Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ

އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ސީލްކޮށް، ތައްގަނޑު ޖަހާނީ އައްޑޫ ސިޓީން - ރައީސް

7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:12

ސިޔާސީ މަސައްކަތްތައް ކުރުމުގައި ކުރި ބުރަ މަސައްކަތުގެ މޭވާ ފައްކާވެ، އައްޑޫ ސިޓީން އެކަން ފެނުނީ އަދި ކިރިޔާ ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:12
އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގެ ތެރެއިން

އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ސީލްކޮށް، ތައްގަނޑު ޖަހާނީ އައްޑޫ ސިޓީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމަައަށް ފަހަރަކު ރަށަކަށް ވަޑައިގެންނެވިއިރު އެއްބުރުން މާބޮޑަށްވެސް ގުޅިފައިވާ ޕާޓީތައް އޮތީ ކާމިޔާބުގެ އޮޑީގައިކަން އެނގިވަޑައިގަތް ކަމަށެވެ. އައްޑޫ ސިޓީން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއިން އެކަނިވެސް، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބޭނެކަން ސާފުކޮށް އެނގިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އައްޑޫއިން ކާމިޔާބު ހޯދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޑިމޮކްރެޓިކް ނިޒާމުގެ ވަލުގެ އެއްކޮޅުގައި ހިފަހައްޓާ ދުވަސް ފަށަނީ ހިތަދޫ މޫލެކެޑެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އައްޑޫ ސީޓީއަށްވެސް ވަރަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރެއްވިއެވެ. ސަބަބަކީ މި ފަހަރުގެ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އައްޑޫއަށް ނިސްބަތްވާ ބޭފުޅަކަށް ވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫއިން ސިޔާސީ މަސައްކަތްތައް ކުރުމުގައި ކުރި ބުރަ މަސައްކަތުގެ މޭވާ ފައްކާވެ އައްޑޫ ސިޓީން އެކަން ފެނުނީ އަދި ކިރިޔާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ވަނީ އައްޑޫއަށްޓަކައި ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.

އޭގެތެރޭގައި އައްޑޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވައި، ކުރިއަށް އޮތް 5 އަަހަރު ދުވަހުގެ ތެރޭގައި ނިންމެވުން ހިމެނެއެވެ. އަދި ގެދޮރު އިމާރާތްކުރަން ފަސޭހައިން ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވުމާއި، 1000 ފްލެޓް ގާއިމްކޮށްދެއްވުމާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އިތުރުން މަގު ހެދުމުގެ މަސައްކަތް ނިންމެވުމަށް ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރުމާއި، އެސްޓީއޯގެ މޯލްޑިވްސް ގޭސްއިން ވިއްކާ މުދާ އެއް އަގެއްގައި އައްޑޫގައި ފޯރުކޮށްދިނުމާއި، ރޭސިން ޓްރެކެއް ގާއިމްކޮށްދެއްވުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި އިކުޓޯރިއަލް ހޮސްޕިޓަލް އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްދެއްވުން ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް