Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ކެމްޕެއިނަށް ބުންވަރު އެބަހުރި، ވާދަވެރިން ކެމްޕެއިން ނިންމާލާފައި ގެއަށް ވަދެއްޖެ - ރައީސް

8 ސެޕްޓެމްބަރު 2023 | ހުކުރު 04:47

މިނިވަންކަން އެންމެ ރަނގަޅަށް ދިފާއުކޮށް ގައުމިއްޔަތު ދިފާއުކުރަން ކުރި އެންމެ ބުރަ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 04:47
ރައީސް ސާލިހު ފ. ނިލަންދޫގައި އޮތް ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ސާލިހު ފ. ނިލަންދޫގައި އޮތް ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މިއީ އެންމެ މުހިންމު ވަގުތު ކަމަށާއި ބުންވަރު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ފ.ނިލަންދޫގައި ބޭއްވެވި އުފާވެރި އަމާން، ބަނދަރު ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަނީ ވަރަށް ފޯރިއާ އެކުގައި ކަމަށެވެ. އަދި ވާދަވެރިން ކެމްޕެއިން ނިންމާލާފައި ގެއަށް ވަދެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވުރެ ރަނގަޅު ގޮތެއް އޮތް ކަމަށް ރާއްޖޭގެ އެއްވެސް ރަށަކުން ބުނަމުން ނުދާ ކަމަށެވެ. އެމަނިކުފާނުގެ ބުންވަރު އެބަހުރި ކަމަށާއި މިވަގުތަކީ ކެމްޕެއިންގެ އެންމެ މުހިންމު ވަގުތު ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިވަންކަން އެންމެ ރަނގަޅަށް ދިފާއުކޮށް ގައުމިއްޔަތު ދިފާއުކުރަން ކުރި އެންމެ ބުރަ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ބޮޑެތި ފުރުސަތުތަކެއް ހޯދައި ދިނީ މި ސަރުކާރުންކަން ފާހަގަކުރައްވާ މި ސަރުކާރުން ކޮށްދީފައިވާ މުހިންމު މަސައްކަތްތަކަށް ރައީސް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން މަސްވެރިންނަށް އެންމެ ގިނަ ފުރުސަތުތަކެއް ހޯދައިދިނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މީގެ ކުރިން ނިލަންދޫ އަށް އެމްޑީޕީ އަކީ ފަރިތަ ތަނެއް ނޫން ކަމަށާއި މިހާރު ފެންނަނީ އެ ރަށް އެމްޑީޕީ އަށް ބަދަލުވެފައިވާތަން ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ހޮނިހިރު ދުވަހުގެ ވޯޓަކީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ފާހަގަކުރައްވާ އެ ޒިންމާ ރަނގަޅަށް އަދާކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އިލްތިމާސަކީ ކެންޑިޑޭޓް ނަމްބަރު 3 އަށް ވޯޓުދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ނިލަންދޫ އަދި ދަރަނބޫދޫ އަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރައީސް ވަނީ ހުކުރު ދުވަހު ހިއްސާކޮށްދެއްވާފައެވެ.

ނިލަންދޫ އަކީ މަސައްކަތްތެރި ހީވާގި ބައެއް ދިރިއުޅޭ ތަނެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގެ ފަޅުގައި ދެ ރިސޯޓް ތަރައްޤީކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެއީ އެ ރަށުގައި ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމެއް ކަމަށާއި، ނިލަންދޫ ފަޅުގައި ދެ ރިސޯޓް ތަރައްޤީކުރުމުގެ ގޮތުން މިހާރު ކުރިއަށް ދަނީ އީއައިއޭގެ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އެ ރަށުގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާއި، އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރޯހައުސް އަޅާދެއްވުމަށް ވެސް ވައުދުވެވަޑައިގަންނަވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ އަމާޒަކީ އެ ރަށުގެ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކުރުން ކަމަށެވެ.

ދަރަނބޫދޫއަށް ކުރިއަށް އޮތް ދައުރުގައި ކޮށްދޭން ހުރި ކަންކަމަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ފުޓްބޯޅަ ދަނޑު ތަރައްޤީކޮށްދެއްވާނެ ކަމަށާއި ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް