Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކް ދެނީ

ޕޮލެންޑްގެ ރައީސް ވަނީ، އެގައުމުންނާއި އެހެން ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ޓޭންކްތައް، ވީހާވެސް އަވަހަށް އެގައުމަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ޖެނުއަރީ 2023 | ބުދަ 16:52
ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީއާއި ޕޮލެންޑްގެ ރައީސް އަންދްރޭޒް ޑޫޑާ

ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީއާއި ޕޮލެންޑްގެ ރައީސް އަންދްރޭޒް ޑޫޑާ

ޔޫކްރެއިން-ރަޝިއާ ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް ޕޮލެންޑުން ލެޕަރޑް ޓޭންކަރު ދޭން ނިންމައިފިއެވެ.

ޕޮލެންޑްގެ ރައީސް، އަންދްރޭޒް ޑޫޑާ ބުދަ ދުވަހު ވިދާޅުވީ އެގައުމުން ޔޫކްރެއިނަށް ޖަރުމަނުން އުފައްދާފައިވާ ލެޕަރޑް ޓޭންކަރު ފޮނުވަން ނިންމީ އިންޓަރނޭޝަލަން ކޯލިޝަންގެ ދަށުން ކަމަށެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ދިގުލައިގެންގޮސްފައިވާއިރު، ޔޫކްރެއިނުން ދަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކުން އެގައުމަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް އެދެމުންނެވެ.

ޕޮލެންޑްގެ ރައީސް ވަނީ އެގައުމުން ފޯރުކޮށްދޭ ޓޭންކްތަކާއި އެހެން ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ ޓޭންކްތައް ވީހާވެސް އަވަހަށް އެގައުމަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާގެ ބްރެޑްލީ ޓޭންކަރުތައް އެގައުމަށް ފޮނުވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އަސްކަރިއްޔާގެ ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދެއްވުމުގެ ވިސްނުން ގެންގުޅުންވަންތޯ ދެންނެވުމުން ބައިޑަން ވަނީ، އެވިސްނުން ގެންގުޅުއްވާކަމަށް ބުދަ ދުވަހު ވިދާޅުވެފައެވެ.

ބްރެޑްލީ ޓޭންކަރުތަކަކީ 1980ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ގެންގުޅެމުންދާ ޓޭންކަރު ތަކެކެވެ. މިޓޭންކަރުތަކުގައި ހުންނަ ބަޑީގެ ވަރުގަދަކަން މީޑިއާތަކުން ފާހަގަކުރެއެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ޔޫކްރެއިނަށް ދޭން މިފަދަ އެތައް ހާސް ޓޭންކަރު އެބަހުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ބްރެޑްލީ ޓޭންކަރު ފޯރުކޮށްދޭނެ ކަމަށް ބައިޑަން ވިދާޅުވިނަމަވެސް، ޔޫކްރެއިނުން އެންމެ ފުރަތަމަ އެމެރިކާގައި އެދުނީ އަބްރަމްސް ޓޭންކަރު އެގައުމަށް ފޯރުކޮށްދިނުމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނު ފަހުން ގައުމުތަކުން ވަނީ ޔޫކްރެއިނަށް ސްޓިންގަރ އެންޓި-އެއަރކްރާފްޓް މިސައިލާއި، ޖަވެލުން އެންޓި-ޓޭންކް މިސައިލް، އަދި ހައި މޮބިލިޓީ އަރޓިލެރީ ރޮކެޓް ސިސްޓަމްގެ އިތުރުން ސަރފޭސް-ޓު-އެއަރ މިސައިލް ސިސްޓަމްތައްވެސް ފޮނުވާފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޕޮލެންޑު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު