Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޮގު މައުލޫމާތު ފެތުރުން

އިންޑިއާގެ ފޮރިން މިނިސްޓަރުގެ ސިޓީފުޅެއް ކަމަށް ބުނެ ދިޔަރެސް އިން އާންމުކުރި ލިޔުމުގެ މައްސަލަ މިދަނީ ބަލަމުން: މީޑިއާ ކައުންސިލް

8 ސެޕްޓެމްބަރު 2023 | ހުކުރު 07:12

ލިޔުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލަށް ޝަކުވާ ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2023 | ހުކުރު 07:12
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްއިން ފޮނުވިކަމަށް ބުނެ ދައުރު ކުރަމުންދާ ފޭކް ސިޓީތައް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްއިން ފޮނުވިކަމަށް ބުނެ ދައުރު ކުރަމުންދާ ފޭކް ސިޓީތައް

އިންޑިއާގެ ފޮރިން މިނިސްޓަރުގެ ސިޓީއެއް: ފިއްކަނޑައިގެންދާ ފަދަ ބިރުވެރި އެތައް ކަމެއް!" މި ސުރުޚީގެ ދަށުން "ދިޔަރެސް" ނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލަށް ޝަކުވާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މިޑިއާ ކައުންސިލުން ބުނީ އެ ލިޔުމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުންގެންދާ ކަމަށެވެ. އުތުރުތިލަފަޅުގެ އެއްބަސްވުމާއި އިންޑިއާ ސިފައިން ތިބޭ ވާހަކަތައް ހިމަނައިގެން އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރު އެސް ޖަޔަޝަންކަރުގެ ނަންފުޅުގައި ފަތުރަމުންދަނީ ޙަޤީޤަތާއި ޚިލާފު ފޭކު ސިޓީތަކެއް ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަވަށްޓެރި ގައުމުތަކާއި ސަރުކާރާއި އެކިއެކި ފަރާތްތަކާއި ގުޅުވައި ދޮގު ޚަބަރު ފަތުރަމުން އަންނަ ދިޔަރެސް އިން ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު އެސް ޖަޔަޝަންކަރު ސޮއިކުރައްވާފައިވާ ސިޓީތަކެއް ކަމަށް ބުނާ ސިޓީތަކެއްގެ ފޮޓޯ ފަތުރާފައެވެ.

މި ސިޓީތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރާއި އިންޑިއާ ސަރުކާރަށް ނިސްބަތްކޮށް ފޭކް ސިޓީތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ކަމަށެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްކޮށްލުމަށް ކުރަމުންދާ އެ މަސައްކަތަކީ ޙަޤީޤަތެއް، އަސާސެއް ނެތް މަސައްކަތެއް ކަމަށާއި، އެ ވާހަކަތައް ދޮގުކުރާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަން ތަހުގީގުކޮށް ދޮގު މައުލޫމާތު ފަތުރާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުރުކުރަމުންދަނީ އިދިކޮޅުން ތައްޔާރުކޮށްފައިވާ ފޭކްސް ސިޓީތަކެކެވެ. އަދި މިކަން ކުރަމުންދަނީ ހޮނިހިރު ދުވަހު އޮން ރިޔާސީ އިންތިހާބާއި ދިމާކޮށް ސަރުކާރުގެ އަގުވައްޓާލާ އެންޓި ކެމްޕޭން ކުރުމުގެ ގޮތުންނެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް މިކަމާއި ގުޅިގެން ބުނެފައިވަނީ ދައުރުކުރަމުންދަނީ ފޭކް ސިޓީއެއް ކަން ސާފުވާކަމަށެވެ. ސަބަބަކީ އެފަދަ ސިޓީތަކުގައި އަދި ވަކިން ޚާއްސަކޮށް ރަސްމީ ސިޓީތަކުގައި ބުލެޓް ޕޮއިންޓަށް ނަންބަރުތައް ޖަހާފައި ނުހުންނާނެ ކަަމަށާއި، ސިޓީގައި ބޭނުންކޮށްފައިވާ ފޮންޓަކީ ރަސްމީ ފޮންޓެއް ނޫން ކަމަށެވެ.

އަދި ރަސްމީ ސިޓީތަކުގައި ވަކި ގޮތަކަށް ފޮންޓް ބޭނުންކޮށް، ސިޓީ ލިޔެފައި ހުންނާނީ ވަކި ބައްޓަމަކަށް ކަމަށާއި ރަސްމީ ސިޓީތަކަކީ ޕްރޫފް ރީޑްކޮށް، ސްޕެލިން ޗެކްކޮށް ފޮނުވާ ސިޓީތަކެއް ކަމަށެވެ. ނަމަވެސް ދައުރުކުރަމުންދާ ފޭކު އެ ސިޓީތަކުގައި ގްރާމާ ކުށްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިޓީތަކަކީ ފޭކް ސިޓިއެއްކަން ޔަގީންވާ އަނެއް ސަބަބަކީ ރަސްމީ ލިޔެކިޔުންތަކުގައި "am honoured" ފަދަ ބަސްތައް ބޭނުންކޮށްފައިވުމުން ކަމަށާއި، އެގްރީމެންޓެއްގެ ވާހަކަ ލިޔެފައިވާއިރު "agreements" ގެ ބަދަލުގައި "agreement" ޖަހާފައިވާ ކަމަށެވެ. އަދި މި ސިޓީތަކުގައި ހުރި އިމްލާ ކުށްތަކަށް ބަލާއިރު މިއީ ޑިޕްލޮމެޓިކް މުއާލަމާތްތަކުގައި ނުހުންނާނެ ކުށްތަކެއް ކަމަށެވެ.

މީގެ އިތުރުން ޖައިޝަންކަރު ފަދަ ބޭބޭފުޅުންގެ ސޮޔަކީ ގޫގޫލްއިން ވެސް ނެގޭނެ ސޮޔެއް ކަމަށާއި، ސިޓީގައި ޖަހާފައިވާ ސޮޔަކީވެސް އެފަދަ ގޮތަށް ޖަހާފައިވާ ސޮޔެއް ކަމަށެވެ. އެ ސޮއިވެސް ފޭކް ކަމަށާއި، އެކަން ގްރަފޮލޮޖިސްޓުން ބުނާ ކަމަށް ވެސް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް