Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ

ކ.ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށާނެ - ރައީސް

8 ސެޕްޓެމްބަރު 2023 | ހުކުރު 10:37

ކުރިއަށް އޮތް ދައުރުގައި އެ ރަށުން ހިއްކާ ތަނުައި ފެނާއި ނަރުދަމާ އަދި ކަރަންޓު ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 10:37
ކ.ދިއްފުށީގައި ރައީސް ވާހަކަދައްކަވަނީ

ކ.ދިއްފުށީގައި ރައީސް ވާހަކަދައްކަވަނީ

ކ.ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ކ.ދިއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ބަނދަރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ދައުރުގައި އެ ރަށުން ހިއްކާ ތަނުައި ފެނާއި ނަރުދަމާ އަދި ކަރަންޓު ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ރަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްްޤީކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމާއި، ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި، ސިއްހީ ވަސީލަތްތައް އިތުރުކޮށް ޚިދުމަތްތައް ފަސޭހަކޮށްދިނުމާއި، ވޮލީ ކޯޓާއި، ޕިކްނިކް އައިލެންޑެއް ޤާއިމްކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައގަންނަވާފައެވެ. ހަމައެހެންމެ ކާށިދޫގައި އެގްރޯ ސެންޓަރ ޤާއިމްކޮށް ތަރުކާރީ އާއި މޭވާ ތާޒާކަމާއި އެކު ގަންނާނެ މާހައުލެއް ޤާއިމްކޮށްދިނުން، ޒަމާނީ ފެންވަރަށް މަގުތައް ހެދުމަށް ވައުދުވެލެއްވިއެވެ. އަދި ކާށިދޫ ފަޅުގައި ރިސޯޓެއް ޤާއިމްކޮށްދިނުން އަދި އިޖުތިމާއީ މަރުކަޒެއް އަޅާދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. ގާފަރުގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދާ ދިނުމަށް ފްލެޓް ނުވަތަ ރޯހައުސް ޤާއިމްކޮށްދެއްވުމާއި، ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަކީ ވެސް އެ ރަށްޓަކާ ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. އެ ރަށު ފަޅުގައި ވެސް ޕިކްނިކް އައިލެންޑެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައި ވެސް އެއްވެސް މީހެއް އަދި ރަށެއް ބާކީ ނުކުރައްވާނެ ކަމަށާއި ސިޔާސަތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. ފުރަތަމަ ދުވަހުން ފެށިގެން ގެންގުޅުއްވި ސިޔާސަތަކީ ބާކީ ނުކުރުމުގެ ސިޔާސަތުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަމާން މުޖުތަަަމައު އެއް ޤާއިމްކޮށް، ޒުވާން އާ ޖީލެއް ޤާއިމްކޮށް، ހެޔޮ ވެރިކަމެއް ކޮށްދިނުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޕްލޭންކުރައްވާފައި ވަނީ އައްޑޫ އަށް އިގްތިޞާދީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށާއި އައްޑީ އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރާ މަސައްކަތުން އެކަން ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން، ރާއްޖޭގެ އުތުރާއި މެދު ތެރެއިން ވެސް ފެންނަނީ އެއް މަންޒަރެއް ކަމަށާއި އެއީ އެއްބުރުން މި އިންތިޚާބު ނިމޭ މަންޒަރުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެއްވެސް ބޭފުޅަކު ބާކީ ނުވެ ލިބޭ ކާމިޔާބު ފާހަގަކުރަން މާދަމާ ރޭ ވަޑައިގަންނަވަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެމްޕެއިންގެ ފަހު 3 ގަޑި އިރަކީ އެންމެ މުހިންމު އެއް ވަގުތު ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖޯޝާއި ފޯރީގައި ކެމްޕެއިން ކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ވޯޓުލުމުގެ ހައްގަކީ ޤާނޫނު އަސާސީން ލިބޭ އެންމެ މުހިންމު ހައްގުކަމަށާއި އެ ހައްގު ރަނގަޅު ގޮތުގައި ބޭނުންކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް