Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކިމްއާއި ޕުޓިންގެ ބައްދަލުކުރެއްވުން

ބޮޑު ދެ ލީޑަރުންގެ ބައްދަލުވުމާއެކު އެމެރިކާއާއި ހުޅަނގު ހީކަރުވާފައި

ރަޝިއާއާއެކު އޮތް ގުޅުމަކީ އެ ޤައުމުން ޚާއްސަ އިސްކަމެއްދީގެން ބަދަހި ކުރާނެ ގުޅުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 08:13
ވްލަޑިމިއަރ ޕުޓިންއާއި ކިމް ޖޮންގ އުންގެ ބައްދަލުކުރެއްވުން

ވްލަޑިމިއަރ ޕުޓިންއާއި ކިމް ޖޮންގ އުންގެ ބައްދަލުކުރެއްވުން

އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް ޖޮންގ އުންއާއި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން މިވަނީ ރަޝިއާގައި ބައްދަލު ކުރައްވާފައެވެ.

ރަޝިއާގެ އިރުމަތީ އަވަށެއްގެ ޒަމާނީ ޖައްވީ ސެންޓަރެއްގައި ދެބޭފުޅުން ބައްދަލު ކުރައްވާފައިވާއިރު، ފުރަތަމަ ސަލާމް ކުރެއްވި ވަގުތު ކިމް ވަނީ ޕުޓިން ނުހަނު އަވަދިނެތި އުޅުއްވާ ދުވަސްވަރެއްގައި އުތުރު ކޮރެއާއަށް ދެއްވި ޚާއްސަ ދައުވަތަށް ޝުކުރު އަދާކުރައްވާފައެވެ.

އެވަގުތު ޕުޓިންވެސް ވަނީ ކިމްއާ ބައްދަލުވެވަޑައިގެންނެވުމުން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ޕުޓިން ވަނީ 2016 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޖައްވީ ސެންޓަރުގެ ޓުއަރއެއް ދެއްވާފައެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން ދެ ބޭފުޅުން ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.

އަދި ޕުޓިން ވަނީ ސެޓެލައިޓު ލޯންޗު ކުރުމުގެ މަސައްކަތުގައި އުތުރު ކޮރެއާއަށް އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ދެބޭފުޅުންގެ ބައްދަލުވުން އެ ސެންޓަރުން ފެއްޓެވި ސަބަބަކީވެސް އެެއީކަމަށް ޕުޓިން ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެތަނުގައި ބައްދަލު ކުރެއްވި އަނެއް ސަބަބަކީ ކިމްއަކީ ރޮކެޓު އިންޖިނިޔަރިންއަށް ޝައުޤުވެރިކަން ހުންނަ ބޭފުޅަކަށްވާތީކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އެހެން ވިދާޅުވެފައިވަނީ ޖައްވަށް މިސައިލް ފޮނުވުމަށް އުތުރު ކޮރެއާއިން މި ފަހުން ހިންގި ދެ އޮޕަރޭޝަންވެސް ފެއިލްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އުތުރު ކޮރިއާއިން އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ލޯންޗު ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ސަބަބުން އެ ޤައުމަށް އެމެރިކާއާއި ހުޅަނގުން މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

އެކަމާ ގުޅޭގޮތުން އުތުރު ކޮރެެއާއިން ބުނަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިގެން، ފޮނުވާ މިސައިލްތަކެއް ނުހުއްޓުވޭނެކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ޤައުމުން ހަތިޔާރު ބަދަލުކުރުމާގުޅޭ އެއްބަސްވުމެއްވެސް ވެދާނެކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. އެހެންވެއްޖެނަމަ މިއީ ރަޝިއާ ޔޫކްރެއިންގެ ހަނގުރާމަ ހިނގަމުން މިދާ ދަނޑިވަޅުގައި އެމެރިކާއާއި ހުޅަނގުން ނުހަނު ރުޅިގަދަވާނެ ކަމަކަށްވާނެއެވެ.

އަނެއްކޮޅުން އަންނަ ހަފްތާގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގްޔީވެސް ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާއިރު، މިހުރީ ހައްތަހާވެސް އެމެރިކާއާއި ހުޅަނގު ދާހިއްލާނެ ސަބަބުތަކެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކްރެމްލިންގެ ތަރުޖަމާނު ވަނީ އެއީ ދެ ޤައުމުގެ ދެމެދުގެ ހައްސާސީ މަޝްވަރާތަކެއް ކަމަށާއި، މިވަގުތު އެ މައުލޫމާތުތައް ހާމަކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދެ ޤައުމުން ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއް ހަދައިފިނަމަ އުތުރު ކޮރެއާއިން އެ ޤައުމުގެ ޒަމާނީ ފަހުގެ ހަތިޔާރުތައް ރަޝިއާއަށް ދޭނެއެވެ. މި ހަނގުރާމައިގައިވެސް ރަޝިއާގެ ރައީސް ނަންގަވަމުން ގެންދަވާ ނިންމެވުންތަކަށް އުތުރު ކޮރެއާއިން ތާއީދުކުރާކަން އެ ޤައުމުން ފާހަގަ ކުރެއެވެ.

ވަކިން ޚާއްސަކޮށް 1953 ވަނަ އަހަރުގެ ފަހުން އުތުރު ކޮރެއާއިން ހަނގުރާމައެއްގައި ބައިވެރިވެފައިނުވާއިރު، މިހާރު އެ ޤައުމުގައި ހެޔޮވަރު ވަރަކަށް ހަތިޔާރު ގުދަން ކުރެވިފައި ހުންނާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޕުޓިންއާއި ކިމްވެސް ވަނީ އަސްކަރީ ގޮތުން ވަކި ބަޔަކު ކުރިއަރައި، ދެން ތިބި މީހުން ބަލިކަށި ކުރުމަށް ބައެއް ފަރާތްތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ނިމުން އަންނާނެކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ދެ ޤައުމުން ބައިވެރިވި ވަފުދަށް ބަލާއިރުވެސް ތިއްބެވީ މުޅިންވެސް ޤައުމުގެ މަތީފަޑީގެ ބޭފުޅުންނެވެ. ވަކިން ޚާއްސަކޮށް ކިމް ޖޮންގ އުންގެ ނުފޫޒުގަދަ ދައްތާފުޅުވެސް ރަޝިއާއަށް ވަޑައިގެން އުޅުއްވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށްވެސް ދަނީ ލިބެމުންނެވެ.

ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ޕޫޓިންއާ އެކު މަޝްވަރާކުރެއްވުމަށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެން ވިދާޅުވާ ގޮތުގައި ރަޝިއާއާއެކު އޮތް ގުޅުމަކީ އެ ޤައުމުން ޚާއްސަ އިސްކަމެއްދީގެން ބަދަހި ކުރާނެ ގުޅުމެކެވެ.

ވްލަޑިމިއަރ ޕުޓިންއުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު