Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

ޕެރޫ ކައިރިން ފަހު ވަގުތު ބްރެޒިލް މޮޅުކޮށްދިނީ މާކީނިއޯސް

މޮޅާއެކު ބްރެޒިލް ވަނީ ކޮންމެބޯލް ސަރަހައްދުގެ އެއް ވަނަ އަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 03:04
ޕެރޫ ކޮޅަށް ލަނޑު ޖެހުމަށްފަހު މާކީނިއޯސް އުފާ ފާޅުކުރަނީ

ޕެރޫ ކޮޅަށް ލަނޑު ޖެހުމަށްފަހު މާކީނިއޯސް އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ބްރެޒިލް މޮޅުވެއްޖެ އެވެ.

ޕެރޫއާ ދެކޮޅަށް ނުކުތްއިރު ބްރެޒިލް އޮތީ ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ. ނަމަވެސް ޕެރޫ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ. ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ޕެރޫގެ ގޯލަށް އަމާޒުކޮށް ބްރެޒިލުން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް، ބްރެޒިލް މޮޅުވީ 90 ވަނަ މިނެޓުގައި މާކީނިއޯސް ޖެހި ލަނޑުންނެވެ. އެއީ ޕެރޫގެ ގޯލް އޭރިޔާ ބޭރުން ނޭމާ ޖޫނިއާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މޮޅާއެކު ބްރެޒިލް ވަނީ ކޮންމެބޯލް ސަރަހައްދުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. އާޖެންޓީނާ އަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ޤައުމެވެ. ބްރެޒިލް އެއް ވަނައިގައި އޮތީ ފައިދާ ލަނޑުން ކުރި ހޯދައިގެންނެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ކޮލަމްބިއާ އޮތްއިރު، ހަތަރު ވަނައިގައި އޮތް އުރުގުއޭ އަށް ލިބެނީ ތިން ޕޮއިންޓެވެ.

ކޮންމެބޯލް ސަރަހައްދުން ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ ހަ ޓީމަކަށެވެ. ހަތް ވަނަ ޓީމަށް ޕްލޭ އޮފް މެޗެއް ކުޅެން ޖެހޭއިރު، ތިން ޓީމެއް ކަޓާނެ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ބްރެޒިލްޕެރޫމާކީނިއޯސް

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު