Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން

5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟

ދައުރު ފެށުނިއްސުރެ ދެންމެ ދެންމެ ރާއްޖެއަށް ބަޔަކު އަރާ ރާއްޖެ ހިފާފާނެފަދަގޮތަކަށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖަހަމުންދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ސެޕްޓެމްބަރު 2023 | އަންގާރަ 02:23
ރައީސުް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު

ރައީސުް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު

މިދިޔަ 5 އަހަރު ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއަށް އަރާ ރާއްޖެ ހިފައިފިތޯ ސުވާލުއުފައްދަވާ، އިންޑިއާ ސިފައިން ރާއްޖެގައި އެބަތިބި ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ މީހުންނަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ފާޑު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ތިނަދޫއިން ހާލުބޮޑު ތުއްތު ކުއްޖަކު މާލެ ގެންނަން ޑޯނިއަރ މަތިންދާބޯޓު އޮޕަރޭޝަނެއް ފެށުމުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ބަޔަކު ކެނޑިނޭޅި މަަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ފެތުރި މީހުންނަށްވެސް އެ އޮޕަރޭޝަނަކީ ކޮބައިކަން އެނގޭނެ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ ދައުރު ފެށުނިއްސުރެ ދެންމެ ދެންމެ ރާއްޖެއަށް ބަޔަކު އަރާ ރާއްޖެ ހިފާފާނެފަދަގޮތަކަށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖަހަމުންދިޔަ ކަމަށެވެ. މިއުވާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ނިމުމަކާ ހަމައަށް އާދެވިއްޖެ ކަމަށެވެ. އަދި 5 އަހަރު ވެގެންދިޔަ އިރު ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރިތޯ ސުވާލު އުފެއްދެވިއެވެ.

މިއުވާން ވިދާޅުވީ ދޮގު ވާހަކަތަކެއް ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ އޮޅުވާލުމަށް އެފަދަ ވާހަކަތައް ދެކެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ހަރަކާތްތެރި ނުވާ ކަމަށާއި، ހެލިކޮޕްޓަރާއި ޑޯނިއަރ އޮޕަރޭޓްކުރަން ޓެކްނިކަލް މީހުން ތިބޭކަމަށެވެ. އަދި އެމީހުންގެ ފަރާތުން ލިބެނީ ޓެކްނިކަލް އެހީތައް ކަމަށާއި، އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތަކުގެ އެހީތެރިކަން ލިބުނު ފަރާތްތަކާއި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް މިކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2024

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟
08 އޮކްޓޯބަރު 2024

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް
08 އޮކްޓޯބަރު 2024

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
07 އޮކްޓޯބަރު 2024

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

07 އޮކްޓޯބަރު 2024
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު