Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް އަރަބީ

މާކޯ ވެރާޓީ، އަލް އަރަބީ އަށް ސޮއިކޮށްފި

އަލް އަރަބީ އާއެކު ވެރާޓީ ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:39
އަލް އަރަބީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެރާޓީ

އަލް އަރަބީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެރާޓީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ، ޤަތަރު ސްޓާސް ލީގުގެ އަލް އަރަބީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އަލް އަރަބީ އާއެކު ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް ކުޅޭނެ އެވެ. ވެރާޓީ ހޯދުމަށް އަލް އަރަބީން ވަނީ 45 މިލިއަން ޔޫރޯގެ އަދަދެއް ޕީއެސްޖީ އަށް ދައްކައިފަ އެވެ. އަލް އަރަބީގެ ކުޅުންތެރިޔެއްގެ ގޮތުގައި މިހާރު ވެރާޓީ ދައްކާލާފައިވާއިރު، އެ ކުލަބުގައި އޭނާ ބޭނުންކުރާނީ 7 ނަންބަރު ޖާޒީ އެވެ.

ޕީއެސްޖީގެ އެއްބަސްވުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެރާޓީ އައު ކުރި އެވެ. ހަތަރު އަހަރު ދުވަހަށް އައު ކުރި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ، ޕީއެސްޖީން ވެރާޓީ ދޫކޮށްލަން އެއްބަސްވީ ކުޅުންތެރިޔާ އެގޮތް ބޭނުންވެގެންނެވެ. އޭގެ ކުރިން އަލް އަރަބީ އާއި ޕީއެސްޖީއާ ދެމެދު ވަނީ ދިގު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ވެރާޓީ ޕީއެސްޖީ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުގައި ހޭދަކުރި 11 ސީޒަންގެ ތެރޭގައި ވެރާޓީ ވަނީ ޕީއެސްޖީ އަށް 416 މެޗު ކުޅެދީ، 11 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 30 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ޕީއެސްޖީ އާއެކު އެންމެ ގިނައިން ފްރާންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. ވެރާޓީ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަަނަށް ޤައުމީ ޓީމަށް ކުޅެދިން 55 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އިޓަލީ އާއެކު ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އަލް އަރަބީމާކޯ ވެރާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލް އަރަބީ އަށް ވެރާޓީ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ

އަލް އަރަބީ އަށް ވެރާޓީ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ

11 ސެޕްޓެމްބަރު 2023
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު