Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޙިޖާބު އެންޑް ހެލްމެޓްސް

ކެނެޑާގެ ޙިޖާބީ އުޚުތުން ބައިސްކަލަށް!

'ޙިޖާބު އެންޑް ހެލްމެޓްސް'ގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ޚަރަދު ކުރަނީ މޭޕަލް ލީފް ސްޕޯރޓްސް އެންޑް އެންޓަރޓެއިންމަންޓްއިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:23
'ޙިޖާބު އެންޑް ހެލްމެޓްސް' ކޮމިއުނިޓީ

'ޙިޖާބު އެންޑް ހެލްމެޓްސް' ކޮމިއުނިޓީ

ޝާއިރާ ތަސްނިއާ ބުނާ ގޮތުގައި، ބައިސްކަލު ދުއްވާލަން ލިބުމަކީ އޭނާގެ ޙަޔާތަށް އާ ދިރުމެއް ގެނެސް ކަމެކެވެ. އެކަމަކު ސަބަބުން، މީގެ ކުރިން ތަޖުރިބާ ކޮށްލަން ނުލިބޭ އެތައް ކަމެއް ހާސިލުވަމުން ދާކަމަށް ޝާއިރާ ބުނެއެވެ.

ޢުމުރުން އެންމެ 16 އަހަރުގެ ޝާއިރާއަކީ 'ޙިޖާބު އެންޑް ހެލްމެޓްސް' ކޮމިއުނިޓީގެ މެންބަރުންގެ މުސްލިމު އުޚުތުންގެ ލިސްޓުން ޖާގަ ހޯދާ އެކަކެވެ.

އޭނާގެ ތަޖުރިބާތައް ޙިއްސާ ކުރަމުން، ތަގުރީދު އަލްޙަސަން ބުނީ ބައިސްކަލު ދުއްވާލުމަކީ އޭނާއަށް މިނިވަންކަމުގެ އިޙުސާސް ކޮށްދޭ ކަމެއް ކަމަށެވެ. ބައިސްކަލު ދުއްވުމުގެ އަސާސީ ހުނަރުތައް އޭނާ ދަސް ކުރީ ސަޢުދީ ޢަރަބިއްޔާއާއި މިޞްރުގައި ބޮޑުވަމުން އައި އިރުއެވެ. އެރިޓްރިއާގެ ރެފިއުޖީއެއް ކަމަށް ވާ ޢުމުރުން 24 އަހަރުގެ ތަގްރީދަކީ މިހާރު ބައިސްކަލަށް ފަރިތަ ޒުވާނެކެވެ. އޭނާގެ އާ ވަޒަން ކަމުގައި ވާ ކެނެޑާގެ ޓޮރޯންޓޯގައި މިއަދު އޭނާ އެދަނީ، އެހެން ކުދިންނަށްވެސް އެ ހުނަރުތައް ދަސްކޮށްދެމުންނެވެ. ފިސާރި ސާބިތު ކަމާ އެކީގައެވެ.

'ޙިޖާބު އެންޑް ހެލްމެޓްސް'ގެ މައިގަނޑު މަޤްޞަދަކީ ޓޮރޯންޓޯއަށް އަލަށް ބަދަލުވާ މީހުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، އެކުވެރި މާޙައުލެއްގައި އެ ސިޓީއަށް މަރުޙަބާ ކިޔުމެވެ. ވަކިން ޚާއްޞަކޮށް މުސްލިމު އާބާދުތަކުން ޓޮރޯންޓޯއަށް ދިރިއުޅުން ބަދަލު ކުރާ މުސްލިމު އުޚުތުންނަށެވެ.

'ޙިޖާބު އެންޑް ހެލްމެޓްސް'ގެ މަސައްކަތް ފެށިގެން އައީ މީގެ 3 ވަރަކަށް އަހަރު ކުރިންނެވެ. 'ޙިޖާބު އެންޑް ހެލްމެޓްސް'ގެ ޕްރޮގްރާމްތައް ހިންގުމާ އެންމެ އިސްކޮށް މިވަޤުތު ޙަވާލުވެ ހުރި އެކްސެސް އެލާޔަންސް މަލްޓިކަލްޗަރަލް ހެލްތު އެންޑް ކޮމިއުނިޓީ ސަރވިސަސްގެ ކޮމިއުނިޓީ ހެލްތު ވޯކަރ މިނާ ބަދަވީ ފާހަގަ ކުރި ގޮތުގައި 'ޙިޖާބު އެންޑް ހެލްމެޓްސް'ގެ މަސައްކަތް ފެށިގެން އައީ މުޖުތަމަޢަށް ކޮންމެހެން ޖެހިފައި އޮތް ބޭނުމެއް ފުއްދައި ދިނުމުގެ ގޮތުންނެވެ.

'ޙިޖާބު އެންޑް ހެލްމެޓްސް'ގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ޚަރަދު ކުރަނީ މޭޕަލް ލީފް ސްޕޯރޓްސް އެންޑް އެންޓަރޓެއިންމަންޓްއިންނެވެ. އެއީ ޓޮރޯންޓީގެ މަޝްހޫރު ކުޅިވަރު ޓީމުތަކެއްގެ ބެލެނިވެރި ކުންފުންޏެވެ.

ޓޮރޯންޓޯގެ މުސްލިމު އަންހެނުންގެ އާބާދީގައި، ޚިދުމަތްތައް ލިބިގަތުމުގައި އެނޫން މީހުންނާ އަޅާ ބަލާއިރު ފަރަޤުތަކެއް ހުރިކަން ގުރޫޕަށް ފާހަގަވި ކަމަށް މިނާ ބަދަވީ ބުންޏެވެ. ތަގުރީދުގެ ވާހަކަތަކުންވެސް އެކަން އެނގިގެންދެއެވެ.

އޭނާގެ ޢާއިލާ މެންބަރުންނާއެކު 'ޙިޖާބު އެންޑް ހެލްމެޓްސް' ޕްރޮގްރާމްގައި ތަގުރީދު ބައިވެރިވީ މިދިޔަ އަހަރުއެވެ. އިސާހިތަކު، ބައިސްކަލުގައި ސުޕަރމާކެޓަށް ގޮސް، ހުންގާނުގައި ކޮތަޅުތައް އަޅުވާލައިގެން ދުއްވާލުމަކީ އޭނާއަށް ކުރަން ފަސޭހަ ކަމަކަށްވިއެވެ.

ވަކިން ޚާއްޞަކޮށް، ބުރުގާ އަޅާ މުސްލިމުންނަށް ބައިވެރިވެވޭ ގޮތަށް، 'ޙިޖާބު އެންޑް ހެލްމެޓްސް'އިން ޕްރޮގްރާމްތަކެއް ހިންގާ ކަމަކީ ފުން އިޙުސާސެއް ކުރުވާ ކަމެއް ކަމަށާ، ޙިޖާބީ މުސްލިމު އުޚުތުން ބަލައިގަންނަ ކަމުގެ އިޙުސާސް ކުރެވޭ ކަމަށްވެސް ތަގުރީދު ބުނެއެވެ.

ކެނެޑާޙިޖާބު އެންޑް ހެލްމެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގައި 400 ގިނިކާމާދޫނި ނައްތާލުމަށް ކުރި އަމުރު އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

ކެނެޑާގައި 400 ގިނިކާމާދޫނި ނައްތާލުމަށް ކުރި އަމުރު އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

26 ސެޕްޓެމްބަރު 2025
މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
 ކެނެޑާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

 ކެނެޑާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

28 ޖޫން 2025
ކެނެޑާގެ އިންތިޚާބުގައި ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީން ކުރި ހޯދައިފި

ކެނެޑާގެ އިންތިޚާބުގައި ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީން ކުރި ހޯދައިފި

30 އެޕްރީލު 2025
ކާނީގެ ކާމިޔާބަށް، އެމެރިކާ އިން މަރުޙަބާ ކިޔައިފި

ކާނީގެ ކާމިޔާބަށް، އެމެރިކާ އިން މަރުޙަބާ ކިޔައިފި

30 އެޕްރީލު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު