރުންނަށް ގެއްލުމެއް ލިބިގެން ނުވާނެ ކަމަށާއި، ކުދިންގެ އުމުރުން އިތުރު ވަގުތުތަކެއް ބޭކާރުވެގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެގޮތަށް އެދޭ ނަމަ ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިކަންކަން ބަދަލު ކުރުމުގައި ވަކި ޕްލޭނެއް އޮންނަންޖެހޭނެ ކަމަށާއި، އެކަންކަން ރައްޔިތުންނާއި ހިއްސާކުރުމަށް މެންބަރު ރޮޒައިނާ ގޮވާލެއްވިއެވެ.

މީގެއިތުރުން އޯލަވްއާއި އޭލަވަލްގެ ޓޮޕްޓެން ފާހަގަކުރުމަށް މި ސަރުކާރުން ދެކޮޅު ހަދާތީ އެކަމަށް ނުރުހުންފާޅު ކުރައްވައި މެންބަރު ރޮޒައިނާ ވިދާޅުވީ ޓޮޕްޓެން އޮތުމުގެ ސަބަބުން ވާދަވެރިކަން އުފެދި އެކަމަށް އިތުރު ހިތްވަރަކާއެކު ކިޔަވާ ކުދިން އުޅޭ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ ދަރިވަަރުން ކާމިޔާބީތައް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ރޮޒައިނާ ވިދާޅުވީ މިސަރުކާރުގައި ދަރިވަރުން އަނެއްކާ ވެސް ފަހަތަަށް ޖައްސާނެ ސިޔާސަތުތައް ބައްޓަންކުރާނެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރައްޔިތުން މިކަމަށް ބޮޑަށް ހޭލުންތެރިކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް