Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މޮރޮކޯ ވަރުގަދަ، ޕޯޗުގަލަށް މެޗު ފަސޭހައެއްނުވާނެ: ސަންޓޯސް

އިދިކޮޅު ޓީމެއްގެ ގޮތުގައި މޮރޮކޯއިން ޕޯޗުގަލަށް ކުރާނެ އުނދަގޫވެސް ކުޅުންތެރިންނަށް އެނގޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 02:18
ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި ޕޯޗުގަލަށް މެޗު ފަސޭހެ ނުވާނެކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ސަންޓޯސް މިހެން ބުނީ މުބާރާތުގައި މޮރޮކޯއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ސަންޓޯސް ބުނީ މޮރޮކޯއަކީ ވަރުގަދަ ޓީމެއްކަމަށާއި، އެ ޓީމު ފެންނަނީ ޕޮޒިޝަން ހިފަހައްޓައިގެން ކުޅޭ މަންޒަރު ކަމަށެވެ. އޭނާ ބުނީ މޮރޮކޯ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީވެސް ވަރުގަދަ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން މެޗު ޕޯޗުގަލަަށް ފަސޭހަވާނެ ކަމަށް ދެކިގެންނުވާނެކަމަށާއި، އެ މެޗު ވާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މީގެ ހަތަރު އަހަރު ކުރިއަށް ރަޝިޔާގައި އޮތް މުބާރާތުގައިވެސް މޮރޮކޯއާ ދެކޮޅަށް ކުޅުނު ކަމަށެވެ. އެ މެޗުން ޕޯޗުގަލް 1-0ން މޮޅުވިނަމަވެސް ކުޅުންތެރިން ކުރަންޖެހުނު ބުރަ މަސައްކަތް އޭނާއާއި، ޚުދު ކުޅުންތެރިންނަށްވެސް އެނގޭކަމަށެވެ. އޭނާ ބުނީ އިދިކޮޅު ޓީމެއްގެ ގޮތުގައި މޮރޮކޯއިން ޕޯޗުގަލަށް ކުރާނެ އުނދަގޫވެސް ކުޅުންތެރިންނަށް އެނގޭނެކަމަށާއި، ނަމަވެސް މެޗާ ކުރިމަތިލާނީ އެއްވެސް ބިރެއް ނެތި ކަމަށެވެ.

ސަންޓޯސް ބުނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާހަކަދެއްކި ކަމަށާއި، މެޗުގެ ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމަނަން ނިންމި ވާހަކަވެސް ބުނިކަމަށެވެ. އޭނާ ބުނީ އެ ދުވަހުވެސް ރޮނާލްޑޯއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ކިޔައިދީފައި ވާނެކަމަށާއި، ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމަނަން ނިންމި ސަބަބުވެސް ސާފުކޮށްދިން ކަމަށެވެ. ސަންޓޯސް ބުނީ އެ ވާހަކަ ބުނި ވަގުތު ރޮނާލްޑޯގެ ފަރާތުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނު ނަމަވެސް، ފަހުން ސަބަބު ތަފްސީލްކޮށްދިނުމުން ރޮނާލްޑޯވެސް އެކަމަށް "އާނ ބަސް" ބުނިކަމަށެވެ. އޭނާ ބުނީ އެ ގޮތަށް ދިމާވަން ޖެހުނު ސަބަބުވެސް އެނގޭ ކަމަށެވެ. އެއީ ރޮނާލްޑޯ ކަހަލަ، އަބަދު ޓީމުގެ ފުރަތަމަ 11ން ޖާގަ ލިބޭ ކުޅުންތެރިއަކު މެޗަކަށް ނުވަތަ ދެ މެޗަކަށް ބެންޗުގައި އިންނަން ޖެހުމުން ވާނެ ގޮތެއް ކަަމަށެވެ.

މީގެ އިތުރުން ސަންޓޯސް ބުނީ ރޮނާލްޑޯއަކީ ޕޯޗުގަލަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ރޮނާލްޑޯ އެކި ފަހަރު މަތިން ސާފުކޮށްދީފައި ވާނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯއަކީ ޕޯޗުގަލްގެ ކެޕްޓަން ކަމަށާއި، ޓީމުގައި ރޮނާލްޑޯގެ ދައުރު އަބަދުވެސް ބޮޑު ވާނެ ކަމަށެވެ. އޭނާ ބުނީ މިވަގުތު ނޫސްވެރިންވެެސް ރޮނާލްޑޯ އެކަނި ދޫކޮށްލަން ޖެހޭ ކަމަށާއި، ސަބަބަކީ ރޮނާލްޑޯ ޕޯޗުގަލްގެ ފުޓުބޯޅައަށް ކޮށްދީފައިވާ ކަންކަމުން ކަމަށެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޕޯޗުގަލް އިން މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 20:00ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޯޗުގަލްފެނާންޑޯ ސަންޓޯސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު