Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ކޮވިޑް-19: އައިސީޔޫއާއި މަރުގެ ކޭސްތައް އިތުރުވެ، ޑަބްލިއުއެޗްއޯ އަނެއްކާވެސް ހާސްކަމެއްގެ ތެރެއަށް!

10 ސެޕްޓެމްބަރު 2023 | އާދީއްތަ 11:04

މެދުއިރުމައްޗާއި އޭޝިއާގައި މަރުގެ ކޭސްތައް ދަނީ އިތުރު ވަމުން، ވިލާތަށް ބަލާއިރު އައިސީޔޫ ކޭސްތައް ދަނީ އިތުރު ވަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 11:04
ކޮވިޑް ކޭސްތައް ގިނަވެ ޗައިނާގެ ހޮސްޕިޓަލްތައް ފުރިފައި: ފައިލް ފޮޓޯ

ކޮވިޑް ކޭސްތައް ގިނަވެ ޗައިނާގެ ހޮސްޕިޓަލްތައް ފުރިފައި: ފައިލް ފޮޓޯ

ހަމަ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަހަކުން މުޅި ދުނިޔެ އިނދަޖައްސާލިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ހިތްދަތި ދެތިން އަހަރެއްހާ ދުވަސް ކަޑަތު ކުރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމުގެ އިޙުސާސް ކުރެވެން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، އަނެއްކާވެސް މި ވަނީ އެ ބަނަ ވިލާގަނޑު، މުޅި ދުނިޔެއަށް ހިޔަނި އަޅަން ފަށާފައެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް މިންވަރަކަށް ކޮވިޑްގެ ބަލި މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރަމުން ދާ ދުވަސްވަރެކެވެ. މި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް އިންތިހާއަށް އިތުރު ވަމުން ދާ އިރު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސެޕްޓެމްބަރު 6 ވަނަ ދުވަހު ވަނީ ކަންބޮޑުވުންވެސް ފާޅު ކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ މެދުއިރުމައްޗާއި އޭޝިއާ ސަރަޙައްދުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު މި ދުވަސްވަރު އިތުރު ވަމުން ދާ އިރު، ކޮވިޑް ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދު، ވިލާތު ބައްރުގައި އިތުރު ވަމުން ދާ ކަމަށެވެ. އަދި ކޮވިޑާއި ގުޅޭ މަޢުލުމާތާއި ތަފާސް ހިސާބުތައް، ވީހާވެސް ފުރިހަމައަކަށް ހިއްސާ ކުރަމުން ދިޔުމަށްވެސް ޑރ. ޓެޑްރޯޒް ވަނީ ޤައުމުތަކަށް ގޮވާލައްވާފައެވެ.

ކޮވިޑް-19އަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ ފަންނީ އިސްވެރިޔާ، ޑރ. މާރިޔާ ވެން ކެރްކޯފް ކޮވިޑްގެ ބަލިމަޑުކަން މިހާރު ފެތުރެމުންދާ ގޮތަށް ބަލާއިރު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެނީ، ކުރިއަށް އޮތް ދުވަސްވަރަކީ ދުނިޔޭގެ އުތުރުގެ ޤައުމުތަކަށް ފިނި މޫސުމާ ކުރިމަތިލާން ޖެހޭ ދުވަސްވަރަކަށް ވެފައި، އެ ދުވަސްތަކަކީ ގިނަ ބަޔަކު އެތެރޭގެ މާޙައުލުގައި ގިނަ ވަޤުތުތަކެއް ހޭދަ ކުރާނެ ދުވަސްވަރަކަށް ވުމުން، ހަލުވި ދުވެލީގައި ވައިރަސް ފެތުރިގެން ދިއުމުގެ ފުރުޞަތު ބޮޑުވުން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަޤުތުވެސް އެތައް ސަތޭކަ ހާސް ބަޔަކަށް ފަރުވާ ދެމުން ދާ ކަމަށް ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރެއެވެ.  

ކޮވިޑް-19ގެ ބަލިމަޑުކަމަކީ ޢާލަމީ ޞިއްޚީ ކުއްލި ނުރައްކަލުގެ ދަރަޖައިގެ ބަލިމަޑުކަމެއްގެ ގޮތުގައި އޮތް އޮތުމަށް ޑަބްލިއުއެޗްއޯއިން ނިމުން ގެނައީ މި ހިނގާ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއީ ޢާލަމީ ޢާލަމީ ޞިއްޚީ ކުއްލި ނުރައްކަލުގެ ދަރަޖައިގެ ބަލިމަޑުކަމެއްގެ ގޮތުގައި ކޮވިޑް-19 ކަނޑައެޅިތާ 3 އަހަރަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ އިންތިހާއަށް ފެތުރިގެން ދިޔަ ދުވަސްވަރު، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ގިނަ ބަޔަކު ބުރަވި އެއް ހަތިޔާރަކަށް ވީ ވެކްސިންއެވެ. ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ ކެމްޕޭންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްފައި ވާ އިރު، ވައިރަހަށް ބަދަލުތަކެއް އައިސް އައު ވޭރިއަންޓްތައް އުފެދި، ވެކްސިންގެ މާ ބޮޑު ބޭނުމެއް ނެތޭ ހީވާ ދަރަޖައަށްވެސް ކަންކަން ގޯސްވެގެން ދިޔައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 މެއި 2018

އަޑި ގުޑަންތައް އިތުރުވެ، ނުރައްކަލާ ކުރިމަތިވެފައި!

29 މެއި 2018
އަޑި ގުޑަންތައް އިތުރުވެ، ނުރައްކަލާ ކުރިމަތިވެފައި!
22 އެޕްރީލު 2018

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

22 އެޕްރީލު 2018
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް
20 ޑިސެމްބަރު 2017

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!
14 ޑިސެމްބަރު 2017

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!
11 ޑިސެމްބަރު 2017

ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

11 ޑިސެމްބަރު 2017
ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް