Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

އާޖެންޓީނާ ޓީމާމެދު މެސީ ހުރި އުފަލުން: ސްކަލޯނީ

7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 04:21

އޭނާ ބުނީ މިވަގުތު ވެސް މެސީ ހުރީ ޤައުމީ ޓީމަށް ކުޅެން އެންމެ ފިޓުކޮށް ކަމަށާއި، އޭނާ ހުރީ އުފަލުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 04:21
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމާމެދު ކެޕްޓަން ލިއޮނަލް މެސީ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އާޖެންޓީނާ އިން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މާޒީ ފަހަތަށް ގޮސްފި ކަމަށާއި، މާޒީގައި އޮތީ އުފާވެރިކަމާއި ހިތްހަމަޖެހުން ކަމަށެވެ. އެހެން ނަމަވެސް އެކަންކަން އެ ފަރާތްކޮށް އާޖެންޓީނާ އިން އިތުރަށް ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަބަދުވެސް އާޖެންޓީނާ ކުޅުންތެރިންގެ ރޫހު ހުންނަން ވަނީ އެންމެ މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅުމަށް ކަމަށާއި، މިހާތަނަށް ކުޅުންތެރިންގެ ފަރާތުން ފެނުނީ އެކަން ކަމަށެވެ. ސްކަލޯނީ ބުނީ އަބަަދު ވެސް ބޭނުންވަނީ މޮޅުވާން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާރު މެސި ހުރީ އޭނާ އަށް އެންމެ ހިތްހަމަ ޖެހޭ ތަނުގައި ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ފުޓުބޯޅަ ދަނޑު މަތީގައި މެސީ ހުންނަނާނީ ހިތްހަމަ ޖެހިގެން، އުފަލުން ކަމަށެވެ. އެއީ ޤައުމީ ޓީމުގައި ނަމަވެސް، އަދި ކުލަބުގައި ނަމަވެސް އެކަން އޮންނަ ގޮތް ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ. އޭނާ ބުނީ މިވަގުތު ވެސް މެސީ ހުރީ ޤައުމީ ޓީމަށް ކުޅެން އެންމެ ފިޓުކޮށް ކަމަށާއި، އޭނާ ހުރީ އުފަލުން ކަމަށެވެ.

އެކުއެޑޯ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އެއީ ވަރަށް ބުންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް އާޖެންޓީނާ އަށް އެކުއެޑޯއާ ދެކޮޅަށް ކުޅެން އުނދަގޫވާ ކަމަށާއި، ނަމަވެސް އާޖެންޓީނާ އިން ކުރި ހޯދަނީ މޮޅަށް ކުޅެގެން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗުގައި ވެސް އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެންނާނީ އެކަން ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ.

ފީފާ ކޮލިފައިންގައި އާޖެންޓީނާ އިން އެކުއެޑޯއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ފަތިހު ފަހެއް ޖަހާއިރު އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
05 މާރިޗު 2017

ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި

05 މާރިޗު 2017
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް