Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެމްޕޭން ހަރަކާތްތައް

މަނާ ގަޑީގައި އެއްވެސް ބަޔަކު ކެމްޕޭން ނުކުރުމަށް އީސީން އިލްތިމާސްކޮށްފި

8 ސެޕްޓެމްބަރު 2023 | ހުކުރު 06:27

ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ ހެނދުނު 6:00ށް ހަމައަށް ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ހުޅުވުމަކީ މަނާކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2023 | ހުކުރު 06:27
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

މަނާ ގަޑީގައި އެއްވެސް ބަޔަކު ކެމްޕޭން ކުރުމުގެ އަމަލެއް ކުރިއަށް ނުގެންދިޔުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ ހެނދުނު 6:00ށް އެފަދަ އަމަލެއް ނުހިންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ކެމްޕޭން ކުރުން މަނާކުރެވިފައި އޮންނަނީ ޤާނޫނީ ގޮތުން މުހިންމު ހިކުމަތަކަށްޓަކައި ކަމަށާއި ވޯޓްލުމަށްޓަކައި ތައްޔާރުވުމާއި ވޯޓްލާ ދުވަހު، އާންމުން ވިސްނަން ވަގުތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަނާ ގަޑީގައި ކެމްޕޭން ކުރުމުގެ އަމަލެއް ހިންގާނަމަ، ނުވަތަ ހިންގަން މަސައްކަތްކޮށްފިނަމަ މަސްލަހަތު ގެއްލިގެންދާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ޚާއްސަ ގޮތެއްގައި މަނާ ގަޑީގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުތައް އޮންނަ ކަމަށާއި އެއީ ވޯޓްލުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ނުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. ވޯޓްލުމުގެ ހައްޤަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްޤެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ ހެނދުނު 6:00ށް ހަމައަށް ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ހުޅުވުމަކީ ވެސް މަނާކަމެއް ކަމަށެވެ. އަދި ޖަގަހަތަކުގެ ތޭރޭގައި މީހުންނަށް ވެސް ހަރަކާތްތެރި ނުވެވޭނެ ކަމަށާއި ޖަގަހަތައް ހުންނަން ޖެހޭނީ ބަންދުކޮށްފައި ކަމަށް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ސިޓީއަކުން މިކަން އަންގަފާއިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި ރިޔާސީ އިންތިޚާބަކީ ސިޔާސީ ކޮންމެ ޕާޓީއެއްގެ ވެސް މުހިންމު ހަރަކާތެއް ކަމަށާއި އެހެންކަމުން ޕާޓީގެ އޮފީސް ހުޅުވިފައި ހުއްޓަސް އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ. ވޯޓްލާ ތަން އެއްވެސް މީހެއްގެ ބަދަލު ނުވާނެ ކަމަށާއި ވޯޓްލާން ހަމަޖެހިފައި އޮތް ތަން ރަނގަޅަށް ޗެކްކުރުމަށްފަހު ވަޑައިގަތުމަށް ހަބީބު އިލްތިމާސްކުރެއްވިއެވެ.

ވޯޓްލުމަށް ބޭނުންވާ ކޮންމެވެސް އެއް ޑޮކިއުމެންޓެއް ހިފައިގެން ދިޔުމުން ވޯޓް ލެވެނޭ ކަމަށާއި އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އޮރިޖިނަލް ހިފައިގެން ދިޔުމުން ވޯޓްލެވޭނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އައިޑީކާޑުގެ މުއްދަތު ހަމަވެފައި އޮތަސް ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ ތެރެއިން ކޮންމެވެސް އެއް ލިޔުމެއް އޮތުމުން ވޯޓްލެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މުޅި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ވޯޓު ފޮށި، މާލެ ފިޔަވައި ސިޓީތަކާއި އަތޮޅުތަކުގައި 384 ވޯޓު ފޮށި، ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ޖަލުތަކުގައި 6 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮއްޓެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ އިންތިޚާބުގައި ވޯޓު ނެގުމަށްޓަކައި ވޯޓު ކަރުދާސްތައް ތައްޔާރު ކޮށްފައިވާ ކަމަށާއި އެ ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީން ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ބައިވެރިވާއިރު، 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް