Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުން ދެވަނަ ބުރުގައި މުއިއްޒުއަށް ވޯޓު ދޭނެކަމަކަށް ނުބެލެވޭ : އާތިފް

ކުދި ޕާޓީތަކަށާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެކި ކަންކަމުގައި މި ސަރުކާރާ ދޭތެރޭ ހުރި ނުތަނަވަސްކަމުގެ ސަބަބުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 14:41
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވާހަކަދައްކަވަނީ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުން ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ވޯޓު ދޭނެކަމަށް ނުބެލެވޭކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އާތިފް ކުރި ޓުވީއްޓެއްގައި ވިދާޅުވީ އިންތިޚާބުގައި ކުދި ޕާޓީތަކަށާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ އެކި ކަންކަމުގައި މި ސަރުކާރާ ދޭތެރޭ ހުރި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކުގެ ޖަޒުބާތުގައި ޖެހިފައިވުމުން ކަމަށެވެ. މި ސަރުކާރާއި ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގައި ތަފާތުތަކެއް ހުރިކަމަށާއި އެ ސިޔާސަތުތަކުގައި އެމްޑީޕީ އިން ކުރި ހޯދާފައިވާކަންވެސް އާތިފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕީޕީއެމް ޕީއެންސީއަށްވުރެ އެމްޑީޕީގެ ސަރުކާރެއް ރައްޔިތުން ހިޔާރުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ،

Advertisement - newsAdvertisement

ކުޅުދުއްފުއްޓަށް އަލިއަޅުއްވާލައްވާ އާތިފް ވިދާޅުވީ، ޕީއެންސީ ގެ ކެންޑިޑޭޓް މުއިއްޒު، ހައުސިންގ މިނިސްޓަރުކަމުގައި ހަތް އަހަރުވަންދެން ހުންނެވިއިރު، އެ ސިޓީގައި އެންމެ ހައުސިންގޔުނިޓެއްވެސް ނޭޅޭ ކަމަށާއި، ކުރީ ސަރުކާރުން ފަށާފައިވާ، 165 ހައުސިންގ ޔުނިޓުގެ މަސައްކަތް ވެސް ވީރާނާވާން ދޫކޮށްލެއްވި ކަމަށެވެ. އެ ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމީ މި ސަރުކާރުން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ސަރުކާރުން ކުޅުދުއްފުށީގައި އިތުރު 400 ހައުސިންގ ޔުނިޓުގެ މަސައްކަތްފަށާފައިވާއިރު، އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވާކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ. އެހެންކަމުން، މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މި މަޝްރޫއުތައް ހުއްޓުމުގެ ފުރުސަތު އެބައޮތް ކަމަަށާއި އެ ފުރުސަތު ރައްޔިތުން މުއިއްޒުއަށް ދޭން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހުއަށް 85،935 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 101،180 ވޯޓެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރައްވާނީ މި ދެ ކެންޑިޑޭޓުންނެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 30ގައެވެ. އޭގެ ކުރިން ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް

ކޮމެންޓް

އިތުރަށް ކިޔާލަން

"ޗޯޅާއިންނާއި، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ދިފާއުކުރިފަދައިން، ޤާނޫނުއަސާސީ ދިފާއުކުރުމަށް ވެސް ބޮޑުތިލަދުންމަތި އޮތީ ތައްޔާރަށް"

"ޗޯޅާއިންނާއި، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ދިފާއުކުރިފަދައިން، ޤާނޫނުއަސާސީ ދިފާއުކުރުމަށް ވެސް ބޮޑުތިލަދުންމަތި އޮތީ ތައްޔާރަށް"

07 ޑިސެމްބަރު 2024
"ރަނގަަޅަށް ހިނގަ ހިނގާ އޮތް އާރްޓީއެލް ނިޒާމް އަލުން އަނެއްކާވެސް ފިރުކޭ މަންޒަރު މިހާރު ފެނޭ"

"ރަނގަަޅަށް ހިނގަ ހިނގާ އޮތް އާރްޓީއެލް ނިޒާމް އަލުން އަނެއްކާވެސް ފިރުކޭ މަންޒަރު މިހާރު ފެނޭ"

06 ޑިސެމްބަރު 2024
ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރަކީ މިހާރަށްވުރެ ސްކޯޕް ބޮޑުކޮށް ތަރައްޤީ ކުރެވެން ޖެހޭ ބަނދަރެއް: މޭޔަރު އާތިފް

ކުޅުދުއްފުށީގެ ވިޔަފާރި ބަނދަރަކީ މިހާރަށްވުރެ ސްކޯޕް ބޮޑުކޮށް ތަރައްޤީ ކުރެވެން ޖެހޭ ބަނދަރެއް: މޭޔަރު އާތިފް

02 ސެޕްޓެމްބަރު 2022
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު