Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ފްރާންސް އިން އަޔަލެންޑް ބަލިކޮށްފި

މޮޅާއެކު ފްރާންސް އޮތީ ގްރޫޕް ބީގެ އެއް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2023 | ހުކުރު 05:38
ފްރާންސް އިން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެެއިން

ފްރާންސް އިން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެެއިން

ޔޫރޯ ކޮލިފައިންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސް ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗު ފަށައިގެން ފްރާންސް އިން ވަނީ އަޔަލެންޑުގެ ގޯލަށް އަމާޒުކޮށް، ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ފްރާންސް އިން މެޗުގައި ލަނޑު ޖަހައި، ލީޑު ނެގީ 19 ވަނަ މިނެޓުގަ އެވެ. ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްރާންސް އަށް ލީޑު ނަގައިދިނީ އައުރެލިން ޗުއަމިނީ އެވެ. ފްރާންސްގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މާކަސް ތުރަމް އެވެ. އޭގެ ފަހުން ފްރާންސްގެ އެމްބާޕޭ އަދި އެންޓޮއިން ގްރީޒްމަން އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

މޮޅާއެކު ފްރާންސް އޮތީ ގްރޫޕް ބީގެ އެއް ވަނައިގައި އެވެ. އެއީ މިހާތަަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާއެކު އެވެ. ފްރާންސް އަތުން ބަލިވި އަޔަލެންޑް އޮތީ ތިން ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
18 މެއި 2017

ބާކީ އެއް މެޗު އޮއްވާ މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކޮށްފި

18 މެއި 2017
ބާކީ އެއް މެޗު އޮއްވާ މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކޮށްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު