Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިސްޓް އުޅަނދުފަހަރު

ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ގަވާއިދާ ޚިލާފުވުމުން އުޅަނދާ ހަވާލުވެހުރި އޭޖެންޓު ފުރަތަމަ ފަހަރަށް 1000 ޑޮލަރުން ޖޫރިމަނާ ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 08:09
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި މި ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ އެ އުޅަނދެއްގެ ކަންތައްތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށް ފަހުގައެވެ.

އަދި ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ އެކަމަށް ޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދީފައިވާ ފަރާތްތަކަށް އެ މުއްދަތަކަށްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިޔުމުގެ ކުރިން އެ އުޅަނދަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޓެކުހެއް އޮތްނަމަ، އެ ފައިސާ ނުވަތަ އެ ޓެކުހެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެއް ކަމަށެވެ.

އޭގެ އިތުރުން، ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވަންވާނީ އަދި ބަނދަރުކުރަންވާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހު ކަމަށާއި، މި ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އުޅަނދަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ ހުއްދައިގެ މުއްދަތަކ،ީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 ދުވަސް ކަމަށެވެ. އެހެންނަމަވެސް އެ އުޅަނދަކީ އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 365 ދުވަސް އިތުރުކޮށްދެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދާ ޚިލާފުވުމުން އުޅަނދާ ހަވާލުވެހުރި އޭޖެންޓު ފުރަތަމަ ފަހަރަށް 1000 ޑޮލަރު، ދެވަނަ ފަހަރަށް 2000 ޑޮލަރު އަދި އެއަށްވުރެ ގިނަވެއްޖެނަމަ ކޮންމެ ފަހަރަކު 6000 ޑޮލަރުން ޖޫރިމަނާ ކުރެވެއެވެ.

ޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
04 އޮކްޓޯބަރު 2024

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް
02 އޮކްޓޯބަރު 2024

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
01 ޖެނުއަރީ 2024

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް

01 ޖެނުއަރީ 2024
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

20 ނޮވެމްބަރު 2023
މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު