Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޖޯޖިއާ ޤައުމީ ޓީމަށް މަރުޙަބާ ކިޔަން ނިކުތީ ބޮޑު ވަޒީރު

ޤައުމީ ޓީމުގެ ކުޅުންތެރިން އަދި އާންމުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ކޮބަކިޑްޒޭ ވިދާޅުވީ، ޖޯޖިއާގެ ޤައުމީ ޓީމާ މެދު އޭނާ އަދި މުޅި ޤައުމު ފަޚުރުވެރިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 05:05
ޖޯޖިއާގެ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވަނީ

ޖޯޖިއާގެ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވަނީ

ޖަރުމަނުގައި ކުރިއަށްދާ ޔުރޯ ފުޓުބޯޅަ މުބާރާތަށްފަހު، ޖޯޖިއާގެ ޤައުމީ ޓީމު އެނބުރި ޤައުމަށް ދިޔުމުން ބޮޑު ވަޒީރު އިރާކްލީ ކޮބަކިޑްޒޭ އާއި ގިނަ ރައްޔިތުންތަކެއް ނިކުމެ ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

މިއަހަރުގެ ޔޫރޯ މުބާރާތަކީ ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ޖޯޖިއާ އިން ވާދަކުރި ފުރަތަމަ ބޮޑު މުބާރާތެވެ. މުބާރާތުގައި ޖޯޖިއާ ހިމެނުނު ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކުރި އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ޖޯޖިއާ ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޖޯޖިއާ އިން ނިކުތީ ސްޕެއިންއާ ދެކޮޅަށެވެ. ޖޯޖިއާ އިން ދެކޭ ގޮތުގައި ފުރަތަމަ މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބުމަކީ ވެސް އެ ޓީމަށް ފަޚުރުވެރި ނަތީޖާ އެކެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޖޯޖިއާ އިންނެވެ. ނަމަވެސް ސްޕެއިން އިން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފަ އެވެ. މުބާރާތުން ކެޓި ނަމަވެސް، ޖޯޖިއާ އިން އެ ކާމިޔާބީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަން ނިންމި އެވެ.

ޖޯޖިއާ ޤައުމީ ޓީމުން އެނބުރި ޤައުމަށް ދިޔުމުން ގިނަ ބަޔަކު ވަނީ މަރުޙަބާ ކިޔަން ނިކުމެފަ އެވެ. އެކަމަށްޓަކައި ޚާއްސް ރަސްމިއްޔާތެއް ބޭއްވިއިރު، ބޮޑު ވަޒީރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ޓީމުގެ ކުޅުންތެރިން އަދި އާންމުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ކޮބަކިޑްޒޭ ވިދާޅުވީ، ޖޯޖިއާގެ ޤައުމީ ޓީމާ މެދު އޭނާ އަދި މުޅި ޤައުމު ފަޚުރުވެރިވާ ކަމަށެވެ. ޖޯޖިއާ އިން ހޯދީ ތާރީޚީ ކާމިޔާބެއް ކަމަށާއި، ދެން ކުރަން ޖެހޭ މަސައްކަތަކީ ފުޓުބޯޅައިގައި އިތުރަށް ކުރިއަށް ދިޔުން ކަމަށް ފަހަގަ ކުރައްވައި، ކޮބަކިޑްޒޭ ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން އަދި އެހީތެރިކަން ދެއްވާނެ ކަމަށެވެ.

ޖޯޖިއާ އިން އެ ޤައުމުގައި ކާމިޔާބީ ފާހަގަ ކުރަމުންދާއިރު، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ބިޑްޒީނާ އިވަނިޝްވާލީ ވަނީ ޤައުމީ ޓީމަށް ފައިސާގެ އިނާމެއް ވެސް ދެއްވައިފަ އެވެ. އޭނާ ވަނީ ޖޯޖިއާގެ ޓީމަށް 8.4 މިލިއަން ޕައުންޑުގެ ފައިސާ އިނާމު ހަދިޔާ ކޮށްފަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖޯޖިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު