Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެިއިހަވަންދޫގެ ބަޔާން ކުށްވެރިކުރުން

އިޖްތިމާއީ ޒިންމާގެ ދަށުން މިއަދާހަމައަށް އިހަވަންދޫގައި 1.05 މިލިޔަން ރުފިޔާގެ މަަސައްކަތް ކުރިއަށް ގެންގޮސްފައިވޭ: އެމްޓީސީސީ

8 ސެޕްޓެމްބަރު 2023 | ހުކުރު 07:37

އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެވޭ މަސައްކަތްތައް ނިންމުމަށް ސީދާ ވަކި ތާރީހެއްވެސް ކަނޑައެޅިފައި ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 07:37
ހއ.އިހަވަންދޫ

ހއ.އިހަވަންދޫ

އިޖްތިމާއީ ޒިންމާގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ހިލޭސާބަހަށް ހއ.އިހަވަންދޫގައި 1.05 މިލިޔަން ރުފިޔާގެ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

7 ސެޕްޓެމްބަރު 2023 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން އެމްޓީސީސީ ބަދުނާމު ވާގޮތަށް އަދި ހަގީގަތް އޮޅޭފަދަ ގޮތަށް ޝާއިއުކޮށްފައިވާ ޚަބަރާއި ގުޅޭ ގޮތުން އެމްޓީސީސީން ބުނީ "ރައްޔިތުންގެ ކުންފުނި" މި ސްލޯގަންގެ ދަށުން މި ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ މުޖްތަމައުއަށް ޚިދުމަތްކުރުމުގެ ރޫހުގައިކަމަށެވެ. ނަމަވެސް ހިތާމަޔަކީ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި މި ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ޚަބަރު ފަތުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހއ. އިހަވަންދޫ ކައުންސިލުން 7 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ޝާއިއުކޮށްފައިވާ "ދެންނެވުން" ނަންބަރު 2023/4 އަކީ ކަނޑައެޅިގެން ހަގީގަތް ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ޝާއިއުކޮށްފައިވާ ލިއުމެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެކަން ކުށްވެރިކުރާ ކަމަށާއި، އެއީ ރައްޔިތުންގެ ހިތުގައި އެ ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއ،ި ކުންފުނިން ކޮށްދެމުން އަންނަ އިޖްތިމާއީ ހަރަކާތްތަކާއި ކުންފުންޏަށް އުފެދިފައިވާ އިތުބާރާއ،ި ލޯބި ފަނޑު ކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އެމްޓީސީސީން ބުނީ އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެވޭ މަސައްކަތްތަކަކީ އެ ކުންފުނިން ކުރިޔަށްގެންދާ އަސާސީ މަޝްރޫއުތަކަށް ބުރުލެއް ނާރާގޮތަށް ކޮށްދެވޭ މަސައްކަތަކަށްވާއިރު މިފަދަ އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެވޭ މަސައްކަތްތައް ނިންމުމަށް ސީދާ ވަކި ތާރީހެއްވެސް ކަނޑައެޅިފައި ނުވާނެ ކަމަށެވެ.

އިހަވަންދޫ ކައުންސިލުން ޝާއިއުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދިނުމަށް ކުންފުންޏާއި ކައުންސިލާ ދެމެދު ވާހަކަ ދެކެވިފައިވާ މަސައްކަތެއް ކަމަށެވެ. މި މަސައްކަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތަކަށްވުމާއެކު މި މަސައްކަތް އަވަހަށް ފެށުމަށް ވެލިއެޅުމަށް ބޭނުންވާ ގޯތިތަކުގެ ލިސްޓެއް ހިއްސާކުރުމަށް އިހަވަންދޫ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި އެދިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ލިސްޓަކަށް އެދިފައިވާ މައިގަނޑު ސަބަބަކީ ކައުންސިލުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވެލިއެޅުމަށް އެދިފައިވީ ނަމަވެސް މީގެން ބައެއް ބިންތަކަށް އެ ގޯތިތަކުގެ ވެރިފަރާތުން ވެލިއަޅަން ބޭނުންނުވުން ކަމަށެވެ. ނަމަވެސް މިއަދާހަމައަށް އެފަދަ ލިސްޓެއް އެމްޓީސީސީއަށް ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ 2019 އިން ފެށިގެން އަދާހަމައަށް ޖުމުލަ 1.05 މިލިޔަން ރުފިޔާގެ އެކިއެކި ހަރަކާތްތަށް އިޖްތިމާއީ ޒިންމާގެ ދަށުން ހިލޭސާބަހަށް އިހަވަންދޫގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އިހަވަންދޫ ކައުންސިލުން ނެރެފައިވާ ބަޔާނަކީ ރައްޔިތުން ތެރޭގައި އެ ކުންފުންޏާއި ދޭތެރޭ ނަފްރަތު އުފެދޭގޮތަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިޔަ ނަމަވެސް ގިނަ ފަރާތްތަކުން އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުންގެންދާ ހަރަކާތްތަށް ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ ބަދުނާމުވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭފަދަ ގޮތަށް، މިފަދަ ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް އިހަވަންދޫ ކައުންސިލަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
22 އެޕްރީލު 2017

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

22 އެޕްރީލު 2017
ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ
16 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

16 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް