Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ފަހަތުން އަރައި ޖޯޖިއާ ބަލިކޮށް، ސްޕެއިން ކުއާޓާ ފައިނަލަށް

30 ޖޫން 2024 | އާދީއްތަ 21:40

މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން ނިކުންނަން ޖެހޭނީ، މުބާރާތް ބާއްވާ ޤައުމު ޖަރުމަނާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2024 | އާދީއްތަ 21:40
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިން އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރު ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ، ފަހަތުން އަރައި މޮޅުވެގެންނެވެ. އެއީ މެޗުގައި ޖޯޖިއާ އިން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށެވެ. ޖޯޖިއާގެ މައްޗަށް ސްޕެއިން އިން ކުރި ހޯދީ 4-1 އިންނެވެ.

ސްޕެއިން އަކީ މިއަހަރުގެ ޔޫރޯ މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ އެއް ޓީމެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ސްޕެއިން ޖާގަ ހޯދީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ޖޯޖިއާ އަށް ވަނީ ލީޑު ލިބިފަ އެވެ. އެއީ ޖޯޖިއާގެ ކުޅުންތެރިޔަކު ހުރަސްކޮށްދިން ބޯޅަ އަކަށް ކުޅެން އުޅުމުގެ ތެރޭގައި ސްޕެއިންގެ ޑިފެންޑަރު ރޮބިން ލީ ނޯމަންޑުގެ ކޮނޑުގައި ޖެހި ބޯޅަ ގޯލަށް ވަދެގެންނެވެ.

މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން އައި ސްޕެއިން އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ރޮޑްރީ އެވެ. އެއީ ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ސްޕެއިން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ފަބިއަން ރުއީޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލަމީން ޔަމާލް އެވެ.

އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމާލް، އެ ޔަމާލް އެ ޓީމުގެ ތިން ވަނަ ލަނޑެއް ޖެހި ނަަމަވެސް އޮފްސައިޑުގައި ހުރުމުން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ސްޕެއިންގެ ތިން ވަނަ ލަނޑު ޖެހީ ވިލިއަމްސް އެވެ. ޖޯޖިއާގެ އޭރިޔާ ބެރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަަށް ވަދެ، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ވިލިއަމްސް އެ ލަނޑު ޖެހީ 75 ވަނަ މިނެޓުގަ އެވެ. މެޗުގެ

މެޗުގެ 83 ވަނަ މިނެޓުގައި ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖެހީ ޑެނީ އޮލްމޯ އެވެ. އެއީ ޖޯޖިއާގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން، އޭރިޔާގެ ރޮނގު ކައިރީ ހުރެ ތިރި ތިރިން ގޯލަށް ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ. އޮލްމޯ ފޮނުވާލި ބޯޅަ ހުއްޓުވުމަށް ޖޯޖިއާގެ ގޯލު ކީޕަރަށް މާބޮޑު މަސައްކަތެއް ވެސް ނުކުރެވުނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން ނިކުންނަން ޖެހޭނީ، މުބާރާތް ބާއްވާ ޤައުމު ޖަރުމަނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް