Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނުގެ ކެޕޭސިޓީ އިތުރުކުރުން

ހުޅުމާލޭގައި ހުރި ފެން ހަދާ ފެކްޓްރީ ގުޅީފަޅަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި: ޝާހު

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 07:59
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު

ހުޅުމާލޭގައި ހުރި ފެން ހަދާ ފެކްޓްރީ ގުޅީފަޅަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ފެނުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ޝާހު ވިދާޅުވީ 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓި ނަމަވެސް ހުޅުމާލޭގައި ބެހެއްޓި ނަމަވެސް މުސްތަގުބަލަށް ވިސްނައި އިތުރު ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. ހުޅުމާލެ ފޭސް-1، ފޭސް-2 އަދި ފޭސް-3 ތަރައްގީވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ ފެނުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތްތަނުގައި ހުޅުމާލޭގައި ހުރި ފެން ހަދާ ފެކްޓްރީ ގުޅީފަޅަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ މާލެ އަދި ހުޅުމާލޭގައި އަންދާޒާ ކުރާ މިންވަރަށް ބޮޑަށް ފެން ބޭނުންކުރާ މިންވަރު އިތުރު ކަމަށެވެ. ޝާހު ވިދާޅުވީ މާލޭގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 30،000 ޓަނުގެ ފެން ވޭސްޓް ވޯޓަރގެ ގޮތުގައި ޑިސްޗާޖު ކުރާ ކަމަށާއި، މާލޭގެ ރައްޔިތުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 20،000 ޓަނުގެ ފެން ބޭނުންކުރާ ކަަމެށެވެ. އެހެންކަމުން ސްޓޯރޭޖް ކެޕޭސިޓީ އަޕްގްރޭޑް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝާހު ވިދާޅުވިއެވެ.

ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ޖަނަރޭޓަރު ނުވަތަ ފެން އުފައްދާ ނިޒާމު މައްސަލަ ޖެހޭ ފަހަރުތަކުގައި އެލާޓްގައި ތިބެންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝާހު ވިދާޅުވީ މާލޭގައިވެސް 13،000 ޓަނުގެ ދޭތާންގި ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ ބޭނުންމަކީ ރައްޔިތުންނަށް ހިތްދެމިލައިގެން ފެނަށް ނުޖެހި އުޅެވޭ ގޮތް ހެދުން ކަމަށް ޝާހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު