Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ހައްޤު އަދާކުރައްވާ!

އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރިންނަށް، އުޖާލާ، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ ފުރިހަމަ ޒިންމާ މިއަދު އޮތީ ރައްޔިތުންގެ އަތް މަތީގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2023 | ހުކުރު 11:48
ބޭރު ޤައުމެއްގައި މީހަކު ވޯޓުލަނީ

ބޭރު ޤައުމެއްގައި މީހަކު ވޯޓުލަނީ

ޤައުމުގެ ވަލީއުލްއަމުރު ކަނޑައެޅުމަކީ އާންމު ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެކެވެ. ޤައުމުގެ ހިންގުން ހަވާލުކުރަން ޖެހޭނީ އެކަމަށް އެންމެ ޤާބިލު އަދި އެންމެ އެކަށީގެންވާ މީހާއާ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު އަންނަ ރިޔާސީ އިންތީޚާބަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އިންތިޚާބެކެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑއެޅުނުން މިއޮންނަނީ ސީދާ ރައްޔިތުންގެ އަތް މަތީގަ އެވެ. އެއީ ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ލާ ވޯޓަކުންނެވެ. އެހެންކަމުން، ރައްޔޮތުން ލާ މި ވޯޓަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ލާ ވޯޓަކަށް ހަދަން ޖެހެ އެވެ.

ވޯޓި ދިނުމުގައި ރައްޔިތުން އެންމެ ބޮޑަށް ބަލަން ޖެހޭ އެއް ކަމަކީ، ކަމަށް ޤާބިލު މީހާ އަށް އިސްކަން ދިނުމެވެ. ސަރުކާރު ހިންގުމާއި، ސަރުކާރުގެ ކަންކަން ރޭވި، ތަރުތީބުވެފައިވާ ގޮތް އެންމެ ބޮޑަށް ދަންނަ މީހާ އަށް ވޯޓު ދިނުމަށެވެ. ތަނަކުން ހަމަ މީހަކު ކުރިމަތިލީ ކަމަށްވީ ނަމަވެސް، ރައްޔިތުން އިޚްތިޔާރު ކުރަން ޖެހޭނީ އެންމެ ޤާބިލު މީހާ އެވެ. ތަޖުރިބާ ހުރި، ކުޅަދާނަ މީހާ އެވެ. އެއީ ވަކި އަތަކަށް ޖެހުމެއް ނެތި، ރައްޔިތުން ނިންމަން ޖެހޭ ވަރަށް ޚައްސާސް ނިންމުމެކެވެ.

ޤައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަނީ ކާކުތޯ ވެސް ރައްޔިތުން ބަލަން ޖެހެ އެވެ. ޤައުމުގައި ސިޔާސީ އަދި އިޖުތިމާއީ އަމާންކަން އޮތުމަށް އިސްކަން ދެނީ ކާކުތޯ ބަލަން ޖެހޭނެ އެވެ. އަބަދު ހަޅޭލެވުމާއި، ހަމަނުޖެހުމުގެ ތެރޭގައި އުޅެން ދިވެހި ރައްޔިތުން ބޭނުމެއް ނުވާނެ އެވެ. އަމުދުން ބިރުވެރިކަމާއި، ނާމާން ކަމެއްގެ ތެރޭގައި އުޅެން ބޭނުމެއް ނުވާނެ އެވެ. އެހެންކަމަށް ވަނީނަމަ، ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އެކަންކަމަށް ސަމާލުކަން ދެނީ ކާކުތޯ ބަލަން ޖެހޭނެ އެވެ. އުޖާލާ މުސްތަޤުބަލެއް ބިނާ ކުރެވޭނީ، މި ދެންނެވި ކަންކަމަށް ވަކާލާތު ކުރާ މީހަކަށްކަން ޔަގީން ކަށަވަރެވެ.

ވޯޓު ދިނުމުގައި ރައްޔިތުން ދުރުހެލިވާން ޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ފައިސާގެ ދަޅައަށް ދީލާލުމެވެ. އެންމެ ދުވަހަކު، ފޮއްޓަކަށް ވައްޓާލާ ކުޑަ ކަރުދާސް ކޮޅުގެ އަގަކީ ވިހި ހާސް ނުވަތަ ފަންސަވީސް ހާސް ރުފިޔާއެއް ނޫނެނެވެ. އެއީ އެއަށްވުރެ އަގު ބޮޑު އަމާނާތެކެވެ. ވޯޓުން ޤާއިމު ކުރެވޭ ސަރުކާރުގެ ހުންނަ ގޯސް ކަންތައްތަކުގެ ވާހަކަ ދައްކަން ބޭނުންވާ ނަމަ، ފައިސާ އަށް ހެއްލިގެން ނުވާނެ އެވެ. ސަރުކާުރުގެ ތެރޭގައި ހިނގާ ގޯސް ކަންތަކާއި، ރައްޔިތުން ހިތްހަމަ ނުޖެހޭ ކަންކަމުގެ ވާހަކަ ދެއްކޭނީ އިޚުލާސްތެރިކަމާއެކު ވޯޓު ލުމުގެ ޒިންމާ އަދާ ކުރުމަށްފަހު އެވެ. މަދު ފައިސާ ކޮޅެއްގައި ހިފައި، ވޯޓ ލުމަށްފަހު، ސަރުކާރުން ކުރާ ގޯސްކަންތަތައްތަކުގެ ވާހަަކަ ހޮޅު އަށިތަކުގައި ނުދައްކާށެވެ. ތިމާގެ އަމިއްލަ އެދުމަށް ވުރެ، ވިސްނުން ކުރިއަށް ނެރެ، ތެދުވެރި ވޯޓެއް ލާށެވެ.

ހަމައެހެންމެ، ވޯޓު ދިނުމުގައި ބަލަން ޖެހޭ އަނެއް ކަމަކީ، ސިޔާސަތާކައި، ވައުދުތަކަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކުރަން އިސްކަން ދެނީ ކޮން ފަރާތެއްތޯ ވެސް ބަލާށެވެ. ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާގެ މަތިން އެމީހެއްގެ ސިޔާސަތުތައް އެކުލަވާލާ މީހާ އަށް އިސްކަން ދޭށެވެ. ރައްޔިތުންގެ މުހުތާދުތަކަށް އިސްކަންދޭ މީހަކީ، އެކަމަށް އެންމެ ޤާބިލު، އެންމެ އެކަށީގެންވާ މީހާ އެވެ. ވޯޓަށްފަހު، ވެރިކަމަށް ވަޑައިގެން، ރައްޔިތުންގެ އަޑު އަހާނެ މީހަކަށް އިސްކަން ދޭށެވެ.

މިހުރިހާ ކަމަކަށް ބެލުމަށްފަހު، ތެދުވެރި އަމާނާތްތެރި ވޯޓެއް ދިނުމަށް ކޮންމެ ރައްޔިތަކު ވެސް އިސްކަން ދޭން ޖެހޭނެ އެވެ. އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރިންނަށް، އުޖާލާ، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ ފުރިހަމަ ޒިންމާ މިއަދު އޮތީ ރައްޔިތުންގެ އަތް މަތީގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެސިލިޓީތަކުގެ ނަރުހުން އާދޭސް - ފަރުދީ ޒިންމާ އަދާކުރައްވާ، އަޅުގަނޑުމެންނަށް އާއިލާގެ ގާތަށް ދެވޭނީ އޭރުން

ފެސިލިޓީތަކުގެ ނަރުހުން އާދޭސް - ފަރުދީ ޒިންމާ އަދާކުރައްވާ، އަޅުގަނޑުމެންނަށް އާއިލާގެ ގާތަށް ދެވޭނީ އޭރުން

29 އެޕްރީލު 2021
މުވައްޒަފުންގެ ހައްޤުގައި ތަފާތު ދެއްކި ޝަފާ އަށް ސާބަސް!

މުވައްޒަފުންގެ ހައްޤުގައި ތަފާތު ދެއްކި ޝަފާ އަށް ސާބަސް!

11 ސެޕްޓެމްބަރު 2020
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު

ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު

22 ސެޕްޓެމްބަރު 2019
ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

ފްލެޓްތަކުގެ ހައްޤުވެރިކަން ކަނޑަނޭޅި އެތައް މަސްތަކެއް!

18 ސެޕްޓެމްބަރު 2019
އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެ އަނެއްކާވެސް ނަގާކިޔާ ޤައުމަކަށް!

އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެ އަނެއްކާވެސް ނަގާކިޔާ ޤައުމަކަށް!

10 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު