Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޮގު މައުލޫމާތު ފެތުރުން

އުތުރު ތިލަފަޅާއި އިންޑިއާ ސިފައިން ތިބޭ ވާހަކަ ހިމަނައިގެން ދައުރުކުރަމުންދަނީ ފޭކް ސިޓީތަކެއް، މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި

7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 08:55

ޑިޕްލޮމެޓިކް ވާހަކަތައް ހިމެނޭ ސިޓީތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަ ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 08:55
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްއިން ފޮނުވިކަމަށް ބުނެ ދައުރު ކުރަމުންދާ ފޭކް ސިޓީތައް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްއިން ފޮނުވިކަމަށް ބުނެ ދައުރު ކުރަމުންދާ ފޭކް ސިޓީތައް

އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، އިންޑިއާ ސިފައިން ތިބޭ ވާހަކަތައް ހިމަނައިގެން، އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރު އެސް ޖަޔަޝަންކަރުގެ ނަމުގައި ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ފޭކްސް ސިޓީތަކެއް ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އަވަށްޓެރި ގައުމުތަކާއި ސަރުކާރާއި އެކިއެކި ފަރާތްތަކާއި ގުޅުވައި ދޮގު ހަބަރު ފަތުރަމުން އަންނަ ދިޔަރެސް އިން ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު އެސް ޖަޔަޝަންކަރު ސޮއިކުރައްވާފައިވާ ސިޓީތަކެއް ކަމަށް ބުނާ ސިޓީތަކެއްގެ ފޮޓޯ ފަތުރާފައެވެ.

Advertisement - newsAdvertisement

މި ސިޓީތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވަނީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރާއި އިންޑިއާ ސަރުކާރަށް ނިސްބަތްކޮށް ފޭކް ސިޓީތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ކަމަށެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްކޮށްލުމަށް ކުރަމުންދާ އެ މަސައްކަތަކީ ހަގީގަތެއް އަސާސެއް ނެތް މަސައްކަތެއް ކަމަށާއި، އެ ވާހަކަތައް ދޮގުކުރާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަން ތަހުގީގުކޮށް ދޮގު މައުލޫމާތު ފަތުރާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުރުކުރަމުންދަނީ އިދިކޮޅުން ތައްޔާރުކޮށްފައިވާ ފޭކްސް ސިޓީތަކެކެވެ. އަދި މިކަން ކުރަމުންދަނީ ހޮނިހިރު ދުވަހު އޮން ރިޔާސީ އިންތިހާބާއި ދިމާކޮށް ސަރުކާރުގެ އަގުވައްޓާލާ އެންޓި ކެމްޕޭން ޖެއްސުމުގެ ގޮތުންނެވެ.

ފޮރިން ދާއިރާގެ އެކްސްޕާޓެއް މިކަމާއި ގުޅިގެން ބުނެފައިވަނީ ދައުރުކުރަމުންދަނީ ފޭކް ސިޓީއެއް ކަން ސާފުވާކަމަށެވެ. ސަބަބަކީ އެފަދަ ސިޓީތަކުގައި އަދި ވަކިން ހާއްސަކޮށް ރަސްމީ ސިޓީތަކުގައި ބުލެޓް ޕޮއިންޓަށް ނަންބަރުތައް ޖަހާފައި ނުހުންނާނެ ކަަމަށާއި، ސިޓީގައި ބޭނުންކޮށްފައިވާ ފޮންޓަކީ ރަސްމީ ފޮންޓެއް ނޫން ކަމަށެވެ.

ރަސްމީ ސިޓީތަކުގައި ވަކި ގޮތަކަށް ފޮންޓް ބޭނުންކޮށް، ސިޓީ ލިޔެފައި ހުންނާނީ ވަކި ބައްޓަމަކަށް ކަމަށެވެ. މީގެ އިތުރުން ރަސްމީ ސިޓީތަކަކީ ޕްރޫފް ރީޑްކޮށް، ސްޕެލިން ޗެކްކޮށް ފޮނުވާ ސިޓީތަކެއް ކަމަށާއި، އެ ސިޓީތަކުގައި ގްރާމާ ކުށްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިޓީތަކަކީ ފޭކް ސިޓިއެއްކަން ޔަގީންވާ އަނެއް ސަބަބަކީ ރަސްމީ ލިޔެކިޔުންތަކުގައި "am honoured" ފަދަ ބަސްތައް ބޭނުން ނުކުރާނެ ކަމަށާއި، އެގްރީމެންޓެއްގެ ވާހަކަ ލިޔެފައިވާއިރު "agreements" ގެ ބަދަލުގައި "agreement" ޖަހާފައިވާ ކަމަށެވެ. އަދި މި ސިޓީތަކުގައި ހުރި އިމްލާ ކުށްތަކަށް ބަލާއިރު މިއީ ޑިޕްލޮމެޓިކް މުއާލަމާތްތަކުގައި ނުހުންނާނެ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ޖައިޝަންކަރު ފަދަ ބޭބޭފުޅުންގެ ސޮއަކީ ގޫގޫލް އިންވެސް ނެގޭނެ ސޮއެއް ކަމަށާއި، ސިޓީގައި ޖަހާފައިވާ ސޮއަކީވެސް އެފަދަ ގޮތަށް ޖަހާފައިވާ ސޮއެއް ކަމަށެވެ. އެ ސޮއިވެސް ފޭކް ކަމަށާއި، އެކަން ގްރަފޮލޮޖިސްޓުން ބުނާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް