Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫރިއާގައި ކުރަމުންދާ މުޒާހަރާ

ސޫރިޔާ އަނެއްކާވެސް އުތުރި އެރުމަކަށް، ބައްޝާރު ބޭނުމެއް ނޫން!

ސޫރިޔާގެ މައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވަރުގަދަ ކުރަން ފެށީ މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 17:26
ބައްޝާރުލް އަސަދު

ބައްޝާރުލް އަސަދު

އައު ސާސްކަފަކަށް ފެށި 10 އަހަރު ފާއިތުވެގެން ގޮސް އަނެއް 10 އަހަރަށް ފެށުމާއެކުގައިހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިޔާސީ މަޝްރަޙު ހަލަބޮލިވާން ފެށިއެވެ. ޑިމޮކްރަސީގެ ނަމުގައި އުފުލަމުން ދިޔަ އަޑުތައް ގަދަވެ، އެއްވުންތައް މުޒާހަރާތަކަށް ބަދަލުވެ، ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގަން ފެށިއެވެ. އެ އޮއެވަރުގެ ތެރެއިން އުފެދިގެން އައި 'ޢަރަބި ބަހާރު'ގެ ތެރެއިން، މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވެރިކަން ބަދަލުވެގެން ދިޔައެވެ. އުތުރިއެރުންތަކާއި މުޒާހަރާތައް ހޫނު ވަމުން ގޮސް ހަނގުރާމައަކަށް ބަދަލުވި ސޫރިޔާ ފިޔަވައެވެ. ސޫރިޔާގެ ރައީސް ކަމުގެ މަޤާމުގައި މިއަދުވެސް ހުންނެވީ، އޭރުގެވެސް ރައީސް ބައްޝާރުލް އަސަދުއެވެ. 

ބާރާއި ނުފޫޒު އޭގެ އެންމެ އިންތިހާއަށް ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ އަސަދުއާއި ދެކޮޅަށް ސޫރިޔާގައި އަނެއްކާވެސް މި ވަނީ މުޒާހަރާތައް ވަރުގަދަ ކުރަން ފަށާފައެވެ. ދެކުނުގެ ސިޓީއެއް ކަމަށް ވާ ސުވައިދާގައި ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާއިންވެސް އެކަން ދޭހަކޮށްދެއެވެ. ސޫރިޔާގެ މައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވަރުގަދަ ކުރަން ފެށީ މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެއީ ސުވައިދާގައި ކުރިއަށްދާ މުޒާހަރަތަކާ ގުޅުމަށް، ކައިރި ހިސާބުތަކުންވެސް އާންމުން ދަތުރު ކުރުމާ އެކުގައެވެ. 

އަސަދުއާއި ދެކޮޅަށް ސުވައިދާގައި މުޒާހަރާ ކުރަން ފެށީ އޯގަސްޓް މަހުގެ މެދަކާ ހިސާބުގައެވެ. އެއީ ތެލަށް ދެމުން ދިޔަ ސަބްސިޑީތައް ކަނޑާލި ހިސާބުން، އެކަމާ ދެކޮޅަށް ފެށި މުޒާހަރާތަކެއްގެ ގޮތުގައެވެ. ތެލަށް ދެމުން ދިޔަ ސަބްސިޑީ އުވާލުމަކީ އިނދަޖެހިފައި އޮތް ސޫރިޔާގެ އިޤްތިޞާދީ ތަކުލީފުތަކުގެ ތެރެއިން އާންމުންނަށް އެންމެ ފަހުން އުފުލަން ޖެހުނު ބުރައެވެ. 

ސުވައިދާ ޕްރޮވިންސްގެ ވެރިކަން ކުރާ ސުވައިދާ ސިޓީއަކީ ސޫރިޔާގައި އެންމެ ގަދައަށް ކުރިމަތިލުންތައް ހިންގަމުން ދިޔައިރުވެސް އަސަދުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސިޓީއެކެވެ. އެހެން ސަރަޙައްދުތަކުގައި ހިންގި ފަދަ ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުން ފުދޭ ވަރަކަށް ސަލާމަތްވެފައި އޮތް ސިޓީއެއްވެސްމެއެވެ. 

ސޫރިޔާގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަޙައްދުތަކުގައި، ސަރުކާރާ ދެކޮޅަށް ފާޅުގައި ފާޑުކިޔާ މަންޒަރަކީ ސޫރިޔާގައި މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ނަމަވެސް އިޤްތިޞާދީ ހާލަތު ގޯހުން ގޯހަށް ދާ ދިއުމާއެކު، އާންމުންގެ މެދުގައި އަސަދާއި މެދު އޮތް ރުޅިވެރިކަން އިންތިހާއަށް ގަދަ ވަނީއެވެ. 

ސެޕްޓެމްބަރ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި، އެތައް ސަތޭކަ ބަޔަކު ވަނީ ކަރާމާ މައިދާނަށް ޖަމާވެ، ޝުޢޫރު ފާޅު ކޮށްފައެވެ. އަސަދު ބޭނުން ނުވާ ކަމަށް ބުނެ އަޑު އުފުލާފައެވެ. 

މުޒާހަރާގެ ބައިވެރިން މީގެ ކުރިން ވަނީ، ބައްޝާރުލް އަސަދުގެ ބައްޕާފުޅު އަދި ސޫރިޔާގެ ކުރީގެ ރައީސް ޙާފިޒު އަލް-އަސަދުގެ ތަސްވީރެއްވެސް ވީދާ، ކުދިކޮށްލާފައެވެ. އެ ތަސްވީރަކީ ސޫރިޔާގެ ސަރުކާރު އިމާރާތެއްގައި ހުރި ތަސްވީރެކެވެ. އެ ތަސްވީރުގައިވާ ޙާފިޒު އަލް-އަސަދުގެ ގައިކޮޅުގައި މުޒާހަރާގެ ބައިވެރިން ތަޅާ ހެދި ކަމަށްވެއެވެ. 

ސޫރިޔާގެ ސަރުކާރުން ކޮންޓްރޯލް ކުރަމުން ދާ އެހެން ސަރަޙައްދުތަކުގައި މުޒާހަރާތައް ވަރުގަދަ ކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ސަރުކާރުން ތަންފީޒު ކުރަމުން ދާ ހަރުކަށި ފިޔަވަޅުތަކެވެ. ނަމަވެސް، ސަރުކާރަށް ސިއްރުގައި، ކޮންމެވެސް ވަރަކަށް މުޒާހަރާތަކާއި އަޑު އުފުލުންތައް ކުރިއަށް ގެންދެއެވެ.

ސީރިޔާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު